މަސައްކަތް
ނަންބަރު: GS-154/IUL/2021/26
ޕަބްލިޝްކުރި ތާރީޚް: 22 ނޮވެންބަރު 2021
ޕަބްލިޝްކުރި ގަޑި: 09:08
ސުންގަޑި:
02 ޑިސެންބަރު 2021 13:00
ކުނބުރުދޫ ސްކޫލް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ފުރުސަތު
2022 ވަނަ އަހަރު ކުނބުރުދޫ ސްކޫލްގެ ސެކިއުރިޓީ ބަލަހައްޓާދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.
- 2022 އަހަރު މި ސްކޫލްގެ ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތަށް ޝައުޤުވެރިވާ ހުރިހާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
- މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2021 ނޮވެމްބަރ 22 އިން 2021 ނޮވެމްބަރ 29 އަށް ބަންދުނޫން ކޮންމެ ދުވަހަކު 8.00 އިން 14.00 އަށް މިސްކޫލަށް ވަޑައިގެން ނަންނޯޓް ކުރެއްވުން އެދެމެވެ. އަދި އިއުލާނުގައިވާ އީ މެއިލް އެޑްރެސް މެދުވެރިކޮށް ރަޖިސްޓްރީކުރެވޭނެއެވެ.
- މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2021 ނޮވެމްބަރ 30ވާ އަންގާރަ ދުވަހުގެ 14:00ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
- ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 2021 ޑިސެންބަރ 02 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި މިސްކޫލްގައެވެ.
- މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު ގެޒެޓް ކުރެވިފައިވާނެއެވެ.
- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ކުނބުރުދޫ ސްކޫލް
އދ.ކުނބުރުދޫ
ފޯން: 6680842
އީ-މެއިލް: [email protected]
ކޮޕީ އީ-މެއިލް: [email protected]
17ރަބީޢުލްއާޙިރު 1443
22 ނޮވެންބަރު 2021