ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)269/269/2021/47
ޕަބްލިޝްކުރި ތާރީޚް: 24 ނޮވެންބަރު 2021
ޕަބްލިޝްކުރި ގަޑި: 11:51
ސުންގަޑި: 02 ޑިސެންބަރު 2021 12:00
ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަހުގެ ވެރިފަރާތް ހޯދުމާބެހޭ

އިޢުލާން

ރުއްގަހުގެ ވެރިފަރާތް ހޯދުމާބެހޭ

      އިންޑިޔާގެ އެގްޒިމް ބޭންކުގެ ކުރެޑިޓް ފެސިލިޓީގެ ދަށުން ހދ. ވައިކަރަދޫގައި ޤާއިމްކުރުމަށް ހަމަޖެހިފައިވާ ފެންޕުލާންޓް ޤާއިމް ކުރުމަށް ދޫކުރެވިފައިވާ ބިމުގައި (ފެނަކަ އައު އިންޖީނުގެ ގޯތީގެ އިރުމަތިން) ކަޅުކުލައިގެ ދަވާދުން ނަންބަރު ޖަހާފައިވާ ރުއްގަހުގެ ވެރިފަރާތްތައް ހޯދުމަށް ބޭނުންވެއެވެ.

      ވީމާ، މިރުއްގަހުގެ ވެރިފަރާތްތަކުން، މި އިދާރާއިން ޖަހާފައިވާ ނަންބަރާއި، ވެރިފަރާތުގެ ނަމާއި އެޑްރެސް އަދި ރުކުގެ މޮޅު/ ދެރަ ބަޔާންކުރައްވާ، 2021 ޑިސެމްބަރ 02 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން ލިޔުމަކުން މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މި މުއްދަތުގެ ކުރިން ހުށަނާޅުއްވާ ރުއްގަސް އެއީ ރައްޔިތު ރުއްގަހުގެ ގޮތުގައި ބަލާ ނައްތާލެވޭނެ ވާހަކަ ދަންނަވަމެވެ.

      މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

24 ނޮވެންބަރު 2021