ވަޒީފާގެ ފުރުޞަތު
ނަންބަރު:
ޕަބްލިޝްކުރި ތާރީޚް: 18 ނޮވެންބަރު 2021
ޕަބްލިޝްކުރި ގަޑި: 18:41
ސުންގަޑި: 24 ނޮވެންބަރު 2021 00:00
ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
އިންޓަރންޝިޕް ފުރުޞަތު

އިޢުލާން

އިންޓަރންޝިޕް ފުރުޞަތު

ނަންބަރު: Q10C-A/2021/14

ތާރީޚް:  17 ނޮވެންބަރު 2021

މަޤާމް

އިންޓަރންސް       

އަދަދު

02

މުއްދަތު: 3 މަސް (މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު 3 މަހުން 3 މަހުން ކޮންޓްރެކްޓް އާ ކުރެވޭނެ)

މަސައްކަތްކުރަންޖެހޭ ތަން

ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ މެޖިސްޓްރޭޓް ކޯޓް

މަސައްކަތްކުރަންޖެހޭ ވަގުތު

ހެނދުނު 8:00 އަކުން މެންދުރުފަހު 14:00 އަށް (ކޯޓުން ކަނޑައަޅާ އުޞޫލެއްގެ ދަށުން ފްލެކްސީ ޓައިމްވެސް ހަމަޖެއްސިދާނެ)

ޝަރުޠު

ދަށްވެގެން ޖީ.ސީ.އީ އޯ ލެވެލް ނިންމައިފައިވުން.

މަސްޢޫލިއްޔަތުތައް

ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ ޝަރުޢީ އަދި އިދާރީ މަސައްކަތްތަކުގައި ބޭނުންވާ ސަޕޯޓް ފޯރުކޮށްދިނުން.

ހުށަހަޅަންޖެހޭ ތަކެތި

1-  އިންޓަރނުންނަށް ކުރިމަތިލުމަށް ޝައުޤުވެރިވެލައްވާ ފަރާތުގެ ސިޓީ (ސިޓީ އެޑްރެސްކުރައްވާނީ ގދ.ޖުޑީޝަލް ދާއިރާ އާއި ވަގުތީގޮތުން ހިންގުމާއި ޙަވާލުވެ ހުންނެވި މެޖިސްޓްރޭޓް އަލްއުސްތާޛު ޢަބްދުއްރައްޒާޤް މުޙައްމަދު)

2-  ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

3-  ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓުގެ ކޮޕީ

 

       

 

އިންޓަރންޝިޕަށް އެދެންވީގޮތާއި ސުންގަޑި:

24 ނޮވެންބަރު 2021 ވާ އަންގާރަ ބުދަ ދުވަހުގެ 13:00 ގެ ކުރިން މިކޯޓުގެ ކައުންޓަރަށް ނުވަތަ މިކޯޓުގެ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

ނޯޓް: އިންޓަރންއަށް އެދި ހުށަހަޅާ ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލްއަކަށް ޕީ.ޑީ.އެފް ކުރުމަށްފަހު، ފައިލުގައި ހުށަހަޅާ ފަރާތުގެ ނަން ޖެހުމަށް ދަންނަވަމެވެ.

އިންޓަރނުންނަށް މީހުން ހޮވުމުގައި އިސްކަންދެވޭނެ ކަންތައްތައް

-      ޝަރީޢަތާއި ޤާނޫނު ނުވަތަ ޝަރީޢާ ނުވަތަ ޤާނޫނުގެ ދާއިރާއިން ތަޢުލީމު ޙާޞިލް ކުރަމުންދާ އަދި މި ފަދަ ތަޢުލީމު ޙާޞިލްކޮށްފައިވާ ފަރާތްތަކާއި، އަދި ދާއިރާއިން ހޯދަންޖެހޭ ޚާއްސަ ލައިސަންސެއް ހޯދުމަށް ފުރިހަމަކުރަންޖހޭ މަސައްކަތުގެ ތަޖުރިބާ ހޯދުމަށް ބޭނުންވާ ފަރާތްތައް.

-      ވަޒީފާގެ ބާޒާރަށް ނުކުތުމުގެ ކުރިން މަސައްކަތުގެ ތަޖުރިބާ ހޯދުމަށް ޝައުޤުވެރިވާ ފަރާތްތައް.

17 ނޮވެންބަރު 2021

18 ނޮވެންބަރު 2021