ނީލަން
ނަންބަރު: (IUL)230-AHI/230/2021/37
ޕަބްލިޝްކުރި ތާރީޚް: 23 ނޮވެންބަރު 2021
ޕަބްލިޝްކުރި ގަޑި: 12:27
މާޅޮސްމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިއިދާރާގެ " ހަނިފަރު" ލޯންޗުން ނަގާފައިވާ 200 ހޯސްޕަވަރގެ ޔަމަހާ ފޯ ސްޓްރޯކް 02 އިންޖީނު ސިޓީ ލާ ނީލަމުގައި ވިއްކާލުން

އިޢުލާނު 

މިއިދާރާގެ " ހަނިފަރު" ލޯންޗުން ނަގާފައިވާ 200 ހޯސްޕަވަރގެ ޔަމަހާ ފޯ ސްޓްރޯކް 02 އިންޖީނު ސިޓީ ލާ ނީލަމުގައި ވިއްކާލުން

         މި އިދާރާގެ ނަމުގައި ރަޖިސްޓަރީކޮށްފައިވާ " ހަނިފަރު" ލޯންޗުން ނަގާފައިވާ ޔަމަހާ ފޯ ސްޓްރޯކް 200 ހޯސްޕަވަރގެ 02 އިންޖީނު ސިޓީލާ ނީލަމުގައި ވިއްކާލުމަށް ވަނީ ހަމަޖެހިފައެވެ. ނީލަމުގައި ބައިވެރިވާ ފަރާތްތަކުން 25 ނޮވެންބަރު 2021 ވަނަ ދުވަހުން ފެށިގެން ކޮންމެ ދުވަހެއްގެ މެންދުރުފަހު 1:00 ގެ ކުރިން 02 އިންޖީނު ގަތުމަށް ބޭނުންވާ އަގު ހުށަހެޅުއްވުން އެދެމެވެ. ނީލަމަށް އަގު ހުށަހަޅުއްވާއިރު 02 އިންޖީނަށް ވަކި ވަކިންވެސް އަގު ހުށަހެޅި ދާނެއެވެ. އަގު ހުށަހަޅާނީ ނީލަމަށް އަގު ހުށަހަޅާފޯމު މެދުވެރިކޮށްގެންނެވެ. މިދެންނެވި ފޯމު ހުށަހަޅުއްވާނީ ބަންދު ކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި "200 ހޯސްޕަވަރގެ ފޯ ސްޓްރޯކް 02 އިންޖީނުގެ ނީލަމުގައި ބައިވެރިވުމަށް" މިހެން ލިޔަންވާނެއެވެ. ނީލަމަށް ސިޓީން އަގު ހުށަހަޅާ ފޯމު މި އިޢުލާނުގައި އެއްކަރުދާސް ކޮށްފައި އެވަނީއެވެ. އަދި މީގެ އިތުރުން، ނީލަމަށް ސިޓީން އަގު ހުށަހަޅާފޯމު މި އޮފީހުގެ ރިސެޕްޝަނުންވެސް ލިބެން ހުންނާނެއެވެ.

ކޮންމެ ދުވަހަކު މެންދުރުފަހު 1:00 އާ ހަމައަށް ހުށަހަޅާފައިވާ އެންމެ މަތީ އަގު އެ ދުވަހެއްގެ މެންދުރުފަހު 2:00 ގައި މި އިދާރާގައި  ހުންނަ ނޯޓިސްބޯޑުގައި ޢާންމު ކުރެވޭނެއެވެ. ނީލަމަށް ހުށަހަޅާފައިވާ އެންމެ މަތީ އަގު ޖެހިޖެހިގެން ރަސްމީ 2 ދުވަހު އެއް އަގެއްގައި އޮވެއްޖެނަމަ އެ އަގަކަށް ނީލަން ނިންމާލެވޭނެއެވެ.

ނީލަން ކާމިޔާބު ކުރާ ފަރާތަށް ނީލަން ކާމިޔާބުކުރިކަން އަންގާ ލިޔުން ލިބުމަށްފަހު، ރަސްމީ 5 ދުވަހުގެ ތެރޭގައި ފައިސާ ދައްކާފައި ނުވާނަމަ، އެ ފަރާތަކަށް ދޫކުރާ ނީލަން ކާމިޔާބުކުރި ކަމުގެ ލިޔުން ބާޠިލުކޮށް ދެވަނައަށް އެންމެ މަތީ އަގު ހުށަހެޅި ފަރާތަށް، ނީލަން ކާމިޔާބުވެފައިވާކަން އަންގާ ލިޔުން ދޫކުރެވޭނެއެވެ.

ސިޓީލާ ނީލަން ނަންބަރު: 2021/3

ނީލަން ފެށޭއަގު: އިންޖީނެއް 15،000.00 (ފަނަރަހާސް ރުފިޔާ)

ފަހަރަކު އިތުރު ކުރެވޭނެ އެންމެ ކުޑަ އަގު: އިންޖީނަކަށް ފަހަރަކު 1000.00 (އެއް ހާސް ރުފިޔާ)

        ނީލަމުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އިންޖީނު ބަލާލުމުގެ އިންތިޒާމް 2021 ނޮވެންބަރު 25 ވަނަ ދުވަހުން ފެށިގެން، ނީލަން ނިމެންދެން ބަންދު ދުވަސްތައް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 09.00 ން މެންދުރުފަހު 13:00 އަށް މިއިދާރާގެ ފަރާތުން ހަމަޖައްސައިދެވޭނެެއެވެ.

        ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

                         18 ރަބީއުލްއާޚިރާ  1443

23 ނޮވެންބަރު 2021