ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)301-PJ/301/2021/108
ޕަބްލިޝްކުރި ތާރީޚް: 21 ނޮވެންބަރު 2021
ޕަބްލިޝްކުރި ގަޑި: 13:45
ސުންގަޑި: 29 ނޮވެންބަރު 2021 13:30
މާޅޮސްމަޑުލު އުތުރުބުރީ އަނގޮޅިތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރ. އަނގޮޅިތީމު މެޖިސްޓްރޭޓް ކޯޓަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށްޓަކައި ކޯޓު ހިންގުމަށް ޢިމާރާތެއް ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

ރ. އަނގޮޅިތީމު މެޖިސްޓްރޭޓް ކޯޓަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށްޓަކައި ކޯޓު ހިންގުމަށް ޢިމާރާތެއް ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

ރ. އަނގޮޅިތީމު މެޖިސްޓްރޭޓް ކޯޓަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށްޓަކައި ކޯޓުހިންގުމަށް ޢިމާރާތެއް ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާންކުރަމެވެ.

ވީމާ، މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 22 ނޮވެމްބަރ 2021 ވާ ހޯމަ ދުވަހުން ފެށިގެން 29 ނޮވެމްބަރ 2021 ވާ ހޯމަ ދުވަހުގެ 13:30 ގެ ކުރިން [email protected] އަށް މި އިޢުލާނާއެކު ގެޒެޓް ކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލް ކުރެއްވުމުން މި މަސައްކަތު މައުލޫމާތު ފޮތް ގަންނަން ލިބޭނެއެވެ. މައުލޫމާތު ފޮތެއްގެ އަގަކީ -/500ރުފިޔާ (ފައްސަތޭކަރުފިޔާ) އެވެ. މައުލޫމާތު ދިނުމުގެ ސެޝަންއޮންނާނީ 30 ނޮވެމްބަރ 2021 ވާ އަންގާރަ ދުވަހުގެ 13:30ހުގައެވެ.   އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 12 ޑިސެމްބަރ 2021 ވާ އާދިއްތަ ދުވަހު 13:30ގައި މި އިދާރާގެ ކޮންފަރެންސް ރޫމްގައެވެ.

 

