ވަޒީފާގެ ފުރުޞަތު
ނަންބަރު: IUMH-AD/I/2021/40
ޕަބްލިޝްކުރި ތާރީޚް: 21 ނޮވެންބަރު 2021
ޕަބްލިޝްކުރި ގަޑި: 10:55
ސުންގަޑި: 28 ނޮވެންބަރު 2021 14:00
އައި.ޔޫ.އެމް. ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް، އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
އައި.ޔޫ.އެމް ލާރނިންގ ސެންޓަރުތަކަށް 2021 ވަނަ އަހަރުގެ ދެވަނަ ސެމެސްޓަރގެ އިމްތިޙާން ބެލެހެއްޓުމަށް އިންވިޖިލޭޓަރުން ހޯދުން

އިޢުލާން

އައި.ޔޫ.އެމް ލާރނިންގ ސެންޓަރުތަކަށް 2021 ވަނަ އަހަރުގެ ދެވަނަ ސެމެސްޓަރގެ އިމްތިޙާން ބެލެހެއްޓުމަށް އިންވިޖިލޭޓަރުން ހޯދުމަށް

އައި.ޔޫ.އެމް ލާރނިންގ ސެންޓަރުތަކަށް 2021 ވަނަ އަހަރުގެ ދެވަނަ ސެމިސްޓަރގެ އިމްތިޙާން ބެލެހެއްޓުމަށްޓަކައި އިންވިޖިލޭޓަރުންގެ ގޮތުގައި މަސައްކަތް ކޮށްދޭނެ މީހުން ހޯދުމަށް ބޭނުންވެއެވެ.

ބޭނުންވާ ޢަދަދު:

އައި.ޔޫ.އެމް ހއ.ހދ ލަރނިންގ ސެންޓަރ (ހދ.ހަނިމާދޫ) - 5

އައި.ޔޫ.އެމް ފާދިއްޕޮޅު ލަރނިންގ ސެންޓަރ (ޅ.ނައިފަރު) – 3

އައި.ޔޫ.އެމް ހައްދުންމަތި ލަރނިންގ ސެންޓަރ (ލ.ފޮނަދޫ) – 3

އައި.ޔޫ.އެމް ފުވައްމުލައް ސިޓީ ލަރނިންގ ސެންޓަރ – 8

އައި.ޔޫ.އެމް އައްޑޫ ސިޓީ ލަރނިންގ ސެންޓަރ (ސ.މީދޫ) – 5

މުސާރަ:

ކޮންމެ ސެޝަނަކަށް -/300 ރުފިޔާ

އިމްތިހާނު އޮންނަ ގަޑިތައް

  • ހެނދުނު 9:00 ން 12:00 އަށް
  • މެންދުރު 14:00 ން 16:00 އަށް

ޝަރުތު:

  • އުމުރުން 18 އަހަރު ފުރިފައިވާ މީހެއް ކަމުގައިވުން.
  • އިންވިޖިލޭޓަރެއްގެ މަސްއޫލިއްޔަތު ރަނގަޅަށް އެނގިފައިވާ މީހެއް ކަމުގައިވުން.
  • އިންވިޖިލޭޓްކުރާ ފަރާތަކީ އެއަހަރެއްގެ އިމްތިހާނުގައި ބައިވެރިވާ ކެންޑިޑޭޓެއްގެ މަންމަ، ބައްޕަ، އަނބިމީހާ، ފިރިމީހާ، އެއްބަނޑު އެއްބަފާ މީހެއް، ދަރިއެއް، ބަލަދުވެރިކަމުގެ ދަށުގައި ހުންނަ މީހެއް ނުވަތަ އިމްތިހާނަށް ދަރިވަރު ތައްޔާރުކޮށްދޭ މީހެއް ކަމުގައި ނުވުން.

ހުށަހަޅަންޖެހޭ ތަކެތި:

  • އިންވިޖިލޭޓަރުންގެ މަޤާމަށް އެދި ހުށަހަޅާފޯމް. (މި ފޯމް އިޢުލާނާއި އެއްހީރާސް ކުރެވިފައިވާނެއެވެ. އަދި އައި.ޔޫ.އެމް ލަރނިންގ ސެންޓަރުތަކުން ލިބެން ހުންނާނެއެވެ. ފޯމްދޫކުރުމަށް ހަމަޖެހިފައިވަނީ ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން 13:00 އަށެވެ). އީމެއިލް މެދުވެރިކޮށް ހުށަހަޅަން ބޭނުންވާކަމުގައިވަނީނަމަ [email protected] އަށް ފޮނުއްވުން އެދެމެވެ.
  • ވަނަވަރު (ސީވީ).
  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ސާފުކޮޕީ.
  • ލިބިފައިވާ އެންމެމަތީ ތަޢުލީމް ސެޓްފިކެޓްގެ އަސްލާ އެއްގޮތްކަމުގެ ތައްގަނޑުޖެހި ކޮޕީ.
  • އެކައުންޓް ނަންބަރު ވެރިފައިކުރާ ސްލިޕް.

ސުންގަޑި

 

  • ނޯޓް: އިޢުލާންގެ މުއްދަތުގެ ފަހުންވެސް އިންވިޖިލޭޓަރުންގެ ޢަދަދު ހަމަނުވާނަމަ، އިތުރަށް އެފުރުޞަތު ދެވޭނެ ވާހަކަ ދަންނަވަމެވެ.
  • ފުރިހަމަކޮށްފައިވާ އިންވިޖިލޭޓަރުންގެ ފޯމާއި ހުށަހަޅަންޖެހޭ ލިޔެކިޔުންތައް 28 ނޮވެމްބަރ 2021ވާ އާދިއްތަ ދުވަހުގެ 14:00 ކުރީން އީމެއިލުން [email protected] އަށް ނުވަތަ އައި.ޔޫ.އެމް ލާރނިންގ ސެންޓަރަށް ހުށަހެޅުމަށް އެދެމެވެ.
  • އިތުރު މައުލޫމާތު ސާފުކުރުމަށް 3001885 /3001523 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.

 

21 ނޮވެންބަރު 2021