ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)438-ENV/438/2021/321
ޕަބްލިޝްކުރި ތާރީޚް: 21 ނޮވެންބަރު 2021
ޕަބްލިޝްކުރި ގަޑި: 10:12
ސުންގަޑި: 30 ނޮވެންބަރު 2021 11:00
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ
ދިވެހިރާއްޖެ
'މިނަމާޓާ ކޮންވެންޝަން އޮން މަރކިއުރީ' އަށް އަހުލުވެރިކޮށްދޭ ކޮމިއުނިކޭޝަން މެޓީރިއަލް ނުވަތަ މަލްޓިމީޑިއާ ތައްޔާރުކޮށްދޭން ފަރާތެއް ހޯދުމަށް އިއުލާނުކުރުން

'މިނަމާޓާ ކޮންވެންޝަން އޮން މަރކިއުރީ' އަށް އަހުލުވެރިކޮށްދޭ ކޮމިއުނިކޭޝަން މެޓީރިއަލް ނުވަތަ މަލްޓިމީޑިއާ ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކޮށްފައިވާ (IUL)438-ENV/438/2021/243 (13ސެޕްޓެންބަރު 2021) އެކަށީގެންވާ ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައިނުވާތީވެ، އަލުން މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

'މިނަމާޓާ ކޮންވެންޝަން އޮން މަރކިއުރީ' އަށް އަހުލުވެރިކޮށްދޭ ކޮމިއުނިކޭޝަން މެޓީރިއަލް ނުވަތަ މަލްޓިމީޑިއާ ތައްޔާރުކޮށްދިނުމުގެ މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކަށް ނުވަތަ ކުންފުނިތަކަށް ބީލަން ހުށަހެޅުމުގެ ދައުވަތު އަރުވަމެވެ. މި މަސައްކަތުގެ ޓަރމްސް އޮފް ރިފަރެންސް މި އިޢުލާނާއެކު ޑައުންލޯޑް ކުރެވޭގޮތަށް އެއްއުރަކޮށްފައި ހުންނާނެއެވެ. އަދި މި މިނިސްޓްރީގެ ވެބްސައިޓް  www.environment.gov.mv  އިން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.

 

ބީލަން ވެލިޑިޓީ އަދި ބީލަން ހުޅުވުން

ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން، އީމެއިލް-އެޑްރެސް އަދިގުޅޭނެ ފޯނު ނަންބަރު، ސިޓީ އުރައިގެ ބޭރުގައި ލިޔެވިފައި އޮންނަންވާނެއެވެ. ބީލަމުގެ ވެލިޑިޓީގެ ގޮތުގައި ބިޑް ހުށަހަޅާ ތާރީޚުން ފެށިގެން 90 ދުވަސް އޮންނަންވާނެއެވެ.

ބީލަން ހުށަހަޅާނީ 30 ނޮވެމްބަރ 2021 ގެ 11:00 ގެ ކުރިން މިނިސްޓްރީގެ ރިސެޕްޝަނަށެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަން ހުޅުވުމަށް ހަމަޖެހިފައި ވަނީ 30 ނޮވެމްބަރ 2021 ގެ 11:00 ގައި، މި މަސައްކަތަށް ބިޑު ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން އެވަގުތުގައި ހާޒިރުވެ ތިބި ބީލަންވެރިން ނުވަތަ ބީލަންވެރިންގެ ބަދަލުގައި އެ ފަރާތަކުން ކަނޑައަޅާ ފަރާތްތަކުގެ ހާޒިރުގައެވެ.

 

އިތުރު މަޢުލޫމާތު ސާފުކުރުން

މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، އީ-މެއިލް ކުރައްވާނީ 25 ނޮވެމްބަރ 2021 ގެ 10:00 ގެ ކުރިން، ތިރީގައިވާ އީ-މެއިލް އެޑްރެހަށެވެ. އީމެއިލްކުރައްވާއިރު ސަބްޖެކްޓްގައި އިޢުލާނު ނަންބަރާއި ބީލަމުގެ ނަން ލިޔަންވާނެއެވެ.

އީމެއިލް އެޑްރެސް: [email protected]

 

 

އަންދާސީ ހިސާބު ހުށަހަޅުއްވަން ވާނީ އީމެއިލް އެޑްރެހަށް ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.

 

ޕްރޮކިއުމަންޓް ސެކްޝަން،

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ،

ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ.

އީމެއިލް:  [email protected]

ވެބްސައިޓް: www.environment.gov.mv

މިނަމާޓާ ކޮންވެންޝަން އޮން މަރކިއުރީ އަށް އަހުލުވެރިކޮށްދޭ ކޮމިއުނިކޭޝަން މެޓީރިއަލް ނުވަތަ މަލްޓިމީޑިއާ ތައްޔާރުކުރުމާއި ގުޅޭ

އިޢުލާނު ނަންބަރު: (IUL)438-ENV/438/2021/321

 

ހުށަހެޅީ؛

(ބީލަން ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް)

(ބީލަން ހުށަހަޅާ ފަރާތައް ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް)

 

ނޯޓް: މަޢުލޫމާތު ފުރިހަމަނޫން ބިޑުތައް ބާތިލުކުރުމުގެ ފުރިހަމަ އިޚްތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އަށް ލިބިގެންވެއެވެ. އަދި ބިޑު ކޮންމެ ވަގުތެއްގައިވެސް ބާތިލުކުރުމުގެ އިޚްތިޔާރު މިނިސްޓްރީ އަށް ލިބިގެންވެއެވެ.

21 ނޮވެންބަރު 2021