މަސައްކަތް
ނަންބަރު: (IUL)286-PRJ-286-2021-84
ޕަބްލިޝްކުރި ތާރީޚް: 21 ނޮވެންބަރު 2021
ޕަބްލިޝްކުރި ގަޑި: 16:16
ސުންގަޑި: 05 ޑިސެންބަރު 2021 13:00
މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނ. ކެނދިކުޅުދޫ ވޭސްޓް މެނޭޖްމެންޓް ސެންޓަރ އަޕްގުރޭޑް ކުރުމާއި ގުޅޭ

ނ. ކެނދިކުޅުދޫގައި މިވަގުތު ބޭނުންކުރަމުން އަންނަ "ވޭސްޓް މެނޭޖްމެންޓް ސެންޓަރ" އަޕްގްރޭޑް ކުރުމުގެ މަސައްކަތްތައް،  މި ކައުންސިލްއިން ދޭ  މައުލޫމާތާއި އަދި ކުރެހުމާއި އެއްގޮތައް އަމިއްލަ ތަކެތީގައި މިމަސައްކަތް އެދޭފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

މިމަސައްކަތާއި ގުޅޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމާއި، ބީލަން ހުށައެޅުމުގެ ބައްދަލުވުން ތިރީގައިވާ ތާވަލާއި އެއްގޮތަށް މިއިދާރާގައި ކުރިއަށް ދާނެއެވެ. މައުލޫމާތު ދިނުމުގެ ބައްދަލުމަށް ހާޟިރުނުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ނުދެއްވޭނެ ކަމުގައިވެސް ދަންނަވަމެވެ.

ތަފްޞީލް

ތާރީޚާއި ގަޑި

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން

28 ނޮވެމްބަރ 2021، 13:00

ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުމުގެ ބައްދަލުވުން

05 ޑިސެމްބަރ 2021، 13:00

 

 

 

މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު އޮޅުން ފިލުވުމަށް ބޭނުންފުޅުވާ ފަރާތްތަކުން ލިޔުމުން މި ކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ. މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، އީ-މެއިލް ކުރައްވާނީ 28 ނޮވެމްބަރ 2021 ވާ (އާދިއްތަ) ދުވަހުގެ  10:00ގެ ކުރިން، ތިރީގައިވާ އީ-މެއިލް އެޑްރެހަށެވެ.

[email protected]

 

ހުށަހަޅަންޖެހޭ ތަކެތި:

  • ތިރީގައިވާ މަޢުލޫމާތު ހިމެނޭގޮތަށް ހުށަހަޅާ ޕްރޮޕޯސަލް
  • މަސައްކަތް ކޮށްދިނުމަށް ހުށަހަޅާ އަގު.
  • މަސައްކަތްތައް ފުރިހަމަ ކޮށްދިނުމަށް ހޭދަވާނެ މުއްދަތު.
  • ބިޑް ހުށަހަޅަނީ އަމިއްލަ ފަރާތަކުންނަމަ އެފަރާތެއްގެ ވަނަވަރު، އަދި ކުންފުންޏަކުން ނުވަތަ އިންވެސްޓްްމަންޓަކުން ނަމަ އެފަރާތުގެ ޕްރޮފައިލާއި އެކުގައިއެވެ.
  • މަސައްކަތާއިގުޅޭ ދާއިރާއިން ލިބިފައިވާ ތަޖުރިބާއާއި ހިންގާފައިވާ މަޝްރޫޢުތަކުގެ މަޢުލޫމާތު.
  • މަސައްކަތުގައި ބައިވެރިވާ ބޭފުޅުންގެ ނުވަތަ ކުންފުނީގެ މުވައްޒަފުންގެ ވަނަވަރު.

 

އިތުރު މަޢުލޫމާތު:

  • ބިޑް ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައި، ނ. ކެނދިކުޅުދޫ ކައުންސިލްގެ އިދާރާއަށް އެޑްރެސްކޮށެވެ. ސިޓީ އުރައިގެ ބޭރުގައި ހުށަހެޅި ފަރާތުގެ މައުލޫމާތު އަދި "ނ. ކެނދިކުޅުދޫ ވޭސްޓް މެނޭޖްމެންޓް ޕްރޮޖެކްޓް" މިހެން ލިޔެ އިޢުލާނު އިޢުލާން ނަންބަރު ލިޔަންވާނެއެވެ.
  • އެކަށީގެންވާ އަދަދަށް ބިޑު ލިބިފައި ނުވާނަމަ ހުށަހަޅާފައިވާ ބިޑްތައް ބާތިލްކުރުމުގެ އިޚްތިޔާރު ނ. ކެނދިކުޅުދޫ ކައުންސިލަށް ލިބިގެން ވެއެވެ.

 

ހުށަހަޅުއްވާ ޕްރޮޕޯސަލްތަކަށް މާކްސް ދިނުމުގައި ބެލުމަށް ހަމަޖެހިފައިވަނީ:

  • އަގަށް %70 (ހަތްދިހަ އިންސައްތަ)
  • މަސައްކަތުގެ މުއްދަތަށް %20 (ވިހި އިންސައްތަ)
  • މަސައްކަތުގެ ތަޖްރިބާ އަދި ފަންނީ ޤާބިލްކަމަށް (ދިހަ އިންސައްތަ)

 

ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢްލާން ކުރީމެވެ.

21 ނޮވެމްބަރ 2021

21 ނޮވެންބަރު 2021