  1. 1.      އަންދާސީ ހިސާބު ހުށަހަޅަންޖެހޭގޮތާއި، އަންދާސީހިސާބާއެކު ހުށަހަޅަންޖެހޭ މަޢުލޫމާތާއި، އަންދާސީ ހިސާބު ހުށަހެޅޭނެ ފަރާތްތައް:
  2. އަންދާސީ ހިސާބު ހުށަހަޅާނީ، މަޢުލޫމާތު ޝީޓާ އެޓޭޗްކުރެވިފައިވާ އަންދާސީހިސާބު ހުށަހާ ފޯމާއި ބީއޯކިއު ފުރިހަމަ ކުރުމަށްފަހު އެ ތަކެއްޗާއެކުގައެވެ.  އަގުހުށަހަޅާ ފޯމާއި ބީއޯކިއު ފުރިހަމަނުކޮށް ހުށަހަޅާ އަންދާސީހިސާބުތައް ބަލައެއް ނުގަނެވޭނެއެވެ. ބީއޯކިއު ފުރިހަމަ ވީކަމަށް ބަލާނީ ޝަމަރީ ޝީޓް ފުރިހަމަކޮށް، އަގު ހުށަހަޅުމަށް ބީއޯކިއުގައިވާ ހުރިހާކަމަކަށް އަގުޖަހާފައިވުން ނުވަތަ ބީއޯކިއުގައިވާ ކަމަކަށް އަގުހުށަހަޅަން ބޭނުން ނުވާނަމަ އެދިމާލެއްގައި ޑޭސް ޖެހުމަށްފަހު، ބީއޯކިއު ފުރިހަމަ ކުރުމަށްފަހުގައެވެ. އަދި  ބީއޯކިއުގައިވާ މަސައްކަތްތަކުގެ ތެރެއިން ކަމަކަށް އަގުހުށަހަޅާފައި ނުވިނަމަވެސް އެމަސައްކަތަކީ ޢިމާރާތުގައި ކުރަންޖެހޭ މަސައްކަތެއް ކަމަށްވާނަމަ އެމަސައްކަތެއް މަސައްކަތް ޙަވާލުވާފަރާތުން އެއްވެސް އަގަކާނުލާ ފުރިހަމަކޮށްދޭންވާނެއެވެ.  އަދި ފުރިހަމަ ނުކޮށް ހުށަހަޅާފައިވާ އަންދާސީ ހިސާބެއް ބަލައިގަނެފައިވީނަމަވެސް އިވެލުއޭޝަން މަރުހަލާގައި އެކަން ފާހަގަކުރެވިއްޖެނަމަ އެފަދަ އަންދާސީ ހިސާބުތައް އިވެލުއޭޝަންގައި ބައިވެރިއެއް ނުކުރެވޭނެއެވެ.
  3. މި ޕްރޮޖެކްޓްގެ ޖުމްލަ އަގު ކަމަށް ބަލާނީ، އިވެލުއޭޝަންގައި އަގު ޗެކް ކުރުމުން އަންނަ އަގެވެ. (އަގު ޗެކް ކުރުމުގައި ބަލާނީ ކަލްކިއުލޭޝަން އެރައެއް ހުރިތޯއާއި، މަތީގައިވާގޮތަށް އަގު ހުށަހަޅަންޖެހޭ ބައިތަކަށް އަގު ހުށަހަޅާފައިވޭތޯއެވެ.)
  4. އަގުހުށަހަޅަންވާނީ ސައިޓް މިހާރު އޮތް ހާލަތާއި، ދީފައިވާ ކުރެހުންތަކާއި، މަޢުލޫމާތު ޝީޓާއި، އަންދާސީހިސާބު ހުށަހަޅާ ފޯމާއި، ބީ.އޯ.ކިއު ފާހަގަކޮށްފައިވާ ކަންތައްތަކަށް ރަނގަޅަށް ބެލުމަށްފަހުގައެވެ.  އެގޮތުން މަސައްކަތް ޙަވާލުވާފަރާތަކުން މުޅިމަސައްކަތް ކުރިއަށް ގެންދަންވާނީ ދީފައިވާ ކުރެހުމާއި މަޢުލޫމާތު ޝީޓާއި، ބީ.އޯ.ކިއުގައި ބަޔާންކޮށްފައިވާގޮތަށެވެ.
  5. މި މަސައްކަތައް އަންދާސީހިސާބު ހުށަހެޅޭނީ ކުންފުނި (ޕާރޓްނަރޝިޕް) ތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ، ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ (އެސްއެމްއީ) ގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ.
  6. މި މަސައްކަތް ޙަވާލު ކުރުމުގައި، މާލިއްޔަތުގެ ޤަވާޢިދުގެ 10.77 ވަނަ މާއްދާއަށް ރިޔާއަތްކޮށް، މިނިސްޓްރީ އޮފް ފިނޭންސް އިން ނެރެފައިވާ "ދައުލަތުގެ އޮފީސްތަކުން ކުރިއަށްގެންދާ ބީލަން ތަކުގައި ސަރަހައްދަށް ނިސްބަތްވާ ބީލަންވެރިންނަށް އިސްކަންދިނުމުގެ އުސޫލް" ގައިވާ ގޮތުގެމަތިން، އަމަލު ކުރެވޭނެއެވެ.
