މަސައްކަތް
ނަންބަރު: D14C-A/2021/05
ޕަބްލިޝްކުރި ތާރީޚް: 24 ނޮވެންބަރު 2021
ޕަބްލިޝްކުރި ގަޑި: 15:28
ސުންގަޑި: 09 ޑިސެންބަރު 2021 14:00
މިލަދުންމަޑުލު ދެކުނުބުރީ ފޮއްދޫ މެޖިސްޓްރޭޓް
ދިވެހިރާއްޖެ
ނ.ފޮއްދޫ މެޖިސްޓްރޭޓް ކޯޓާއި ގުޅުވައިގެން ފާހާނާއަކާއި ކޯޓްރޫމެއް އެޅުމުގެ މަސައްކަތް އަމިއްލަތަކެތީގައި ކޮށްދޭނެފަރާތެއް ހޯދުމާއި ގުޅޭ:

މި ކޯޓާއި ގުޅުވައިގެން ފާޚާނާއަކާއި ކޯޓްރޫމެއް އިމާރާތް ކުރުމަށް އަމިއްލަ ތަކެތީގައި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާންކުރަމެވެ.

މި މަސައްކަތާއި ގުޅޭ މަޢުލޫމާތު ޝީޓު މި ކޯޓުގެ ވެބްސައިޓް n-fodhdhoo.courts.gov.mv ގެ އިޢުލާނު ބައިން ލިބިވަޑައިގަންނަވާނެއެވެ.

މި މަސައްކަތާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުވެލައްވާނަމަ މި ކޯޓުގެ މެއިލް އެޑްރެސް [email protected] އަށް 2021 ޑިސެމްބަރ 08 ވަނަ ދުވަހުގެ 13:00 ގެ ކުރިން މެއިލް ކުރުން ނުވަތަ މިކޯޓްގެ ނަންބަރ 6560566 ފޯނަށް ގުޅުއްވުން އެދެމެވެ.

މި މަސައްކަތުގެ އަންދަސީ ހިސާބު ބަލައިގަތުމާއި، އަންދާސީ ހިސާބުތައް ހުޅުވުން އޮންނާނީ 09 ޑިސެމްބަރ 2021 ވަނަ ދުވަހުގެ 14:00 ގައި މި ކޯޓްގައެވެ. އަންދާސީ ހިސާބު ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީ އުރައިގެ ބޭރުގައި މަސައްކަތުގެ ނަން، ތާރީޚާއި ވަގުރު އަދި އަންދާސީ ހިސާބު ހުށަހަޅަ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.

24 ނޮވެންބަރު 2021