ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)223/1/2021/48
ޕަބްލިޝްކުރި ތާރީޚް: 21 ނޮވެންބަރު 2021
ޕަބްލިޝްކުރި ގަޑި: 19:23
ސުންގަޑި: 28 ނޮވެންބަރު 2021 13:00
ޓެކްސް އެޕީލް ޓްރައިބިއުނަލް
ދިވެހިރާއްޖެ
ޑެޕިއުޓީ ފައިނޭންސް އޮފިސަރ

 ވަޒީފާގެ ފުރުސަތު

ނަންބަރު: (IUL)/223/1/2021/48

ތާރީޚް:  21 ނޮވެންބަރު 2021

 

 

- މިޓްރައިބިއުނަލުގެ ޑެޕިއުޓީ ފައިނޭންސް މަޤާމަށް މީހަކު ހޯދުމަށް ބޭނުންވެއެވެ.

މަޤާމް:

ޑެޕިއުޓީ ފައިނޭންސް އޮފިސަރ

މަޤާމް ނަންބަރު:

TAT-119

ބޭނުންވާ ޢަދަދު:

01

މަޤާމް ގިންތި:

ދާއިމީ

މަޤާމުގެ ކްލެސިފިކޭޝަން:

ޑެޕިއުޓީ އޮފިސަރ

ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން:

އެޑްމިން އެންޑް ފައިނޭންސް ސެކްޝަން، ޓެކްސް އެޕީލް ޓްރައިބިއުނަލް

މުސާރަ، ޢިނާޔަތްތަކާއެކު:

- އަސާސީ މުސާރަ:  5,000/-ރުފިޔާ

- ނޮން ޕްރެކްޓިސިންގ އެލަވަންސް: 2,000/- ރުފިޔާ (އަސާސީ މުސާރައިގެ %40)

- ލިވިންގ އެލަވަންސް: 3,500/- ރުފިޔާ

- ކަނޑައެޅިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާ ދެވޭނެ

- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

ޓްރައިބިއުނަލުގެ ފައިސާއާއި ބެހޭ އެންމެހާ ލިޔެކިޔުންތައް ސަރުކާރުގެ މުދަލާއި ފައިސާ ބެލެހެއްޓުމުގެ ޤާނޫނު ތަކާއި ގަވާއިދު ތަކާއި އުޞޫލާއި އެއްގޮތަށް ތައްޔާރުކޮށް ބެލެހެއްޓުން. މިގޮތުން؛

1- ފައިސާއާބެހޭ އެންމެހާ ފޮތްތަކާއި، ފޯމެޓްތައް ތައްޔާރުކުރުން

2- ކޮންމެ މަހެއްގެ 5ގެ ކުރީން ބަޖެޓް ރިޕޯރޓާއި، ރިކޮންސިލިއޭޝަން ސްޓޭޓްމަންޓް ތައްޔާރުކޮށް ކަމާބެހޭ ފަރާތްތަކަށް ފޮނުވުން.

3- މުވައްޒަފުން ނެގުމާއި ވަކިކުރުމާއި ގުޅޭ ގޮތުން ބަޑޭރި ޕޯޓަލް އަދި ސެޕް ސިސްޓަމް ތެރެއިން ކުރަންޖެހޭ މަސައްކަތްތައް ފަރުވާތެރިކަމާއި އެކު އެއޮންނަ އުޞޫލުން ކުރިއަށް ގެންދިއުން.

4- ޕާޗޭސް އޯޑަރާއި ގުޅޭ ބިލްތައް ހަމައަށް ލިބޭތޯ ބެލުމާއި، ޓްރައިބިއުނަލުން ހޯދާ ޚިދުމަތްތަކުގެ ބިލްތަކުގެ ރަޖިސްޓްރީ ބެލެހެއްޓުމާއި، ބިލްތައް ރިޕީޓް ނުވާކަން ޔަޤީންކޮށް ބިލްތަކަށްފައިސާ ދެއްކުމަށްފަހު ބިލްތަކުގެ ރަޖިސްޓްރީ އަޕްޑޭޓްކޮށް ބެލެހެއްޓުން.

5- ޓްރައިބިއުނަލަށް  ހޯދާ ޚިދުމަތްތަކުގެ ބިލްތަކަށް ފައިސާ ދެއްކުމަށްފަހު އެ ފައިސާ ލިބެންޖެހޭ ފަރާތްތަކަށް ލިބުނުތޯ މޮނިޓަރކޮށް ބަލަމުން ގެންދިއުން.

