ދިވެހިރާއްޖެ
އިޢުލާން
ނަންބަރު: GS-144/2021/IUL/13
ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމާއި ގުޅޭ
މި ސުކޫލުގެ ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތް 01 ޖަނަވަރީ 2022 އިން 31 ޑިސެމްބަރ 2022 އަށް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
01 ޖަނަވަރީ 2022 އިން 31 ޑިސެމްބަރ 2022 ގެ ނިޔަލަށް މިސްކޫލުގެ ސެކިއުރިޓީ ބަލަހައްޓާދޭން ޝައުޤުވެރިވެލައްވާ ފަރާތްތަކުން އިޢުލާނުގެ މުއްދަތުގެ ތެރޭގައި ދިއްފުށީ ސްކޫލަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުމަށް މަޢުލޫމާތު ސާފުކުރައްވާ ނަންނޯޓްކުރެއްވުމަށް ދަންނަވަމެވެ. އަދި އަންދާސީހިސާބު ހުށަހެޅުއްވުމަށް ކަނޑައެޅިފައިވާ ތާރީޚަށް ދިއްފުށީ ސްކޫލަށް ވަޑައިގަނެ އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.
ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު ( ޤާނޫނު ނަންބަރު: 18/2014 ) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު ( ޤާނޫނު ނަންބަރު: 19/2014 ) ގެ ދަށުން ރަޖިސްޓަރީ ވެފައިވާ، ވިޔަފާރީގެ އޮބްޖެކްޓިވްތަކުގެތެރޭގައި ސެކިއުރިޓީގެ ހިދުމަތްދިނުމަށް ހުއްދަލިބިފައިވާ ފަރާތްތަކަށެވެ.
މަޢުލޫމާތު ސާފުކުރުމާއި ބިޑް ހުށަހެޅުމަށް، ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ، އެފަރާތަކީ ކާކުކަން ބަޔާންކޮށް، އެފަރާތެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއަކާއެކު ސިޓީއެއް ހުށަހަޅުއްވަންވާނެއެވެ. އަދި ދުރުވާ ބޭފުޅެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަވަންވާނެއެވެ.
އަންދާސީހިސާބު ހުށަހެޅޭނީ އިޢުލާނުގައި ނަންނޯޓްކުރުމަށް ދެވިފައިވާ މުއްދަތުގެ ތެރޭގައި މިއިދާރާގައި ނަން ނޯޓްކުރެވިފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ. އަދި އަންދާސީހިސާބު ހުށަހެޅުއްވުމަށް ނަންނޯޓްކުރައްވާ ފަރާތްތަކަށް ބީލަން ފޮތް ދޫކުރެވޭނެ ވާހަކަ ދަންނަވަމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ގަޑީގައި 6640522 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުމާއި ނަންނޯޓްކުރުމަށް |
ޕްރީބިޑް މީޓިންގ |
އަންދާސީ ހިސާބު ހުށަހެޅުމާއި ބީލަން ހުޅުވުން |
22 ނޮވެމްބަރ 2021 ން 30 ނޮވެމްބަރ 2021 ވާ އަންގާރަ ދުވަހުގެ 12:00 ށް. ބަންދުނޫން ކޮންމެ ދުވަހެއްގެ 10:00 ން 12:00 ށް. |
28 ނޮވެމްބަރ 2021 ވާ އާދިއްތަ ދުވަހުގެ 11:00. |
01 ޑިސެމްބަރ 2021 ވާ ބުދަ ދުވަހުގެ 11:00. |
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރަމެވެ.
17 ޖުމާދުލްއާޚިރް 1443
22 ނޮވެމްބަރ 2021