މުބާރާތް
ނަންބަރު: (IUL)335-AS/335/2021/126
ޕަބްލިޝްކުރި ތާރީޚް: 18 ނޮވެންބަރު 2021
ޕަބްލިޝްކުރި ގަޑި: 09:05
ސުންގަޑި: 30 ނޮވެންބަރު 2021 14:00
މާލެއަތޮޅު ހިންމަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
41 ވަނަމަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ބާއްވާ "ރައްޔިތުންގެ މަސް ރޭސް 2021" ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން.

އިޢުލާން

41 ވަނަމަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ބާއްވާ "ރައްޔިތުންގެ މަސް ރޭސް 2021" ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން.

         މިކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީއާއި ގުޅިގެން މިއަހަރުގެ މަސްވެރިންގެ ދުވަސް ކުލަ ގަދަކޮށް ފާހަގަ ކުރުމަށްޓަކައި،  ރަށުގައި ދިރިއުޅޭ ރައްޔިތުންނަށް ހުޅުވާލައިގެން މަސް ބޭނުމުގެ މުބާރާތެއް (މަސް ރޭހެއް) ބޭއްވުމަށް ވަނީ ހަމަޖެހިފައިއެވެ.

         މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ 2021 ޑިސެންބަރު 10 ވަނަ ދުވަހުއެވެ. މޫސުން ތަން ނުދޭނަމަ މުބާރާތް ބާއްވާ ތާރީޚު ބަދަލުވެދާނެއެވެ.  މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ހިންމަފުށީގައި ދިރިއުޅޭ ދެޖިންސުގެ 18 އަހަރުން މަތީގެ އުމުރުފުރާ ގެ ހުރިހާ ރައްޔިތުންނަށް ހުޅުވާލައިގެންނެވެ. މިމުބާރާތުގައި ހޮވުމަށް ހަމަޖެހިފައިވާ ވަނަތައް މިއިޢުލާނާ އެކުގައިވާ ޤަވާޢިދުގައި ވާނެއެވެ.

         މިމުބާރާތުގެ ވަނަތަކަށް ކަނޑައެޅޭ އިނާމްތައް ފަހުން އިއުލާން ކުރެވޭނެއެވެ.

         ވީމާ މިމުބާރާތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަށް 2021 ނޮވެންބަރު 30 ވަނަ ދުވަހުގެ 14:00 ގެ ކުރިން، މި އިޢުލާނާއި އެކު އެޓޭޗް ކުރެވިފައިވާ "ރައްޔިތުންގެ މަސްރޭސް 2021 ގައި ބައިވެރިވުމަށް އެދޭ ފޯމް" ފުރިހަމަ ކުރުމަށްފަހު މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ފޯމް އީމެއިލް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. މި މުބާރާތުގެ ޤަވާއިދު އަދި ބައިވެރިވުމަށް އެދޭފޯމް މި އިޢުލާނާއި އެކު އެޓޭޗް ކުރެވިފައިވާނެއެވެ.

         މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

18 ނޮވެންބަރު 2021