ނީލަން
ނަންބަރު: (IUL)230-AHI/230/2021/39
ޕަބްލިޝްކުރި ތާރީޚް: 23 ނޮވެންބަރު 2021
ޕަބްލިޝްކުރި ގަޑި: 13:18
މާޅޮސްމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިއިދާރާގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ " ދޯނިޔާ" ލޯންޗް ސިޓީ ލާ ނީލަމުގައި ވިއްކާލުން

އިޢުލާނު 

މިއިދާރާގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ " ދޯނިޔާ" ލޯންޗް ސިޓީ ލާ ނީލަމުގައި ވިއްކާލުން

         މި އިދާރާގެ ނަމުގައި ރަޖިސްޓަރީކޮށްފައިވާ ނަންބަރު: G2053A-02.10-F " ދޯނިޔާ" ލޯންޗް ސިޓީލާ ނީލަމުގައި ވިއްކާލުމަށް ވަނީ ހަމަޖެހިފައެވެ. ނީލަމުގައި ބައިވެރިވާ ފަރާތްތަކުން 25 ނޮވެންބަރު 2021 ވަނަ ދުވަހުން ފެށިގެން ކޮންމެ ދުވަހެއްގެ މެންދުރުފަހު 1:00 ގެ ކުރިން ލޯންޗް ގަތުމަށް ބޭނުންވާ އަގު ހުށަހެޅުއްވުން އެދެމެވެ.  އަގު ހުށަހަޅާނީ ނީލަމަށް އަގު ހުށަހަޅާފޯމު މެދުވެރިކޮށްގެންނެވެ. މިދެންނެވި ފޯމު ހުށަހަޅުއްވާނީ ބަންދު ކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި "ލޯންޗް ނީލަމުގައި ބައިވެރިވުމަށް" މިހެން ލިޔަންވާނެއެވެ. ނީލަމަށް ސިޓީން އަގު ހުށަހަޅާ ފޯމު މި އިޢުލާނުގައި އެއްކަރުދާސް ކޮށްފައި އެވަނީއެވެ. އަދި މީގެ އިތުރުން، ނީލަމަށް ސިޓީން އަގު ހުށަހަޅާފޯމު މި އޮފީހުގެ ރިސެޕްޝަނުންވެސް ލިބެން ހުންނާނެއެވެ.

ކޮންމެ ދުވަހަކު މެންދުރުފަހު 1:00 އާ ހަމައަށް ހުށަހަޅާފައިވާ އެންމެ މަތީ އަގު އެ ދުވަހެއްގެ މެންދުރުފަހު 2:00 ގައި މި އިދާރާގައި  ހުންނަ ނޯޓިސްބޯޑުގައި ޢާންމު ކުރެވޭނެއެވެ. ނީލަމަށް ހުށަހަޅާފައިވާ އެންމެ މަތީ އަގު ޖެހިޖެހިގެން ރަސްމީ 2 ދުވަހު އެއް އަގެއްގައި އޮވެއްޖެނަމަ އެ އަގަކަށް ނީލަން ނިންމާލެވޭނެއެވެ.

ނީލަން ކާމިޔާބު ކުރާ ފަރާތަށް ނީލަން ކާމިޔާބުކުރިކަން އަންގާ ލިޔުން ލިބުމަށްފަހު، ރަސްމީ 5 ދުވަހުގެ ތެރޭގައި ފައިސާ ދައްކާފައި ނުވާނަމަ، އެ ފަރާތަކަށް ދޫކުރާ ނީލަން ކާމިޔާބުކުރި ކަމުގެ ލިޔުން ބާޠިލުކޮށް ދެވަނައަށް އެންމެ މަތީ އަގު ހުށަހެޅި ފަރާތަށް، ނީލަން ކާމިޔާބުވެފައިވާކަން އަންގާ ލިޔުން ދޫކުރެވޭނެއެވެ.

ސިޓީލާ ނީލަން ނަންބަރު: 2021/1

ރަޖިސްޓަރީ ނަންބަރު: G2053A-02.10-F ލޯންޗް

ރަޖިސްޓަރީ ކުރި ތާރީޚް: 09 އޮކްޓޫބަރު 2001

އުފުލޭ މީހުންގެ އަދަދު: 12 (ބާރަ)

ނީލަން ފެށޭއަގު: 10،000.00 (ދިހަހާސް ރުފިޔާ)

ފަހަރަކު އިތުރު ކުރެވޭނެ އެންމެ ކުޑަ އަގު: 1000.00 (އެއް ހާސް ރުފިޔާ)

            ނީލަމުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އުޅަނދު ބަލާލުމުގެ އިންތިޒާމް 2021 ނޮވެންބަރު 25 ވަނަ ދުވަހުން ފެށިގެން، ނީލަން ނިމެންދެން ބަންދު ދުވަސްތައް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 09.00 ން މެންދުރުފަހު 13:00 އަށް މިއިދާރާގެ ފަރާތުން ހަމަޖައްސައިދެވޭނެެއެވެ.

            ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

                      18 ރަބީއުލްއާޚިރާ  1443

23 ނޮވެންބަރު 2021