ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)236-IED/236/2021/23
ޕަބްލިޝްކުރި ތާރީޚް: 22 ނޮވެންބަރު 2021
ޕަބްލިޝްކުރި ގަޑި: 10:00
ސުންގަޑި: 02 ޑިސެންބަރު 2021 11:00
މުލަކަތޮޅު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެކިއެކި އޮފީސްތަކުންނާއި ތަންތަނުން މ. އަތޮޅު އަތޮޅު ކައުންސިލްގެ އިދާރާއަށް ބޭނުންވާ ތަކެތި ޑެލިވަރީކޮށްދޭނެ ފަރާތެއް ހޯދުން.

            ސުރުހީގައި ދެންނެވިފައިވާ މަސައްކަތް ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2021 ނޮވެމަބަރ 22 އިން 2021 ނޮވެމްބަރ 25 ވަނަ ދުވަހުގެ 10:00 އަށް ރަޖިސްޓްރީވުމަށް 9823186 ނަންބަރ ފޯނާ ގުޅުއްވައިގެން ނަންނޯޓްކުރެއްވުން އެދެމެވެ.

            ނަން ނޯޓުކުރައްވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމަށް ބާއްވާ އޮންލައިން މީޓިންގެ ލިންކް މި އިދާރާއިން ހިއްސާކުރާނެއެވެ. އަދި މަޢުލޫމަތު ދިނުމަށް ފަހު އެފަރާތްތަކަށް ބިޑް ޑޮކިއުމަންޓް ލިބޭނެ އިންތިޒާމް ހަމަޖައްސައިދެވޭނެއެވެ.

  ތާރީޚް ދުވަސް ގަޑި ތަން
މަޢުލޫމާތު ސާފުކުރުން 25 ނޮވެމްބަރ 2021 ބުރާސްފަތި 11:00 އޮންލައިންކޮށް މުލަކަތޮޅު އަތޮޅުކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމް
އަންދާސީ ހިސާބު ހުށަހެޅުން 02 ޑިސެމްބަރ 2021 ބުރާސްފަތި 11:00 މުލަކަތޮޅު އަތޮޅުކައުންސިލްގެ އިދާރާ

 

 

މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅޭނީ، އަމިއްލަ ފަރުދުންގެ ވިޔަފާރިގެ ޤާނޫނު (ޤާނޫނު ނަމްބަރު 2014/19) ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު( ޤާނޫނު ނަމްބަރު 2014/18) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތް ތަކަށެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގެންނެވެން ނެތް ފަރާތްތަކުން ބަދަލުގައި އެހެން ފަރާތެއް ފޮނުއްވާނަމަ، އެކަން އަންގައިދޭ ލިޔުމެއް ބަދަލުގައި އަންނަފަރާތުން ގެންނަވަންވާނެއެވެ. 

 

 

22 ނޮވެންބަރު 2021