  7. އަދި މި މަސައްކަތައް އަންދާސީހިސާބު ހުށަހަޅާ ފަރާތަކީ، "ނެޝެނަލް ކޮންޓްރެކްޓަރސް ރަޖިސްޓްރީ" ގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކުގެ ތެރެއިން، މި މަސައްކަތައް އެފަރާތަކުން ހުށަހަޅާ އަގުގެ މަސައްކަތް ކުރެވޭ ކެޓަގަރީގެ ފަރާތަކަށް ވާންވާނެއެވެ. އަންދާސީހިސާބާއެކު "ނެޝެނަލް ކޮންޓްރެކްޓަރސް ރަޖިސްޓްރީ"  ގެ ކޮޕީ ހުށަހަޅަންވާނެއެވެ.
  8. އަދި އަންދާސީހިސާބު ހުށަހަޅާ ފަރާތްތައް ޖީއެސްޓީއަށް ރަޖިސްޓްރީ ކުރެވިފައިވާންވާނެއެވެ. ހުށަހަޅާ އަންދާސީހިސާބުގައި ޖީ.އެސް.ޓީ ވަކިން އެނގޭގޮތަށް ހިމަނަންވާނެއެވެ. އަންދާސީ ހިސާބާއެކު ޖީ.އެސް.ޓީއަށް ރަޖިސްޓްރީކޮށްފައިވާ ކަމުގެ ލިޔުން ހުށަހަޅަންވާނެއެވެ. ޖީއެސްޓީއަށް ރަޖިސްޓްރީ ނުކުރާ އެއްވެސް ފަރާތެއްގެ އަންދާސީ ހިސާބެއް ބަލައެއް ނުގަނެވޭނެއެވެ.
  9. މީރާއިން ދޫކުރާ ޓެކްސް ކުލިއަރެންސް ރިޕޯޓު ހުށަހަޅަންވާނެއެވެ. (ދޫކުރިފަހުން 03 މަސް ހަމަނުވާ)
  10. 2018 ވަނަ އަހަރުން ފެށިގެން ބިލްޑިންގ ކޮންސްޓްރަކްޝަންގެ ގޮތުގައި 200,000.00 (ދެލައްކަ ރުފިޔާ) އަށްވުރެ މަތީގެ މަސައްކަތް ނިންމާފައިވާކަމަށް ދައުލަތުގެ އިދާރާތަކުން ނުވަތަ ސަރުކާރު ހިއްސާވާ ކުންފުނިތަކުން ނުވަތަ ރަޖިސްޓްރީކޮށްފައިވާ ކުންފުނިތަކުން ދީފައިވާ ލިޔުން މަސައްކަތުގެ ތަޖުރިބާގެ ލިއުމުގެ ގޮތުގައި ހުށަހެޅޭނެއެވެ. ތަޖުރިބާއަށް ޕޮއިންޓް ދިނުމުގައި ބެލޭނީ ހަމައެކަނި މިފަދަ ލިޔުންތަކަށެވެ. (އެގްރިމެންޓްތަކާއި، މަސައްކަތް ލިބުނުކަމާއި، މަސައްކަތް ޙަވާލުކުރިކަމުގެ ލިއުމާއި، ޕީއޯތައް މަސައްކަތުގެ ތަޖުރިބާގެ ގޮތުގައި ބަލައެއް ނުގަނެވޭނެއެވެ.) ތަޖުރިބާގެ ގޮތުގައި ހުށަހަޅާ ލިއުމުގައި މަސައްކަތުގެ އަގާއި، މަސައްކަތް ނިންމިތާރީޚް އެންގެން ނެތް ލިއުންތައް ތަޖްރިބާގެ ލިއުމުގެ ގޮތުގައި ނުހިމެނޭނެއެވެ.
  11. މަސައްކަތަށް ބޭނުންވާ ފައިނޭންސް، އަދި މުދާ ލިބެން ހުރިކަމުގެ ލިޔުންތައް ހުށަހަޅަންވާނެއެވެ. (ބިޑް ހުޅުވާ ތާރީޚުން ފެށިގެން 15 (ފަނަރަ) ދުވަހަށްވުރެ ގިނަ ދުވަސްނުވާ، ބިޑް ހުށަހަޅާ ފަރާތުގެ ބޭންކް ސްޓޭޓްމަންޓް، އަދި ކްރެޓިޑް ފެސިލިޓީސް ލިބެން ހުރިކަމުގެ މުއްދަތު ހަމަ ނުވާ ލިޔުން) ހުށަހަޅާ ބޭންކް ސްޓޭޓްމަންޓްގައި، ބިޑް ހުށަހަޅާ ތާރީޚުން ފެށިގެން 03 މަސްދުވަހުގެ ތެރޭގައި ކުންފުނީގެ އެކައުންޓަށް ޖަމާކޮށްފައިވާ ފައިސާއާއި، ސްޓޭޓްމަންޓް ނެގިއިރު އެކައުންޓްގައި ހުރި ފާއިސާގެ އަދަދު އެންގެ އޮންނަންވާނެއެވެ.
  12. ބިޑް ހުށަހަޅާ ފަރާތުގެ ޕްރޮފައިލް ހުށަހަޅަންވާނެއެވެ.  (ޕްރޮފައިލްގައި ކުންފުނީގެ ނަމާއި، ރަޖިސްޓްރީ ނަންބަރާއި، ހިއްސާދާރުންގެ ނަންތަކާއި، ކުންފުނީގެ ފޯނު ނަންބަރާ، އީމެއިލް އެޑްރެސް ހިމެނިފައި ހުންނަންވާނެއެވެ.)
  13. ކުންފުނިން ކޮށްފައިވާ މަސައްކަތްތަކާއި، މިހާރު ކުރަމުންދާ މަސައްކަތްތަކުގެ މަޢުލޫމާތު، ހުށަހަޅަންވާނެއެވެ. އަދި އެއްވެސް މަސައްކަތެއް ނުކުރާނަމަ އެކަން އެނގޭގޮތަށް ހުށަހަޅަންވާނެއެވެ.

