ދެންނެވުން
ނަންބަރު: (IUL)133-AS/133/2021/21
ޕަބްލިޝްކުރި ތާރީޚް: 23 ނޮވެންބަރު 2021
ޕަބްލިޝްކުރި ގަޑި: 16:02
ސުންގަޑި:
31 ޑިސެންބަރު 2021 22:00
ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހެއްދުމާއި ގުޅޭ
އޮންލައިންކޮށް ދިވެހިރައްޔިތުންގެ އައިޑެންޓިޓީ ކާޑު ހައްދަން ހުށަހެޅުން ވާނީ ގްރޭޓަރ މާލެ ސަރަހައްދަށާއި ރިސޯޓްތަކުގެ މުވައްޒަފުންނަށް ފަށާފައެވެ. އަދި މިވަގުތު މިޚިދުމަތް އެއްވެސް އަމިއްލަ ފަރާތަކުން ދިނުމަށް މިޑިޕާޓްމަންޓުން ކަނޑައަޅާފައެއް ނޯންނާނެއެވެ. އަދި އެފަދަ ފަރާތްތަކާއެކު އެއްބަސްވުމެއް ކޮށްފައެއްވެސް ނޯންނާނެއެވެ. އެހެންކަމުން ވިޔަފާރީގެ ގޮތުގައި ޚިދުމަތްދޭ ފަރާތްތަކުން ނަންގަވާ ފައިސާ އަކީ އެފަރާތްތަކުގެ ޚިދުމަތަށް އެފަރާތްތަކުން ނަންގަވާ ފައިސާއެކެވެ. އައިޑެންޓިޓީ ކާޑަށް ދައްކަންޖެހޭ ފައިސާ ނެގުމަށް ހަމަޖެހިފައިވަނީ ކާޑު މެދުވެރިކޮށް މިޑިޕާޓްމަންޓުން ކަމުގައި އާންމުންގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
23 ނޮވެންބަރު 2021