ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)406-esms-a/406/2021/6
ޕަބްލިޝްކުރި ތާރީޚް: 22 ނޮވެންބަރު 2021
ޕަބްލިޝްކުރި ގަޑި: 16:47
ސުންގަޑި: 30 ނޮވެންބަރު 2021 10:00
ހުވަދުއަތޮޅު އުތުރުބުރީ ކޮލަމާފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޤްތިޞާދީ މަސައްކަތްތަކަށާއި ވިޔަފާރީގެ ބޭނުންތަކަށް ކުއްޔަށް ބިން ދޫކުރުމާއި ގުޅޭ

އިޢުލާން

އިޤްތިޞާދީ މަސައްކަތްތަކަށާއި ވިޔަފާރީގެ ބޭނުންތަކަށް ކުއްޔަށް ބިން ދޫކުރުމާއި ގުޅޭ:

                  ކޮލާގެ އުތުރު ފަރާތުގައި ހުރި އޮޑީހަރުގެއް ޙާއްސަ ބިންތަކުގެ ތެރެއިން 3350 އަކަފޫޓުގެ ބިމަކާއި، 5300 އަކަފޫޓުގެ ބިމެއްކުއްޔަށް ދޫކުރުމަށް ހަމަޖައްސައި އެބިންތައްކުއްޔަށް ނެގުމަށް ޝައުޤުވެރިވާ ފަރާތްތަކުން އެކަމަށްއެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މި ބިންތައްކުއްޔަށްދޫކުރުމަށް ހަމަޖެހިފައިވަނީ އެންމެ ބޮޑު އަގެއް ހުށަހަޅާ ފަރާތަކަށް ފަހެއް (5) އަހަރު ދުވަހަށެވެ. މި ބިންތައްކުއްޔަށް ނެގުމަށް ހުށަހެޅޭނޭ އެންމެ ކުޑަ ކުއްޔަކީ  އަކަފޫޓަކަށް ފަސްދޮޅަސް (60 )ލާރިއެވެ. މި ބިންތައް ކުއްޔަށް ދޫކުރުމުގައި ނޮންރިފަންޑަބުލް ރަޖިސްޓްރޭޝަން ފީއެއްގެ ގޮތުގައި ދެހާސް (2000) ރުފިޔާ ނެގުމަށް ވަނީ ހަމަޖެހިފައެވެ. އަދި މިފައިސާ ބިޑު ހުށަހަޅާ ފަރާތްތަކުން 28 ނޮވެންބަރު 2021 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން މިއިދާރާއަށް ހުށަހަޅާންވާނެވެ. ބިޑް ހުށަހެޅޭނީ ރަޖިސްޓްރޭޝަން ފީ ދައްކާފަރާތްތަކަށެވެ.

                     ވީމާ، މިބިންތައް ފަސްއަހަރުދުވަހަށް ކުއްޔަށް ހިފުމަށްއެދޭ ފަރާތްތަކުން ފޮނުވާ ސިޓީތައް2021 ނޮވެންބަރު 30  ވާ އަންގާރަ ދުވަހުގެ ހެދުނު 10:00 ގައި ބަލައިގަތުމަށް ވަނީ ހަމަޖެހިފައެވެ. އަދި ސިޓީއާއިއެކު އަގު ހުށަހަޅާ ފަރާތުގެ އައިޑީ ކާޑްގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ. ސިޓީ އޮންނަންވާނީ އުރައިގައި ބަންދުކުރެވިފައެވެ. އުރައިގެ ބޭރުގައި "އިޤްތިޞާދީ މަސައްކަތްތަކަށާއި ވިޔަފާރީގެ ބޭނުންތަކަށް ކުއްޔަށް ބިން ދޫކުރުމާއި ގުޅޭ" މިހެން ލިޔެފައި އޮންނަންވާނެއެވެ.

                     ކޮލާގެ އުތުރުފަރާތުގައި ހުރި  އޮޑިހަރުގެއަށް ޙާއްސަ ދެ ބިން ނަގާފަރާތްތަކަށް ދޭ "މަޢުލޫމާތު ޝީޓް " މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެވެ.  އަދި މަޢުލޫމާތު ޝީޓް މި އިދާރާގެ ކައުންޓަރުން ލިބެންހުންނާނެވެ. އިތުރު މަޢުލޫމާތު ސާފްކުރައްވަން ބޭނުންފުޅުވާނަމަ  މިއިދާރާގެ ނަންބަރ 6820017 އާއި ގުޅުއްވުން އެދެމެވެ.

22 ނޮވެންބަރު 2021