ދިވެހިރާއްޖެ
ޢިއުލާން
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ރިސާރޗް ޑިވެލޮޕްމަންޓް އޮފީހާއި އެންވަޔަރަމަންޓް މިނިސްޓްރީއާއި ގުޅިގެން ކުރިއަށްގެންދާ KAP survey on single use plastic އަށް އެނިއުމަރޭޓަރުން ހޯދުމަށް ބޭނުންވެއެވެ. މިސާރވޭއަކީ ރާއްޖޭގައި އެއްފަހަރު ބޭނުންކޮށްފައި އެއްލާލެވޭ ޕްލާސްޓިކް ބޭނުންކުރުމާއި ބެހޭގޮތުން ކުރިއަށް ގެންދާ ދިރާސާއެކެވެ. ސާރވޭ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ފޯނު އިންޓަރވިއު މެދުވެރިކޮށްގެނެވެ. މިސާރވޭ ކުރިއަށް ގެންދެވޭނީ މިކަމުގެ ތަމްރީން ދިނުމަށްފަހުގައެވެ. ވީމާ މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 28 ނޮވެމްބަރ 2021 ވާ އާދީއްތަ ދުވަހުގެ މެންދުރު 12.00ގެ ކުރިން ތިރީގައިވާ ލިންކް މެދުވެރިކޮށް މައުލޫމާތު ފޮނުއްވުން އެދެމެވެ. އިތުރު މައުލޫމާތު ބޭނުންފުޅުވާނަމަ މިސެންޓަރުގެ ނަމްބަރު 3345424 އަށް ގުޅުއްވުން އެދެމެވެ.
https://forms.gle/HX52KpUKxxtcafqTA
އެނިއުމަރޭޓަރުގެ ޝަތުރު:
- އޯލެވެލް ހަދާފައިވުން
- ދިރާސާކުރުމުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.