ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)346/346/2021/47
ޕަބްލިޝްކުރި ތާރީޚް: 18 ނޮވެންބަރު 2021
ޕަބްލިޝްކުރި ގަޑި: 09:47
ސުންގަޑި: 12 ޑިސެންބަރު 2021 13:00
އަރިއަތޮޅު އުތުރުބުރީ ހިމަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމާއި

އިޢުލާން

އއ.ހިމަންދޫއިން ދިރިއުޅުމަށްޓަކައި ބަންޑާރަގޯތި ދޫކުރުމާބެހޭ

 

 

 

 

ބޯހިޔާވަހިކަން ހޯދައިދީ ގެދޮރުވެރިކުރުވުމަށް ކައުންސިލުން ހިންގާ މަޝްރޫޢުގެ ދަށުން މީހުން ދިރިއުޅުމަށްޓަކައި، އއ.ހިމަންދޫ އިން ބަންޑާރަ ގޯތި ބޭނުންވާ ފަރާތްތަކަށް  1600 އަކަފޫޓުގެ 08 ބަންޑާރަގޯތި ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.

ވީމާ ދިރިއުޅުމަށް ބަންޑާރަ ގޯތި ބޭނުންވާ، ފަރާތްތަކުން، މި އިދާރާއިން ދޫކުރާ ފޯމު ނަންގަވައި ފުރިހަމަކުރެއްވުމަށްފަހު 12 ޑިސެމްބަރ 2021 ވާ އާދިއްތަ ދުވަހުގެ 13:00 ގެ ކުރިން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ގޯއްޗަށް އެދި ހުށަހަޅާ ފޯމު ކައުންސިލް އިދާރާގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.  އަދި މި ފޯމް ރަސްމީ ގަޑިތަކުގައި ކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެއެވެ. ޝަރުތު ހަމަނުވާ ފަރާތްތަކުން ހުށަހަޅާ ފޯމް ތަކާއި، މަޢުލޫމާތު ފުރިހަމަނުވާ ފޯމުތަކާއި، ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް ހަމަނުވާ ފޯމުތައް ބާޠިލްކުރެވޭނެ ވާހަކަ ވެސް ދަންނަވަމެވެ.

މި އިޢުލާނާއިއެކު ގޯތި ދޫކުރާ ކޮމެޓީން ފާސްކޮށްފައިވާ މާކުސްދޭ ގޮތުގެ އުޞޫލާއި، ފޯމް ފުރާނޭގޮތާއި، ދިރިއުޅުމައްޓަކައި ބަންޑާރަ ގޯތި ދޫކުރުމާއި ގުޅޭގޮތުން ހިމަންދޫ ކައުންސިލުން ފާސްކޮށްފައިވާ ގައިޑްލައިނާއި، ގޯތި ދޫކުރުމަށް ކަނޑައެޅިފައިވާ ސަހަރައްދުތަކުގެ ޗާޓް ޢާންމުކޮށް އިޢުލާން ކުރީމެވެ. މި އިޢުލާނާއި އެކު ޢާންމު ކުރެވިފައިވާ މާކުސް ދޭނެ ގޮތުގެ އުސޫލަށް ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކުން 25 ނޮވެމްބަރ 2021 ވާ ( ބުރާސްފަތި ) ދުވަހުގެ 13:00 ގެ ކުރިން ސިޓީއަކުން މިކައުންސިލަށް ހުށަހެޅުމަށް ދަންނަވަމެވެ. 

18 ނޮވެންބަރު 2021