6- ބަޖެޓް ކޮންޓްރޯލް ހެދުމާއި ބަޖެޓް ކޮންޓްރޯލްތަކާއި ގުޅިގެން ބަޖެޓަށް އަންނަ ބަދަލުތައް ދެނެގަތުމާއި، ދުވަހުން ދުވަހަށް ބަޖެޓް އައިޓަމްތައް ބާކީކޮށް އަޕްޑޭޓްކޮށް ބެލެހެއްޓުން.

7- ފިނޭންސް އިން އަންގަވާގޮތެއްގެ މަތިން ކުރީއަހަރަށް ލަފާކުރާ ޓްރައިބިއުނަލްގެ ބަޖެޓް ތައްޔާރުކުރުން، އަދި ލަފާކުރާ ބަޖެޓަށް ބޭނުންވާ މަޢުލޫމަތު ދުރާލާ ހޯދުމުގެ މަސައްކަތް ކުރުން.

8- މިނިސްޓްރީ އޮފް ފިނޭންސް އިން ވަކި މުއްދަތެއްގެ ތެރޭގައި ނިންމުމަށް އެންގޭ ބަޖެޓް އަދި ފައިސާއާ ގުޅުންހުރި ކަންކަން، ދެވޭ މުއްދަތަށް ނިންމުން.

9- ފައިނޭންޝަލް ޕްލޭން އަދި ޕްރޮކިއުމެންޓް ޕްލޭން ހެދުމަށް ބޭނުންވާ ޑާޓާއާއި މަޢުލޫމާތު ފޯރުކޮށްދިނުމާއި އެމަސައްކަތާއި ގުޅިގެން ކުރަންޖެހޭ މަސައްކަތްކުރުން.

10- އެޑްމިނިސްޓްރޭޓަރގެ މަޝްވަރާގެ މަތިން ފައިނޭންޝިއަލް ރިޕޯޓް ތައްޔާރުކޮށް އޮޑިޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވަންޖެހޭ ތާރީޚަށް ފޮނުވުމަށް ކުރަންޖެހޭ މަސައްކަތްތައްތައްކޮށް ރިޕޯޓު ފޮނުވުން.

11- ބަޖެޓުން ޚަރަދުކުރެވޭ ގޮތުގެ ކޮމްޕެރިޒަން ހެދުމާއި، ޚަރަދު ކުޑަކުރުމަށް ކުރެވިދާނޭކަންތައްތައްދެނެގަތުން. އަދި ބަޖެޓަށްލިބޭ ފައިސާ އެންމެ ރަނގަޅު ގޮތުގައި ބޭނުން ކުރެވޭކަން ޔަޤީންކުރުން.

12- ޓްރައިބިއުނަލަށް ހޯދޭ އެސެޓްތައް ގަވާއިދާއި އެއްގޮތަށް  ޕްރޮކިއުކުރުމުގައި ސެޕް ސިސްޓަމް ތެރެއިން ކުރަންޖެހޭ މަސައްކަތް ކުރުން.

13- ޓްރައިބިއުނަލްގެ އިންޓާރނަލް  ކޮންޓްރޯލް ނިޒާމް ޤާއިމްކުރުމަށް އެޑްމިނިސްޓްރޭޓަރ އަށް އެހީތެރިވެދިނުމާއި އަދި ރަނގަޅު ފައިނޭންޝަލް  ސިސްޓަމެއް ޤާއިމްކުރުމަށް  ބޭނުންވާ ޕޮލިސީއާއި  ޕޮރޮސީޖަރތައް  ލިޔުމުގައި އެޑްމިނިސްޓްރޭޓަރ އަށް އެހީތެރިވެދިނުން.

14- ޓްރައިބިއުނަލްގެ މާލީހިސާބުތައް އޮޑިޓްކުރުމުގައި އޮޑިޓަރުންނަށް ފެސިލިޓޭޓްކޮށް ދިނުމާއި، އޮޑިޓާގުޅިގެން ޓްރައިބިއުނަލުން ޖަވާބުދާރީވާން ޖެހޭ ކަންކަމުގައި ޖަވާބުދާރީ ވުމުގައި ޓްރައިބިއުނަލްގެ ކަމާބެހޭ ވެރީންނަށް އެހީތެރިވެދިނުން.

15- މުވައްޒަފުންގެ މުސާރައާއި އެހެނިހެން ޢިނާޔަތްތައް  ކަނޑައެޅިފައިވާ  ތާރީޚަށް މުވައްޒަފުންނަށް ދިނުމަށްޓަކައި ކުރަންޖެހޭ އެންމެހާ ކަންކަން ޤަވާޢިދާއި އެއްގޮތަށް ކުރިއަށް ގެންދިއުން.