 

  1. 2.      ތިރީގައިވާ ތަކެތި ހުށަހަޅާފައި ނުވާ އަންދާސީހިސާބުތައް ބަލައެއް ނުގަނެވޭނެއެވެ. މި ލިޔުންތައް ހަމަނުވާ އަންދާސީހިސާބެއް ބަލައިގަނެވިފައިވާކަން، އިވެލިއޭޝަން މަރުހަލާގައި ފާހަގަ ކުރެވިއްޖެނަމަ، އެފަދަ އަންދާސީހިސާބުތައް ބާޠިލް ކުރެވޭނެއެވެ.
  2. އަންދާސީހިސާބު ހުށަހަޅާފޯމް:
  3. ފުރިހަމަ ކޮށްފައިވާ ބީ.އޯ.ކިއު:
  4. ކުންފުނި/ޕާޓްނަރޝިޕް/އަމިއްލަފަރުދުންގެ ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ:
  5. "ނެޝެނަލް ކޮންޓްރެކްޓަރސް ރަޖިސްޓްރީ" (މި މައުލޫމާތު ޝީޓްގައިވާ މަސައްކަތް ކުރެވޭ ކެޓަގަރީގެ ފަރާތަކަށް ވާންވާނެއެވެ.)
  6. އެސް.އެމް.އީ ރަޖިސްޓްރީގެ ކޮޕީ: (ކުދި އަދި މެދުފަންތީގެ ވިޔަފާރު ރަޖިސްޓްރީ)
  7. ޖީ.އެސް.ޓީ ރަޖިސްޓްރީގެ ކޮޕީ:
  8. ކުންފުނި/ޕާޓްނަރޝިޕް/އަމިއްލަފަރުދުންގެ ވިޔަފާރި، ރަޖިސްޓްރީކުރެވިފައިވާ ވިޔަފާރީގެ މަޤްސަދުތައް އެނގޭނެ ރަސްމީ ލިޔުމެއް: (މަގުޞަދުގެ ތެރޭގައި ޢިމާރާތް ކުރުމުގެ މަސައްކަތް ހިމެނިފައިވާ އޮންނަންވާނެއެވެ.)
  9. ބިޑް ސެކިއުރިޓީ:
  10. މީރާއިން ދޫކުރާ ޓެކްސް ކުލިއަރެންސް ރިޕޯޓު (ދޫކުރިފަހުން 03 މަސް ހަމަނުވާ)
  11. ބިޑް ހުށަހަޅާ ފަރާތުގެ ބޭންކް ސްޓޭޓްމަންޓް.

 

  1. 3.      މަސައްކަތް ޙަވާލުކުރާނެ ފަރާތެއް ހޮވުމުގައި ޕޮއިންޓް ދޭނެ އުޞޫލް އަދި ހުށަހެޅޭ އަންދާސީހިސާބުތައް އިވެލުއޭޓްކޮށް މަސައްކަތް ޙަވާލުކުރުން.

 

އަގަށް

މުއްދަތައް

ތަޖުރިބާއަށް

ފައިނޭންސަށް

60 މާކްސް

15 މާކްސް

10 މާކްސް

15 މާކްސް

 

 

  1. އަގަށް މާކްސް ދޭނެގޮތް

-          އެންމެ ކުޑަ އަގު ހުށަހާފައިވާ ފަރާތަކަށް 60 މާކްސް، ދެންހުރިއަގުތަށް މާކްސް ލިބޭނީ އެންމެ ދަށްއަގު ހުށަހެޅި ފަރާތުގެ ރޭޝިއޯއިންނެވެ.

 

 

  1. މުއްދަތަށް މާކްސް ދޭނެގޮތް

-          އެންމެ ކުރު މުއްދަތެއް ހުށަހަޅާފައިވާ ފަރާތަކަށް 15 މާކްސް، ދެން ހުރި މުއްދަތަށް މާކްސް ލިބޭނީ އެންމެ ކުރު މުއްދަތު ހުށަހެޅި ފަރާތުގެ ރޭޝިއޯއިންނެވެ.

 

  1. ތަޖުރީބާއަށް މާކްސް ދޭނެގޮތް:

-          ތަޖުރިބާގެ ލިޔުން ކަމުގައި ބަލާނީ 2018 ވަނަ އަހަރުން ފެށިގެން ބިލްޑިންގ ކޮންސްޓްރަކްޝަންގެ ގޮތުގައި 200,000.00 (ދެލައްކަ ރުފިޔާ) އަށްވުރެ މަތީގެ މަސައްކަތް ނިންމާފައިވާކަމަށް ދައުލަތުގެ އިދާރާތަކުން ނުވަތަ ސަރުކާރު ހިއްސާވާ ކުންފުނިތަކުން ނުވަތަ ރަޖިސްޓްރީކޮށްފައިވާ ކުންފުނިތަކުން ދީފައިވާ ލިޔުތަކަށް ތިރީގައިވާ ގޮތުގެ މަތިންނެވެ. 200,000.00 (ދެލައްކަ ރުފިޔާ) އަށްވުރެ ދަށުގެ ލިޔުންތަކަށް މާކްސްއެއް ނުލިބޭނެއެވެ.

