ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)177/1/2021/41
ޕަބްލިޝްކުރި ތާރީޚް: 22 ނޮވެންބަރު 2021
ޕަބްލިޝްކުރި ގަޑި: 10:16
ސުންގަޑި: 28 ނޮވެންބަރު 2021 13:00
ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް
ދިވެހިރާއްޖެ
ސާކް ކަލްޗަރަލް ފެސްޓިވަލް އޮފް ތިއޭޓަރ ގައި ބައިވެރިވުމުގެ ފުރުޞަތު

ސާކް ކަލްޗަރަލް ސެންޓަރ އިން އިންތިޒާމްކުރައްވައިގެން މިއަހަރުގެ ޑިސެމްބަރުމަހުގެ ތެރޭގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ސާކް ފެސްޓިވަލް އޮފް ތިއޭޓަރ (ވަރޗުއަލް މޯޑް) ގައި ރާއްޖޭގެ ފަރާތުން ބައިވެރިވުމުގެ ފުރުޞަތު ވަނީ ލިބިފައެވެ. އެގޮތުން ޕްރީ ރެކޯޑެޑް 2 އައިޓަމް، ކޮންމެ އައިޓަމެއް 30 މިނެޓަށްވުރެ ދިގު ނުވާގޮތަށް މިފެސްޓިވަލްގައި ބައިވެރިކުރެވޭ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ވީމާ، މިފެސްޓިވަލްގައި ބައިވެރިވެލައްވަން ބޭނުންފުޅުވާ ފަރާތްތަކުން 28 ނޮވެމްބަރު 2021 ވަނަ ދުވަހުގެ 13:00 ގެ ކުރިން ރެޖިސްޓްރޭޝަން ފޯމް ފުރިހަމަކުރުމަށްފަހު މިސެންޓަރަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ. މިއިޢުލާނާއިއެކު ރެޖިސްޓްރޭޝަން ފޯމް އަދި ކޮންސެޕްޓް ނޯޓް ހިމަނާލެވިފައިވާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 3313456 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

22 ނޮވެންބަރު 2021