ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)431-AHP/1/2021/22
ޕަބްލިޝްކުރި ތާރީޚް: 22 ނޮވެންބަރު 2021
ޕަބްލިޝްކުރި ގަޑި: 10:50
މޯލްޑިވްސް ލޭންޑް އެންޑް ސަރވޭ އޮތޯރިޓީ
ދިވެހިރާއްޖެ
މޯލްޑިވްސް ލޭންޑް އެންޑް ސާރވޭ އޮތޯރިޓީގައި ސާރވޭޔަރެއްގޮތުގައި ރަޖިސްޓްރީވުން

މޯލްޑިވްސް ލޭންޑް އެންޑް ސާރވޭ އޮތޯރިޓީގައި ސާރވޭޔަރެއްގޮތުގައި ރަޖިސްޓްރީވުން

 

ސާރވޭޔަރަކީ، އެއްގަމާއި ކަނޑާއި އަދި އެތަންތަނުގައި ކުރާ އެންމެހައި ބިނާތައް ޕްލޭންކޮށް އަދި އެކަށޭނެގޮތުގައި ބެލެހެއްޓުމަށްޓަކައި ބިމުގެ ސަތަހައިގައާއި ބިމުގެ ސަތަހައިގެ މައްޗާއި ތިރީގައިވާ ޕޮއިންޓްތައް ފުރިހަމަޔަށް މިނައި، ޗަރޓުކޮށް އަދި ފާހަގަ ކުރުމުގެ ޢިލްމާއި ފަންނީ ޤާބިލުކަން ހާޞިލް ކޮށްފައިވާ ފަންނުވެރިންނެވެ. މިޢިލްމަށް ސާރވޭ، ޖިއޮމެޓިކްސް، މެޕިން ސައިންސް، ސްޕޭޝަލް ސައިންސްފަދަ ނަންތަކުން މުހާތަބު ކުރެވެއެވެ.

 

މި އޮތޯރިޓީގައި ސާރވޭޔަރެއްގެ ގޮތުގައި ރަޖިސްޓްރީވެވޭނީ ސާރވޭގެ ދާއިރާއިން ދަށްވެގެން ޑިޕްލޮމާ ފެންވަރުގެ ސަނަދެއް ޙާޞިލުކޮށްފައިވާ ދިވެހި ރައްޔިތުންނަށެވެ.

 

ރަޖިސްޓްރީ ކުރެވޭ ސަރވޭޔަރުންގެ ލިސްޓް އަދި ސަރވޭޔަރެއް ގޮތުގައި ރަޖިސްޓްރީވުމަށް އެދި ހުށަހަޅަންޖެހޭ ފޯމު މި އޮތޯރިޓީގެ ވެބްސައިޓްhttps://www.mlsa.gov.mv  ގައި ޝާއިޢު ކުރެވިފައިވާނެއެވެ.

އަދި މި އިޢުލާނާއި ބެހޭ ގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންވެލައްވާނަމަ 7384892 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.

            

22 ނޮވެންބަރ 2021

22 ނޮވެންބަރު 2021