ތަފްސީލް

ލިބޭ މާކްސް

ގިނަވެގެން މާކްސް ލިބޭނެވަރު

200,000.00 ރުފިޔާއިން ފެށިގެން 499,999.00 ރުފިޔާ އާއި ދެމެދުގެ މަސައްކަތް ކޮށްފައިވާ ކޮންމެ ލިޔުމަކަށް.

2

ތަޖުރިބާގެ ބައިން އެންމެ ގިނަވެގެން ލިބޭނީ 10 މާކްސް އެވެ.

500,000.00 ރުފިޔާއިން ފެށިގެން 999,999.00 ރުފިޔާ އާއި ދެމެދުގެ މަސައްކަތް ކޮށްފައިވާ ކޮންމެ ލިޔުމަކަށް.

2.5

1,000,000.00 ރުފިޔާއިން މަތީގެ ކޮންމެ ލިޔުމަކަށް.

5

 

 

  1. ފައިނޭންސްއަށް މާކްސް ދޭނެގޮތް:

ތަފްސީލް

ލިބޭ މާކްސް

ގިނަވެގެން މާކްސް ލިބޭނެވަރު

ހުށަހަޅާފައިވާ ބޭންކް ސްޓޭޓްމަންޓަށް ބަލާއިރު، ހުށަހަޅާފައިވާ އަގަށްވުރެ 2/1 ފައިނޭންސް ލިބެންހުރި ކަމަށް ސްޓޭޓްމަންޓުން ދައްކާނަމަ.

5

ފައިނޭންސްއަށް އެންމެ ގިނަވެގެން ލިބޭނީ 15 މާކްސް އެވެ.

ހުށަހަޅާފައިވާ ކްރެޑިޓް ފެސިލިޓީސްއަށް ބަލާއިރު، ހުށަހަޅާފައިވާ އަގަށްވުރެ 2/1 ކްރެޑިޓް ފެސިލިޓީސް ލިބެންހުރި ކަމަށް ދައްކާނަމަ.

5

ހުށަހަޅާފައިވާ ބޭންކް ސްޓޭޓްމަންޓަށް ބަލާއިރު، ހުށަހަޅާފައިވާ އަގާއެއްވަރު ނުވަތަ އެއަށްވުރެ ގިނައިން ފައިނޭންސް ލިބެންހުރި ކަމަށް ސްޓޭޓްމަންޓުން ދައްކާނަމަ / ނުވަތަ މިއަދަދަށް ކްރެޑިޓްޑް ފެސިލިޓީސް ލިބެން ހުރިކަމަށް ދައްކާނަމަ.

15

 

މިކަމަށް އެދި ހުށަހަޅާ އަންދާސީ ހިސާބުތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަދި އަންދާސީ ހިސާބު ހުށަހަޅާނީ އެކަމަށް ތައްޔާރުކުރެވިފައިވާ ފޯމުގައެވެ. މުއްދަތު ހަމަވުމަށްފަހު ހުށަހަޅާ ފޯމާއި، ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުން ހުށަހަޅާ ފޯމު ޤަބޫލުނުކުރެވޭނެ ވާހަކަ ދަންނަވަމެވެ.

އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ، ވެރިފަރާތުގެ ސިޓީއެއް އަދި ބަދަލުގައި ވަޑައިގަންނަވާ ފަރާތުގެ އައި.ޑީ ކާޑު ހުށަހަޅަންވާނެއެވެ. މިކަމަށް އެދި ހުށަހަޅާ އަންދާސީ ހިސާބުތައް ކެނޑުމަށް ހަމަޖެހިފައިވަނީ އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ.

މި އިޢުލާނާ ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ 29 ނޮވެމްބަރ 2021 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00 ގެ ކުރިން [email protected] އަށް އަށް މެއިލް ކޮށްދެއްވުން އެދެމެވެ.

          ވީމާ، މިކަން  އާއްމުކޮށް އެންގުމަށްޓަކައި  އިޢުލާން ކުރީމެވެ.               

21 ނޮވެންބަރު 2021