މަސައްކަތް
ނަންބަރު: (IUL)KRH-HR/2021/87
ޕަބްލިޝްކުރި ތާރީޚް: 23 ނޮވެންބަރު 2021
ޕަބްލިޝްކުރި ގަޑި: 11:40
ސުންގަޑި: 28 ނޮވެންބަރު 2021 14:00
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ބޭނުންވާ ބިދޭސީ މުވައްޒަފުން ފޯރުކޮށްދިނުމުގެ ފުރުޞަތު ރަސްމީކޮށް ރަޖިސްޓްރީ ކޮށްފައިވާ ރެކްރޫޓްމަންޓް އެޖެންސީތަކަށް ހުޅުވާލުން

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް

ކުޅުދުއްފުށި ސިޓީ

ދިވެހިރާއްޖެ

 

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ބޭނުންވާ ބިދޭސީ މުވައްޒަފުން ފޯރުކޮށްދިނުމުގެ ފުރުޞަތު ރަސްމީކޮށް ރަޖިސްޓްރީ ކޮށްފައިވާ ރެކްރޫޓްމަންޓް އެޖެންސީތަކަށް ހުޅުވާލުން

 

      6 ނޮވެންބަރު 2020 ގައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ހިންގުން ވަކި ގަވަރނިންގ ބޯޑެއްގެ ދަށުން ހިންގުމަށް ހަމަޖެހުމާއި އެކު، މި ހޮސްޕިޓަލަށް ބޭނުންވާ ބިދޭސީ މުވައްޒަފުންގެ ރެކްރޫޓްމަންޓް މަސައްކަތް ކުރަމުން މި ގެންދަނީ މިހޮސްޕިޓަލުންނެވެ. ރާއްޖޭގައި ރަސްމީކޮށް ރަޖިސްޓްރީކުރެވިގެން ހިންގާ ރެކްރޫޓްމަންޓް އެޖެންސީތަކަށް މި ހޮސްޕިޓަލުގައި މަސައްކަތް ކުރާނެ ބިދޭސީން ގެނައުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، ބިދޭސީން ގެނައުމަށް ޝައުޤުވެރިވާ އޭޖެންސީތަކުން ޝައުޤުވެރިކަން ފާޅުކޮށް 28 ނޮވެންބަރު 2021 ވަނަ ދުވަހުގެ 14:00 ގެ ކުރިން  މިހޮސްޕަޓަލަށް ސިޓީ ހުށަހެޅުއްވުން އެދެމެވެ. މެއިލް މެދުވެރިކޮށް ހުށަހަޅާނަމަ [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.

އެންމެ ޤާބިލް އެޖެންސީތައް ކަނޑައެޅުމުގައި ބެލުމަށް ހަމަޖެހިފައިވާ ނުކުތާތައް:

  1. ހޮސްޕިޓަލުތަކަށް ރިކްރޫޓް ކޮށްފައިވާ/ ރިކްރޫޓް ކުރަމުންދާ މުއްދަތު.
  2. ރިކްރޫޓްކުރުމުގައި ގިނަ ޤައުމުތައް އިޚްތިޔާރުކޮށްފައިވާ މިންވަރު.
  3. މެޑިކަލް މުވައްޒަފުން ރިކްރޫޓްކޮށްފައިވާ މިންވަރު.

މި އިޢުލާނާއި ގުޅިގެން ހުށަހަޅާ ހުށަހެޅުންތައް ބެލުމަށްފަހު، މި ހޮސްޕިޓަލުގެ ވަޒީފާތަކަށް ބިދޭސީން ހޯދުމަށް ހުއްދަދެވޭ އެޖެންސީތަކަށް ކުރެވޭ އިޢުލާނުތަކުގެ އެޕްލިކޭޝަން ފޯމު ހުށަހެޅުމަށް 03 މަސްދުވަހުގެ މުޙުލަތެއް ދެވިގެންދާނެއެވެ.

މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށްޓަކައި، ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:00 އާއި 14:00 އާއި ދެމެދު މި މިހޮސްޕިޓަލުގެ ނަންބަރު: 6521624 އާއި ގުޅުއްވުން އެދެމެވެ.

23 ނޮވެންބަރު 2021

 

23 ނޮވެންބަރު 2021