ދެންނެވުން
ނަންބަރު: (IUL)254/254/2021/55
ޕަބްލިޝްކުރި ތާރީޚް: 23 ނޮވެންބަރު 2021
ޕަބްލިޝްކުރި ގަޑި: 13:55
ސުންގަޑި: 30 ޑިސެންބަރު 2021 12:00
ތިލަދުންމަތީ އުތުރުބުރީ ތަކަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތަކަންދޫއިން ގޯއްޗަށް އެދުމުގެ ފުރުޞަތު ހުޅުވާލުން.

      ނަންބަރ: 254/254/2021/55(IUL)

އިޢުލާން

ތަކަންދޫއިން ގޯއްޗަށް އެދުމުގެ ފުރުޞަތު ހުޅުވާލުން.

1. ތަކަންދޫއިން 3000 (ތިންހާސް) އަކަފޫޓުގެ 24 ގޯތި ދޫކުރުމަށް ހަމަޖެހިފައިވެއެވެ. ގޯތިތައް ދޫކުރަނީ، ތަކަންދޫގެ  އިރުމަތީ ކުޅީގެ ހުޅަގުން ޔަމަން ކިޔާ ގޯތީގެ އިރު އުތުރުގައިވާ ސަރަޙައްދުން 3000 (ތިންހާސް) އަކަފޫޓުގެ 07 ގޯއްޗާއި، އެވެނިއު ކިޔާ ގޯތީގެ އިރުމަތިން 3000 (ތިންހާސް) އަކަފޫޓުގެ 2 ގޯތި، ވެލީ ކިޔާ ގޯތީގެ އިރުމަތިން 3000 (ތިންހާސް) އަކަފޫޓުގެ 2 ގޯތި ޑޭލައިޓް ކިޔާ ގޯތީގެ ދެކުނުން 3000 (ތިންހާސް) އަކަފޫޓުގެ 01 ގޯތި، ޑޭލައިޓް ކިޔާ ގޯތީގެ އިރުން 3000 (ތިންހާސް) އަކަފޫޓުގެ 04 ގޯތި،ފެންފިޔާޒް މަގުން ދެކުނުން 3000 (ތިންހާސް) އަކަފޫޓުގެ 08 ގޯއްޗެވެ.

2. މި ފަހަރު ގޯތި ދޫކުރަނީ ސަރުކާރުން އެކުލަވާލައި ޢާއްމުކުރައްވާފައިވާ ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ ގަވާއިދާއި 17 ނޮވެމްބަރ 2021 ގައި ކައުންސިލުން ފާސްކޮށްފައިވާ، ތަކަންދޫއިން ގޯތި ދޫކުރުމުގެ އުޞޫލު ގައިވާ ގޮތުގެމަތިން ގޯއްޗަށް އެދޭ ފަރާތްތަކުގެ ތެރެއިން ގޯތި ލިބުމުގެ ޝަރުޠު ހަމަވާ މީހުންގެ ތެރެއިން އެންމެމަތިން ޕޮއިންޓުލިބޭ 24 (ސައްވީސް) ބޭފުޅުންނަށެވެ.

3. 17 ނޮވެމްބަރ 2021 ގައި ކައުންސިލުން ފާސްކުރި، "ތަކަންދޫއިން ގޯތި ދޫކުރުމުގެ އުޞޫލު" މި އިޢުލާނާއެކު ޢާއްމުކުރަމެވެ. އަދި "ދިރިއުޅުމަށްޓަކައި ދޫކުރާ ބަންޑާރަ ގޯއްޗަށް އެދޭ ފޯމް" މިއިދާރާއިން ލިބޭނެއެވެ.

                ވީމާ، ތަކަންދޫއިން ދިރިއުޅުމަށް ގޯތި ބޭނުންފުޅުވާ ބޭފުޅުން، "ދިރިއުޅުމަށްޓަކައި ދޫކުރާ ބަންޑާރަ ގޯއްޗަށް އެދޭ ފޯމު" ފުރިހަމަކުރައްވައި 30 ޑިސެމްބަރ 2021 ވަނަ ދުވަހުގެ 12:00 ގެކުރިން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ފޯމް ދޫކުރުމާއި ބަލައިގަތުން އޮންނާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 9:00 އިން 12:00 އަށެވެ. އަދި ފުރިހަމަނުވާ ފޯމުތަށް ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

23 ނޮވެމްބަރ 2021

23 ނޮވެންބަރު 2021