ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)RDC/RDC/2021/157
ޕަބްލިޝްކުރި ތާރީޚް: 18 ނޮވެންބަރު 2021
ޕަބްލިޝްކުރި ގަޑި: 22:36
ސުންގަޑި: 02 ޑިސެންބަރު 2021 11:00
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
Fabrication and Supply of Curbstone moulds for Major Roads Project

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް

މާލެ، ދިވެހިރާއްޖެ

                                                          ނަމްބަރު :IUL)RDC/RDC/2021/157)   

  

ރޯޑް ޑިވެލޮޕްމެންޓް ކޯޕޮރޭޝަންގެ ބޭނުމަށް ކާރބްސްޓޯން މޯލްޑް ގަތުމަށް ޕްރޮޕޯސަލް / ކޯޓޭޝަން ހޯދުން

 

ރޯޑް ޑިވެލޮޕްމެންޓް ކޯޕޮރޭޝަންގެ ބޭނުމަށް ކާރބްސްޓޯން މޯލްޑް ގަތުމަށް ބޭނުންވެއެވެ. އިތުރު ތަފްސީލް އެއްކަރުދާސް ކުރެވިފައިވާނެއެވެ.

  • މިކަމާއި ގުޅިގެން މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިޔަށް ގެންދެވޭނެއެވެ. ސެޝަން ގައި ބައިވެރިވެވަޑައިގަންނަވަން ބޭނުންފުޅުވާ ފަރާތް ތަކުން 25 ނޮވެމްބަރ 2021 (ބުރާސްފަތި) ދުވަހުގެ  11:00 އަށް މި ކޯޕަރޭޝަންގެ މައި އޮފީހަށް ވަޑައިގަންނަވަންވާނެއެވެ.

-          ސުންގަޑީގެ ފަހުން ވަޑައިގަންނަވާ ފަރާތްތަށް ސެޝަންގައި ބައިވެރި ނުވެވޭނެ ވާހަކަ ދަންނަވަމެވެ.

-          ޕްރީބިޑް ސެޝަންގައި ބައިވެރިނުވެވޭ ފަރާތް ތަކަށް ވެސް، ބިޑް ހުށަހެޅުމަށް ރަޖިސްޓްރީ ވުމަށް ފަހު ބިޑް ހުށަހެޅޭނެ ވާހަކަ ދަންނަވަމެވެ.

 

  • އިތުރު މައުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވައި ފަރާތްތަކުން 28 ނޮވެމްބަރ 2021 (އާދީއްތަ) ދުވަހުގެ 12:00 ޖެހުމާއި ހަމައަށް  އީމެއިލް މެދުވެރިކޮށް، މައުލޫމާތު ސާފުކުރުމަށް ހުޅުވައިލެވިފައި ވާނެއެވެ.

-          އީމެއިލް: [email protected]

-          މައުލޫމާތު ސާފު ކުރުމަށް އީމެއިލް ކުރައްވާ ފަރާތްތަކަށް ޖަވާބު އީމެއިލް މެދުވެރިކޮށް ކަނޑައެޅިފައިވާ ސުންގަޑިއަށް ފަހު ބިޑް ހުށަހެޅުމަށް ރަޖިސްޓަރ ކުރައްވާފަވައި ފަރާތްތަކަށް ހުރިހާ ސުވާލެއްގެ ޖަވާބު އީމެއިލް ކުރެވޭނެއެވެ.

 

  • މިހިދުމަތް ފޯރުކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އީމެއިލް މެދުވެރިކޮށް [email protected] އަށް 22 ނޮވެމްބަރ 2021 (ހޯމަ) ދުވަހުގެ 14:00 ޖެހުމާއި ހަމަޔަށް ރަޖިސްޓަރ ކުރުމަށް ހުޅުވާލެވިފައިވާނެއެވެ.

-          ޕްރޮޕޯސަލް ހުށަހެޅޭނީ ހަމައެކަނި ސުންގަޑީގެ ކުރިން ރަޖިސްޓަރ ކުރައްވާފައިވާ ފަރާތް ތަކަށެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

1-      ބިޑް ސަބްމިޝަން ފޯމް، ފޯމުގައި ބަޔާންކޮށްފައިވާ ހުރިހާ ލިޔެކިޔުމަކާއި އެކު.

2-      ވެންޑަރ ރަޖިސްޓްރޭޝަން ފޯމް (މި ކޯޕަރޭޝަންގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތައް އަލުން "ވެންޑަރ ރަޖިސްޓްރޭޝަން" ފޯމް ހުށަހަޅާކަށް ނުޖެހޭނެއެވެ. )     

މަތީގައި ބަޔާން ކުރެވިފައިވާ ފޯމްތައް މި އިޢުލާނާއިއެކު އެއްކަރުދާސް ކުރެވިފައި ވާނެއެވެ. ލިޔުންތައް ފުރިހަމައަށް ހުށަނާޅާ ފަރާތްތަކުގެ ޕްރޮޕޯސަލް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

   ވީމާ، މިހިދުމަތް ފޯރުކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 02 ޑިސެމްބަރ 2021 (ބުރާސްފަތި) ދުވަހުގެ 11:00 އަށް ޕްރޮޕޯސަލް / ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ. މިކަމާގުޅޭ ގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ ތިރީގައިވާ ނަންބަރަށް ގުޅުއްވުން އެދެމެވެ. ޕްރޮޕޯސަލް / ކޯޓޭޝަން ހުށަހަޅަންވާނީ މި ކޯޕަރޭޝަންގެ މައި އޮފީހަށެވެ.

 

                            ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް

                            އެމް އެސް އެލް ބިލްޑިންގް، އޯކިޑު މަގު

                            މާލެ، ދިވެހިރާއްޖެ

                            ފޯން ނަންބަރު: 3339060

                            މެއިލް : [email protected]

 

18 ނޮވެންބަރު 2021