ދިވެހިރާއްޖެ
ނަންބަރ: (IUL)241-B/241/2021/20
އިޢުލާން
މިއަތޮޅުގެ ރަށްރަށުގެ ލޭންޑްޔޫސް ޕްލޭން ހަދައިދޭނެ ފަރާތެއް ހޯދުން
މިއަތޮޅުގެ 8 ރަށެއްގެ ލޭންޑްޔޫސް ޕްލޭން ހަދާ އެއްރަށެއްގެ ލޭންޑް ޔޫސް ޕްލޭން ރިވިއުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ ، އަމިއްލަ ތަކެތީގައި މިމަސައްކަތް ކޮށްދެއްވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މިދަންނަވާ މައުލޫމާތު ހިމެނޭހެން '' ލެޓަރއޮފް އިންޓަރެންސްޓް '' އަދި ބިލް އޮފް ކުއެންޓިޓީސް ( ބީ . އޯ . ކިޔު ) ހައްދަވާ 29 ނޮވެމްބަރ 2021 ވާ ހޯމަ ދުވަހުގެ 13.00 ގެ ކުރިން މިއިދާރާގެ އީ މެއިލް އެޑްރެހަށް ( [email protected] ) މެއިލްކޮށް ދެއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފްކުރެއްވުމަށް މިއިދާރާގެ އެސިސްޓެންޓް އެގްޒެކްޓިވް މުޙައްމަދު ޙަސަން ( 7785996 ) އަށް ގުޅުއްވާ މަޢުލޫމާތު ސާފްކުރެއްވުން އެދެމެވެ.
ލެޓަރ އޮފް އިންޓަރެސްޓްގައި ހިމަނަންޖެހޭ މައުލޫމާތު:
1- ލޭންޑްޔޫސް ޕްލޭން ހެދުމުގައި ލިބިފައިވާ ތަޖުރިބާ
2- ޕްލޭން ހެދުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ފަންނީ ބޭފުޅުންގެ މައުލޫމާތު އައިޑީކާޑް ކޮޕީ.
3- ކުންފުނި ނުވަތަ އިންވެސްޓްމެންޓެއް ނަމަ ރަޖިސްޓްރީގެ ކޮޕީ އާއި ލިބިފައިވާ ހުއްދަތައް
4- މިމަސައްކަތް ކުރުމަށް ބޭނުންކުރާ ތަކެތީގެ މައުލޫމާތު
5- މަސައްކަތް ކުރުމަށް ހުށަހަޅާ އަގުގެ ތަފްޞީލް
މިހެންވެ މިކަން އާންމުކޮށް އަންގާ އިއުލާންކުރީމެވެ.
16 ރަބީޢުލްއާޚިރް 1443 ހ.
21 ނޮވެމްބަރ 2021 މ.
އިބްރާހީމް ޝަހީން
ގއ. އަތޮޅުކައުންސިލްގެ ރައީސް