ދެންނެވުން
ނަންބަރު: (IUL)266-B/266/2021/134
ޕަބްލިޝްކުރި ތާރީޚް: 24 ނޮވެންބަރު 2021
ޕަބްލިޝްކުރި ގަޑި: 14:12
ސުންގަޑި: 09 ޑިސެންބަރު 2021 00:00
ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުޅުދުއްފުށި ސިޓީގައި ދިރިއުޅުމަށް ދޫކުރެވިފައިވާ ގޯތިތަކާއި އެގޯތިތަކާއި އިންވެގެން ހުރި މަގުތައް ސާފުކުރުމާއި ގުޅޭ

              ކުޅުދުއްފުށީ ސިޓީ އިން ދިރިއުޅުމަށް ދޫކުރެވިފައިވާ ބައެއް އަމިއްލަ އަދި ބަންޑާރަ ގޯތިތަކާއި އެގޯތިތަކާއި އިންވެގެން ހުރި މަގުތައް ސާފުކޮށް ބަލަހައްޓަމުން ނުދާކަން ވަނީ މި އިދާރާއަށް ފާހަގަ ކުރެވިފައެވެ. ދިވެހިރާއްޖޭގައި ދިރިއުޅުމަށްޓަކައި ގޯތި ދޫކުރުމުގައި ގޯތިތެރެއާއި ގޯއްޗާއި އިންވެގެން އޮންނަ މަގުތައް ކުނިކަހައި، ވިނަނޮޅާ ސާފުކޮށް ބަލަހައްޓަންވާނެކަމަށް ޝަރުތުކުރެވިފައިވެއެވެ. އަދި ގޯތި ދޫކުރުމުގައި ކޮށްފައިވާ ޝަރުތުތަކާއި ޚިލާފްވާނަމަ ބިމާބެހޭ ޤާނޫނާއި އެ ޤާނޫނުގެ ދަށުން ހެދިފައިވާ ޤަވާއިދުތަކުގެ ދަށުން، ކަމާބެހޭ ސަރުކާރުގެ އިދާރާއަކަށް އެ ގޯތި ވަކިކުރުމުގެ އިޙްތިޔާރު ލިބިގެންވެއެވެ. 

              އެހެންކަމުން ދިރިއުޅުމަށް ގޯތި ދޫކުރެވިފައިވާ ފަރާތްތަކުން، ގޯތި ދޫކުރެވުނުއިރު ކޮށްފައިވާ ޝަރުތުތަކާއެއްގޮތަށް ގޯތިތެރެއާއި ގޯއްޗާއި ގުޅިފައިވާ މަގުތައް ވިނަނޮޅާ ކުނިކަހައި ސާފުކުރުމަށް އަންގަމެވެ. މި އެންގުމާ އެއްގޮތަށް އަމަލުކުރަމުންނުދާ ފަރާތްތަކާއި މެދު ޤާނޫނާއި ޤަވާއިދާ އެއްގޮތްވާގޮތުގެ މަތިން އަމަލު ކުރަމުންދާނެވާހަކަ ދަންނަވަމެވެ.

24 ނޮވެންބަރު 2021