މަސައްކަތް
ނަންބަރު: (IUL)141-YD/141/2021/283
ޕަބްލިޝްކުރި ތާރީޚް: 21 ނޮވެންބަރު 2021
ޕަބްލިޝްކުރި ގަޑި: 13:35
ސުންގަޑި: 30 ނޮވެންބަރު 2021 13:00
މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް
ދިވެހިރާއްޖެ
ވީކެންޑް އުފާ ޝޯވ ރާވާ ހިންގާނެ ފަރާތެއް ހޯދުން

                             އިޢުލާން

ވީކެންޑް އުފާ ޝޯވ ރާވާ ހިންގާނެ ފަރާތެއް ހޯދުން

ކޮންމެ ހަފުތާއަކު  އެއްފަހަރު  ޒުވާނުންނަށް އަމާޒުކޮށްގެން ބާއްވާ " ވީކެންޑް އުފާ" ޝޯވް ރާވާ ހިންގާދޭނެ ފަރާތެއް ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެ ލައްވާފަރާތްތަކުން މިދަންނަވާ ކަންތައްތައް ހިމެނޭގޮތަށް ޕްރޮޕޯސަލް ހުށައެޅުއްވުން އެދެމެވެ. މަސައްކަތް ޙަވާލުކުރެވޭނީ އެންމެ ރަނގަޅު ޕްރޮޕޯސަލް އެއް ހުށަހަޅާ ފަރާތަކަށެވެ. މިކަމަށް ހޮވޭ ފަރާތަކާއެކު އެގްރީމެންޓް ކުރެވޭނެ މުއްދަތަކީ 1 ޑިސެންބަރ 2021 ން 31 ޑިސެންބަރ 2022 އަށެވެ. ޝޯވ ބާއްވާނެތަނާއި، ސްޓޭޖް އަދި ސައުންޑާއި ލައިޓިންގ ހަމަޖައްސައިދޭނީ މި މިނިސްޓްރީންނެވެ.

ޕްރޮޕޯސަލްގައި ހުންނަންވާނެ ކަންތައްތަކާއި ޕޮއިންޓް ދެވޭނެ އުޞޫލު

-  މިއުޒިކް ކުޅޭނެ ބޭންޑްތައް ހޯދުމާއި ހަމަޖެއްސުން  

-  ޝޯވް ލައިވްކުރާނެގޮތުގެ މަޢުލޫމާތު ހިމެނުން     

-  ޝޯވ ބޭއްވުމަށް ފައިސާހޯދާނެގޮތުގެ ތަފްސީލު    

-  ޝޯވގެ ބައިވެރިންނަށް ރިފްރެޝްމެންޓް ތައްޔާރުކޮށްދިނުން (30މީހުންނަށް) %20

-  ޝޯވ މާކެޓްކޮށް އިޝްތިހާރުކުރާނެގޮތުގެ މަޢުލޫމާތު

މާކްސް ދެވޭނެ ގޮތް:

ހުށަހަޅާފައިވާ ޕްރޮޕޯސަލަށް

60%

ތަޖުރިބާ ( ވޭތުވެދިޔަ 5 އަހަރު ތެރޭގައި މިބާވަތުގެ މަސައްކަތް މުއްދަތަށް ކޮށްފައި ވާކަމަށް)

25%

ކުންފުނީގެ ސީ.އެސް.އާރގެ ދަށުން މި ޕްރޮގްރާމް ކުރިއެރުވުމަށް އިތުރަށް ކޮށްދެވޭނެ ކަންތައްތަކަށް

10%

ޕްރޮފައިލް ( ތަޢާރަފަށް)

3%

މަޤުޞަދަށް

2%

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2021 ނޮވެންބަރ މަހުގެ 30 ވާ އަންގާރަ ދުވަހުގެ 13:00 އަށް މި މިނިސްޓްރީއަށް ( ވެލާނާގޭގެ 3 ވަނަ ފަންގިފިލާއަށް) ވަޑައިގެން ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ.

21 ނޮވެންބަރު 2021