މަސައްކަތް
ނަންބަރު: (IUL)233-CA/233/2021/24
ޕަބްލިޝްކުރި ތާރީޚް: 21 ނޮވެންބަރު 2021
ޕަބްލިޝްކުރި ގަޑި: 11:25
ސުންގަޑި:
30 ނޮވެންބަރު 2021 13:30
އަރިއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އއ.އަތޮޅު ކައުންސިލް އިދާރާ އާއި އަތޮޅުގޭގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން
- މި އިދާރާ އާއި އަތޮޅުގޭގެ ސެކިއުރިޓީ، 2021 ޑިސެމްބަރ 11 ވަނަ ދުވަހުން ފެށިގެން، އެއް އަހަރު ދުވަހުގެ މުއްދަތަށް، އައުޓްސޯސްކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ އެވެ.
- މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުމަށް ޝައުޤްވެރިވާ ފަރާތްތަކުން، 2021 ނޮވެމްބަރ 21 ވަނަ ދުވަހުން ފެށިގެން 2021 ނޮވެމްބަރ 25 ވަނަ ދުވަހުގެ ނިޔަލަށް، ރަސްމީ ދުވަސްތަކުގެ ހެނދުނު 8:30 އިން 14:00އާ ދެމެދު، 6660606 ނަންބަރު ފޯނާ ގުޅުއްވައި ނަންނޯޓް ކުރެއްވުން އެދެމެވެ.
- މަސައްކަތުގެ މަޢުލޫމާތު ކަރުދާސް، ނަންނޯޓްކުރައްވާ ފަރާތްތަކަށް ލިބިލައްވާނެ އެވެ. މަސައްކަތާ ގުޅޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބޭނުންވެލައްވާ ފަރާތްތަކުން، 6660606 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.
- މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅޭނެ އެންމެފަހު ތާރީޚަކީ، 2021 ނޮވެމްބަރ 30 ވަނަ ދުވަހުގެ 13:30 އެވެ. މީގެފަހުން ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައެއްނުގަނެވޭނެ އެވެ.
- އަންދާސީ ހިސާބު ހުށަހަޅުއްވާނީ، މި އިދާރާއަށެވެ. އަންދާސީ ހިސާބުތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގަ އެވެ. ސިޓީއުރައިގެ ބޭރުގައި، މަސައްކަތަށް ދެވިފައިވާ ނަމާއި، އަންދާސީ ހިސާބު ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެ އެވެ.
- އަންދާސީ ހިސާބު ހުޅުވުން އޮންނާނީ، 2020 ނޮވެމްބަރ 30 ވަނަ ދުވަހުގެ 13:35 ގައި މި އިދާރާގެ ޖަލްސާކުރާ މާލަމުގަ އެވެ.
- އަންދާސީ ހިސާބުތައް އިވެލުއޭޓްކޮށް ޕޮއިންޓްދިނުމަށް ކަނޑައެޅިފައިވާގޮތް، މަސައްކަތުގެ މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެ އެވެ.
21 ނޮވެންބަރު 2021