ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)141-CE/141/2021/284
ޕަބްލިޝްކުރި ތާރީޚް: 23 ނޮވެންބަރު 2021
ޕަބްލިޝްކުރި ގަޑި: 13:35
ސުންގަޑި: 30 ނޮވެންބަރު 2021 18:00
މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް
ދިވެހިރާއްޖެ
ކޮމަންވެލްތް ފައުންޑޭޝަން އިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ ސިވިލް ސޮސައިޓީ ގްރާންޓްސް ޕްރޮގްރާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުން

                                   އިޢުލާން

ކޮމަންވެލްތް ފައުންޑޭޝަން އިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ ސިވިލް ސޮސައިޓީ ގްރާންޓްސް ޕްރޮގްރާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުން

ކޮމަންވެލްތު ފައުންޑޭޝަންއިން ކުރިއަށްގެންދާ ސިވިލް ސޮސައިޓީ ގްރާންޓްސް ޕްރޮގްރާމަށް ކުރިމަތިލުމުގެ ފުރުޞަތު ދިވެހިރާއްޖެއަށްވަނީ ލިބިފައެވެ. މި ޕްރޮގްރާމްގެ ދަށުން ފަންޑު ކުރުމަށް އިސްކަންދެނީ ސަރުކާރުގެ ވުޒާރާތަކާއި ގުޅިގެން ބިނާކުރުވަނިވި މުޖުތަމައެއް ޤާއިމްކޮށް ހަރުދަނާ ސިޔާސަތުތައް ކުރިއަރުވަން މަސައްކަތްކުރާ ފަރާތްތަކަށާއި އަދި ފަންޑު ކުރުމަށް ބޭނުންވާ މަޝްރޫޢު ކޮމަންވެލްތް ފައުންޑޭޝަންއިން ކަނޑައަޅުއްވާފައިވާ ޝިޢާރުތަކުގެ މައްޗަށް ބިނާކޮށް ހުށަހަޅާ ޕްރޮޕޯސަލްތަކަށެވެ . ޖަމްޢިއްޔާއިން ހިންގާ ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ފޯރުކޮށް ދިނުމުގެ އުޞޫލާއި، އެހީ ހޯދުމަށް ހުށަހަޅާ ފޯމްގައި ހިމަނަންޖެހޭ ބައިތައް މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ

ވީމާ، މި ޕްރޮގްރާމަށް ކުރިމަތިލުމަށް ޝައުޤުވެރިވެލައްވާ ޖަމްޢިއްޔާތަކަށް 30 ނޮވެންބަރު 2021ގެ 18:00ގެ ކުރިން ތިރީގައިވާ ލިންކް މެދުވެރިކޮށް ޕްރޮގްރާމަށް ކުރިމަތިލުމުގެ ފުރުޞަތުވަނީ ހުޅުވައިލެވިފައެވެ 

 

https://commonwealthfoundation.com/submit

 

މި ޕްރޮގްރާމާއި ގުޅޭ އިތުރު ޑޮކިއުމެންޓްސް ތިރީގައި ބަޔާންކޮށްފައިވާ ލިންކުން ލިބިވަޑައި ގަންނަވާނެއެވެ. 

https://commonwealthfoundation.com/grants  

އިތުރު މަޢުލޫމާތު ހޯދުމަށް[email protected]  އަށް މެއިލްކޮށްދެއްވުން އެދެމެވެ.

23 ނޮވެންބަރު 2021