މަސައްކަތް
ނަންބަރު: (IUL)AEH/AEH/2021/81
ޕަބްލިޝްކުރި ތާރީޚް: 22 ނޮވެންބަރު 2021
ޕަބްލިޝްކުރި ގަޑި: 21:18
ސުންގަޑި: 25 ނޮވެންބަރު 2021 13:00
އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް، ސ. ހިތަދޫ
ދިވެހިރާއްޖެ
އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގެ ފަޔަރ އެލަރމް ސިސްޓަމް ސަރވިސްކޮށްދޭނެ ފަރާތެއް ހޯދުން

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގެ ފަޔަރ އެލަރމް ސިސްޓަމް ސަރވިސްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 22 ނޮވެންބަރު 2021 އިން ފެށިގެން 25 ނޮވެންބަރު 2021 ވާ ދުވަހުގެ  13:00އަށް [email protected] އަށް، ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރިހަމަ ކުރުމަށްފަހު އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މެއިލް ކުރުމުގައި ސަބްޖެކްޓްއަކަށް މަސައްކަތުގެ ނަން ޖެއްސުވަމަށް ސަމާލުވުން އެދެމެވެ. މެއިލް ކުރެއްވުމުން މެއިލްއަށް ރެޖިސްޓްރޭޝަން ކޮންފަރމޭޝަން ފޮނުވޭނެއެވެ. ރެޖިސްޓްރީ ކުރެވުނުކަން ކަށަވަރުކުރުމަކީ ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.

މި ޢިއުލާނާއި އެކު މަސައްކަތާއި ގުޅޭ އެންމެހައި ލިޔެކިޔުންތައް ގެޒެޓް ކުރެވިފައިވާނެއެވެ.

މި ބީލަމާއި ގުޅިގެން އިތުރު މަޢުލޫމާތު ބޭނުންވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް 28 ނޮވެންބަރު 2021 ވާ ދުވަހުގެ 10:30ގައި އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގެ އިދާރީ އޮފީސް އިމާރާތުގެ ކޮންފަރެންސް ހޯލްގައި އޮންނާނެއެވެ.

ބިޑް ހުށަހެޅުއްވުމަށް ރެޖިސްޓްރީ ކުރެއްވުމަށް ފަހު 01 ޑިސެންބަރު 2021 ވާ ދުވަހުގެ 14:00 އަށް އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގެ އިދާރީ އޮފީސް އިމާރާތުގެ ކޮންސްފަރެންސް ރޫމަށް ވަޑައިގެން ބިޑު ހުށަހެޅުއްވުން އެދެމެވެ.

ބިޑް ހުށަހެޅުއްވުމަށް ރެޖިސްޓްރީ ނުކުރާ ފަރާތްތަކާއި ބިޑު ހުޅުވުމަށް ހަމަޖެހިފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ބިޑް ހުށަހެޅުއްވުމުގެ ފުރުޞަތު ނޯންނާނެއެވެ.

22 ނޮވެންބަރު 2021