16- ޓްރިބިއުނަލުންކުރާ ދަތުރުތަކުގައި ބައިވެރިވާން ޖެހިއްޖެ ކޮންމެހިނދެއްގައި ޢަމަލީގޮތުން ބައިވެރިވުން.

17- އެއްވެސް ސަބަބަކާއިނުލާ  އިންވޮއިސްއެއްގެ ޕޭމަންޓް  ވައުޗަރ ހެދުން ލަސްވެގެން  ޖުރުމާނާ ވެއްޖެނަމަ، އެކަމުގެ ޒިންމާ އުފުލުން. 

18- ފައިސާއާއި ގުޅުންހުރި އެންމެހައި ލިޔެކިއުންތައް ސްކޭންކުރުމާއި، އަދި އެސްކޭން ފައިލްތައް ބެލެއްޓުން.

19-  ފައިސާއާއި ގުޅުންހުރި އެންމެހައި ލިޔެކިއުންތައް ލިޔުމާއި ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވައި، ރައްކައުތެރިކަމާއެކު ބެލެހެއްޓުމާއި ފަސޭހައިން ފެންނާނެގޮތަށް ފައިލްކޮށް ބެލެހެއްޓުން.

20- ތިޖޫރީ ރިޕޯރޓްތައް ޤަވާޢިދުން ތައްޔާރު ކުރަމުން ގެންދޭތޯ ބެލުން.

21- ޓްރައިބިއުނަލަށް ހޯދޭ ތަކެއްޗާއި ޚިދުމަތަށް ބޭނުންވާ ފައިސާ ބަޖެޓުގައި ހިމެނިފައިވޭތޯ ކަށަވަރުކުރުން.

22- ޓްރައިބިއުނަލަށް ބަލައިގަންނަ ފައިސާ ބަލައިގަތުމާއި، އެފައިސާ ދައުލަތުގެ ރެވެނިއުގެ ގޮތުގައި ރިކޯޑް ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ކުރުން.

23- ނީލަން ކިޔޭ ތަކެއްޗާއި ނައްތާލެވޭ  ތަކެއްޗާއި ގުޅޭ ގޮތުން ފައިސާއާއި ބެހޭ ބައިން ކުރަންޖެހޭ މަސައްކަތް ކުރުން.

24- ފައިސާއާބެހޭ ކަންތައްތައް ކަމުގައި  ފައިނޭންސް އޮފިސަރަށް ފާހަގަކުރެވޭ އެހެނިހެން ކަންކަން އެޑްމިނިސްޓްރޭޓަރ އަށްމަޝްވަރާއާއެކު ކުރުން

25-  ޓްރިބިއުނަލުން ބާއްވާ އެކިއެކި ޖަލްސާތަކާއި ވޯކްޝޮޕްތަކާއި ސެމިނާރތަކަށް ތައްޔާރުވުމުގައި އެހީތެރިވެދިނުން.

26-  ރިސެޕްޝަން  ބަލެހެއްޓުން  ޙަވާލުކުރެވޭ  ވަގުތުތަކުގައި  ރިސެޕްޝަން ބެލެހެއްޓުމުގެ  ގޮތުން ކުރަންޖެހޭ  އެންމެހައި މަސައްކަތް ކުރުން.

27- އޮފީސް ހުޅުވާ ލެއްޕުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތް ކުރުން.

28- މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުގެ އިތުރުން ޓްރައިބިއުނަލުން ހިންގަންޖެހޭ ޚާއްސަ ބޮޑެތި ކަންތައްތަކާއި ޢާންމުކޮށް ދިމާނުވާ ޒާތުގެބޮޑެތި ކަންތައް ތަކުގައްޔާއި، ކުއްލިގޮތުގައި ހަވާލުކުރެވޭ އަވަސް ކަންތައްތަކުގައި އެހީތެރިވެ ދިނުމަށް މި ޓްރައިބިއުނަލްގެ ވެރިން އަންގަވާ ގޮތެއްގެ މަތިން ފަރުވާތެރިކަމާއިއެކު މަސައްކަތްކުރުން.

މަޤާމަށް ބޭނުންވާ ތަޢުލީމީ ފެންވަރާއި ތަމްރީން

(ހުނަރުވެރިކަމާއި ތަޖުރިބާއާއެކު):

- އޭ ލެވެލް ދެ މާއްދާއާއި އޯ ލެވެލް އިނގިރޭސިންނާއި އެސްއެސްސީ އިމްތިހާނުގެ ދިވެހިން ދަށްވެގެން ސީ ފާސް ލިބިފައިވުމާއެކު، އެކައުންޓިންގ ނުވަތަ ހިންގުމާ ގުޅުންހުރި ދާއިރާއަކުން ޑިޕްލޮމާ ހާސިލްކޮށްފައިވުން.

