ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)177/1/2021/43
ޕަބްލިޝްކުރި ތާރީޚް: 24 ނޮވެންބަރު 2021
ޕަބްލިޝްކުރި ގަޑި: 10:13
ސުންގަޑި: 29 ނޮވެންބަރު 2021 13:00
ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް
ދިވެހިރާއްޖެ
"ސާކް ފެސްޓިވަލް އޮފް ޓްރެޑިޝަނަލް އިންސްޓްރުމެންޓަލް މިއުޒިކް އެންޑް ވާރކްޝޮޕް 2021" ގައި ބައިވެރިވުމުގެ ފުރުޞަތު

ސާކް ކަލްޗަރަލް ސެންޓަރުން އިންތިޒާމް ކުރައްވައިގެން ބޫޓާންގައި އޮންލައިންކޮށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ސުރުޚީގައި ދަންނަވާފައިވާ ފެސްޓިވަލްގައި ބައިވެރިވުމުގެ ފުރުޞަތު ވަނީ ލިބިފައެވެ. އެގޮތުން 2 ސެގްމަންޓަކަށް ބަހާލައިގެން ކުރިއަށްގެންދާ މި ފެސްޓިވަލްގައި "ޕްރީ ރެކޯޑަޑް ޕާރފޯމަންސް" ސެގްމަންޓްގައި ގިނަވެގެން 6 ފަންނާނަކަށް އަދި އޮންލައިން ވާރކްޝޮޕްގައި ގިނަވެގެން 10 ފަރާތަކަށް ބައިވެރިވުމުގެ ފުރުޞަތު ވަނީ ލިބިފައެވެ.

ވީމާ، މި ފެސްޓިވަލްގައި ބައިވެރިވެލެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 29 ނޮވެމްބަރު 2021 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން މިސެންޓަރުގެ އީމެއިލް [email protected] އަށް ރެޖިސްޓްެރޭޝަން ފޯމް ހުށަހެޅުއްވުން އެދެމެވެ. މިއިޢުލާނާއިއެކު ރެޖިސްޓްރޭޝަން ފޯމް ހިމަނާލާވައިވާނެއެވެ.

24 ނޮވެންބަރު 2021