ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)376/376/2021/23
ޕަބްލިޝްކުރި ތާރީޚް: 24 ނޮވެންބަރު 2021
ޕަބްލިޝްކުރި ގަޑި: 14:09
ސުންގަޑި: 05 ޑިސެންބަރު 2021 13:30
ނިލަންދެއަތޮޅު ދެކުނުބުރީ ބަނޑިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މުވައްޒަފުން ބޭނުންވެއްޖެ.

މަގާމް:

ކައުންސިލް އެސިސްޓެންޓް (މަސައްކަތު)

މަގާމުގެ ގިންތި:

ވޭޖް/ޕޫލް (1 އަހަރު ދުވަހުގެ ކޮންޓްރެކްޓް). (މިވަޒީފާއަކީ ސިވިލް ސަރވިސް ވަޒީފާއެއް ނޫނެވެ)

މުސާރަ:

މަސައްކަތް ކުރާ ދުވަހަކަށް 234.00ރ

ބޭނުންވާ އަދަދު:

2 (ދޭއް)

މަސައްކަތްކުރަން ޖެހޭތަން:

ބަނޑިދޫ ކައުންސިލް

އާއްމުކޮށް މަސައްކަތް ކުރަންޖެހޭ ދުވަހާއި ގަޑިތައް:

ހަފުތާއަކު 5 ދުވަހު، ދުވާލަކު 6 ގަޑީއިރު

 

 

ފެންވަރު ނުވަތަ ޝަރުތު:

  1. ލިޔަންކިޔަން ދަތުމާއެކު މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ލިބިފައިވުން (ލިޔަން ކިޔަން އެގޭކަން ދެނެގަންނާނީ ، ދަށްވެގެން ސްކޫލް5 ނިންމި ކަމުގެ ލީވިންގ ސެޓްފިކެޓް ނުވަތަ ލިޔަން ކިޔަން އެންގޭކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ބަޔާންކޮށް ދޫކުރާ ލިއުމަށް ބަލައިގެންނެވެ.)
  2. ގިނަވަގުތު މަސައްކަތުގައި އުޅެވޭފަދަ ޞިއްޙަތެއްގައި ހުރި ހީވާގި މީހެއްކަމުގައިވުން

 

 

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. ކައުންސިލް އިދާރާ އާއި ގޯތި ތެރެ ފޮޅާ ސާފުކުރުން.
  2. ކައުންސިލް އިދާރާގެ ބެލުމުގެ ދަށުގައިވާ އިމާރާތްތައް ކުނިކަހައި ފޮޅާ ސާފުކޮށް ބެލެހެއްޓުން
  3. ކައުންސިލް އިދާރާގެ ގޯތި ތެރެއާއި ކައުންސިލް އިދާރާގެ ބެލުމުގެ ދަށުގައިހުރި ހިމާރާތްތަކުގެ ގޯތީތެރޭގައި ގަސް އިންދައި ބެލެއްޓުން

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމް. (މިފޯމް މިކައުންސިލްގެ އިދާރާއިން ލިބެން ހުންނާނައެވެ)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު. (ގުޅޭނެ ފޯން ނަންބަރ، އީމެއިލް އެޑްރެސް ހިމެނޭ ގޮތަށް)
  3. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ.
  4. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  5. ލިބިފައިވާ ވަޒީފާގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ.

 

 

 

 

 

ވަޒީފާއަށް އެންމެ ޤާބިލުފަރާތެއް ހޮވުމުގައި ބެލޭނެ ކަންތައްތައް:

ދާއިރާ

ބެލޭނެ ބައިތައް

މާކްސް

އިންސައްތަ

ކެޓަގަރީގެ ޖުމްލަ އިންސައްތަ

ތައުލީމާއި ތަމްރީން

ލިބިފައިވާ ތަޢުލީމް

25

21

26

މަޤާމްގެ މަސައްކަތުގެ ދާއިރާއާއި ގުޅޭ ކުރުމުއްދަތުގެ ތަމްރީން

30

5

މަސައްކަތުގެ ތަޖުރިބާ

މަޤާމުގެ މަސައްކަތު ދާއިރާއާއި ގުޅޭ ތަޖުރިބާ

30

26

26

ލިބިފައިވާ ހުނަރު

އިންޓަވިއު/ ޕްރެކްޓިކަލް

100

48

48

ޖުމްލަ

185

100

100

 

 

 

 

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 05 ޑިސެމްބަރ 2021 ގެ 13:30 ގެ ކުރިން، ނިލަންދެ އަތޮޅު ދެކުނުބުރީ ބަނޑިދޫ ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected]  މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

 

ޝޯޓްލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓްކުރެވޭނެއެވެ.

 

އިންޓަވިއު  އޮންނާނެ ތަނާއި، މުއްދަތު:

މި މަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު   އޮންނާނީ، 06 ޑިސެމްބަރ 2021 އާއި 09 ޑިސެމްބަރ 2021 އާ ދެމެދު، ނިލަންދެ އަތޮޅު ބަނޑިދޫ ކައުންސިލްގެ އިދާރާގައެވެ.

 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ފޭސްބްކްޕޭޖުގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6760045 އަށެވެ. އީ-މެއިލް ކުރާނީ [email protected]  އަށެވެ.

 

24 ނޮވެންބަރު 2021