ނުވަތަ

- އޭ ލެވެލް ދެ މާއްދާއާއި އޯ ލެވެލް އިނގިރޭސިންނާއި އެސްއެސްސީ އިމްތިހާނުގެ ދިވެހިން ދަށްވެގެން ސީ ފާސް ލިބިފައިވުމާއެކު، 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން،

ނުވަތަ

- އޯ ލެވެލް އިނގިރޭސިންނާއި އެސްއެސްސީ އިމްތިހާނުގެ ދިވެއްސާއެކު، 5 މާއްދާއިން ދަށްވެގެން ސީ ފާސް ލިބިފައިވުމާއެކު، 5 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

ހުށަހަޅަން ޖެހޭ ތަކެތި:

  1. ފުރިހަމަ ކޮށްފައިވާ މި ޓްރައިބިއުނަލްގެ ވަޒީފާއަށް އެދޭ ފޯމް. (ވަޒީފާއަށްއެދޭ ފޯމް މި އިޢުލާނާއެކު ވަނީ ޕަބްލިޝް ކުރެވިފައެވެ. އަދި މި ޓްރައިބިއުނަލްގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ).
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަމްބަރާއި އީމެއިލް އެޑްރެސް އެގޭގޮތަށް).
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭގޮތަށް).
  4. ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށް ގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓާއި ޓްރާންސްކްރިޕްޓްގެ ކޮޕީ. ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ. (މިފަދަ ސެޓްފިކެޓްތަކާއި ލިޔުންތައް އެކްރެޑިޓް ކުރަން ނުޖެހޭނެ އެވެ.)
  5. ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓުތަކާއި ޓްރާންސްކްރިޕްޓުގެ ކޮޕީ، ރާއްޖެއިން ބޭރުގެ މަތީތަޢުލީމު ދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓުގެ ކޮޕީ.
  6. ތަޢުލީމާއި ތަމްރީނާގުޅޭ ސެޓްފިކެޓްތަކުގެ ކޮޕީ. (ވަޒީފާ ހަމަޖެއްސުމުގެ ކުރިން ވަޒީފާއަށް ހޮވޭ ފަރާތަކުން އެޓެސްޓްކޮށް ހުށަހަޅަންވާނެއެވެ.) 
  7. ލިބިފައިވާ ތަޖުރިބާ އަންގައިދޭ ލިޔުން. (ތަޖުރިބާ ލިބިފައިވާކަން ދަލީލުކޮށްދޭ ލިއުމުގައި އެމީހަކު އެތަނެއްގައި އަދާކުރި ނުވަތަ އަދާކުރަމުންދާ ވަޒީފާގެ މަޤާމާއި، ކުރި މައިގަނޑު މަސައްކަތްތަކާއި، ވަޒީފާ އަދާކުރި މުއްދަތާއި، އެތަނެއްގެ އިސްވެރިއެއްގެ ސޮޔާއި ތައްގަނޑު އޮންނަންވާނެއެވެ).

މި މަޤާމަށް ކުރިމަތިލައްވާ ފަރާތްތަކުގެތެރެއިން އިންޓަވިއުއަށް ގުޅާނީ، ޝަރުތުހަމަވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ.

   

                      އެޕްލިކޭޝަން ހުށަހަޅާނެގޮތް

ތާރީޚާއި ގަޑި

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ކައުންޓަރަށް

(ގ.މާގަހަ، 3 ވަނަ ފަންގިފިލާ)  ނުވަތަ،

ކަނޑައެޅިފައިވާ ސުންގަޑީގެ ކުރިން މި ޓްރައިބިއުނަލްގެ [email protected] އަށް މެއިލްކުރެއްވުން . މެއިލްކުރައްވާނީ ހުރިހާ ޑޮކިއުމެންޓެއް އެއްފައިލެއްގައި PDF ކޮށްފައެވެ. (މެއިލް ކުރެއްވުމަށްފަހު އޮފީހަށް މެއިލް ލިބުނުތޯ ޔަޤީން ކުރުމަކީ ވަޒީފާއަށް ކުރިމަތިލައްވާ ބޭފުޅުންގެ ޒިންމާއެކެވެ)

 

28 ނޮވެންބަރު 2021 ގެ 13:00 ގެ ކުރިން

 

 

 

 

 

 

މިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން މިޓްރައިބިއުނަލްގެ ނަންބަރު 3015555 ފޯނަށް ގުޅުއްވުން އެދެމެވެ.            

 

21 ނޮވެންބަރު 2021

21 ނޮވެންބަރު 2021