އިޢުލާނު
|
މަޤާމު:
|
ޑިރެކްޓަރ ޖެނެރަލް
|
މަޤާމުގެ ނަންބަރު:
|
J-320948
|
ބޭނުންވާ އަދަދު:
|
01 (އެކެއް)
|
މަޤާމުގެ ގިންތި:
|
ދާއިމީ
|
މަޤާމުގެ ރޭންކު:
|
އީ.އެކްސް 5
|
މަޤާމުގެ ކްލެސިފިކޭޝަން:
|
ޓެކްނިކަލް ޑިރެކްޓަރ ޖެނެރަލް
|
ވަޒީފާ އަދާކުރަން ޖެހޭ ތަން:
|
މިނިސްޓްރީ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސަސް، މާލެ
|
މުސާރަ:
|
13890 ރުފިޔާ
|
ސަރވިސް އެލަވަންސް:
|
2000 ރުފިޔާ
|
އެހެނިހެން އެލަވަންސް:
|
- ޓެކްނިކަލް ކޯ އެލަވަސް އަށް ޝަރުތު ހަމަވާނަމަ އަސާސީ މުސާރައިގެ 28% އަދި ޝަރުތުހަމަނުވާ ފަރާތެއްނަމަ ސަޕޯރޓިންގ ކޯ އެލަވަންސް 2 ގެ ގޮތުގައި -/1500ރުފިޔާ. ( ޓެކްނިކަލް ކޯ އެލަވަންސް އަށް ޝަރުތު ހަމަވާނީ ކައުންސެލިންގ, ސައިކޮލޮޖީ،ސޯޝަލް ވޯރކް،ސޯޝިއޮލޮޖީ ދާއިރާއިން ތަޢުލީމް ހާސިލްކޮށްފައިވާނަމަ)
- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
- ހަމަޖެހިފައިވާ އުޞޫލުން ރިސްކް އެލެވަންސް ފައިސާ.
- ސްޕެޝަލް ޑިއުޓީ އެލަވެންސްގެ ގޮތުގައި އަސާސީ މުސާރައިގެ 35%
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
|
- މިނިސްޓްރީއާއި މިނިސްޓްރީގެ ދަށުން ހިނގާ އިދާރާތަކުން ފޯރުކޮށްދޭ އިޖްތިމާއީ ހިދްމަތުގެ ނިޒާމް ހަރުދަނާ ކުރުމުގެ އެންމެހައި މަސައްކަތްތައް ރާވާ ހިންގުމާއި އިސްކޮށް ބެލެހެއްޓުން.
- އެކި ބާވަތުގެ އަނިޔާގެ މައްސަލަތަކާއި ގުޅިގެން ހުށައެޅޭ އަންހެނުންނާއި، އުމުރުން ދުވަސްވީ މީހުންނާއި، ނުކުޅެދުން ތެރިކަން ހުންނަ މީހުންނާއި، ދައުލަތުގެ ޙިމާޔަތާއި ރައްކާތެރިކަން ބޭނުންވާ މީހުންނާއި ނާޒުކު ހާލަތްތަކުގައިވާ މީހުން ރައްކާތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތްތައް ބެލެހެއްޓުން.
- އެކި ބާވަތުގެ ގެވެށި އަނިޔާގެ މައްސަލަތަކާއި ގުޅިގެން ހުށައެޅޭ މައްސަލަތަކުގައި އެފަރާތްތަކަށް ބޭނުންވާ ރައްކާތެރިކަން ކަށަވަރުކޮށް ބޭނުންވާ އެހީތެރިކަން ފޯރުކޮށް ދިނުމާއި އެފަރާތްތަކަށް ބޭނުންވާ ސައިކޯސޯޝަލް ސަޕޯރޓް ދިނުން.
- ގެވެށި އަނިޔާގެ ޝިކާރައަކަށްވާ ފަރާތްތަކަށް (ވަގުތީ ގޮތުން) ބޭނުންވާ ޝެލްޓަރ ފޯރުކޮށްދިނުމާއި އެފަދަ ފަރާތްތަކުގެ ޢާއިލާއާއިއެކު މަސައްކަތްކޮށް އެފަރާތްތައް ބާރުވެރި ކުރުވުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ބެލެހެއްޓުން.
- އިޖްތިމާއީ ހިދުމަތްތަކާއި ގުޅިގެން ހުށަހެޅޭ އެކި މައްސަލަތަކާއި ގުޅިގެން އެހެން އިދާރާތަކާއެކު ބޭއްވޭ ކޭސްކޮންފަރެންސްތަކުގައި ބައިވެރިވުން.
- ޢުމުރުން ދުވަސް ފަރާތްތަކާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ގުޅިގެން ހުށައެޅޭ އެކި ބާވަތުގެ މައްސަލަތަކުގައި މަސައްކަތް ކުރުން. އަދި ދައުލަތުގެ އެހީތެރިކަން ބޭނުންވާ ފަރާތްތަކުގެ ޙައްޤުތައް ކަށަވަރު ކުރުމުގެ މަސައްކަތް ބެލެހެއްޓުން.
- ޢުމުރުން ދުވަސް މީހުންނާއި ނަފްސާނީ ބަލިމީހުން ދައުލަތުގެ ބެލުމުގެ ދަށަށް ނެގުމަށް ޢާއިލާތަކުން ހުށައަޅާ މައްސަލަތަކުގައި މަސައްކަތްކޮށް ދައުލަތުގެ ބެލުމުގެ ދަށަށް ނަގަންޖެހޭ ފަރާތްތައް ނެގުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް އިސްކޮށް ބެލެހެއްޓުން.
- ޢުމުރުން ދުވަސް މީހުންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރެއިން ޢާއިލާއިން އިހުމާލުވާ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމާއި އެމީހުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރަންޖެހޭ މަސައްކަތްތައް އިސްކޮށް ރާވައި ބެލެހެއްޓުން.
- ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ނުވަތަ ނަފްސާނީ ބަލިމީހުންނާއި ޢުމުރުން ދުވަސްވީ މީހުންގެ ތެރެއިން ޢާއިލާގެ ފަރާތުން ބަލަހައްޓާނެ ފަރާތެއް ނެތް މީހުން މަރުކަޒަށް ފޮނުވުމަށް ކުރަންޖެހޭ މަސައްކަތްތައް އިސްކޮށް ބެލެހެއްޓުން.
- ޚާއްޞައެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ގެންދެވޭ ނަފްސާނީ ބަލިމީހުން، ޢާއިލާއާއި މުޖުތަމަޢުގެ ތެރޭގައި އުޅެވޭ ވަރަށް ޙާލަތު ރަނގަޅުވުމުން، ޢާއިލާތަކާއި ޙަވާލު ކުރުމަށް މަސައްކަތްތައް އިސްކޮށް ބެލެހެއްޓުން.
- ނަފްސާނީ ބަލިމީހުން ޑޮކްޓަރަށް ދެއްކުމަށް ޢާއިލާތަކުން ހުށައަޅާ މައްސަލަތަކުގައި ޑޮކްޓަރަށް ދެއްކުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށް ދިނުމަށް ކުރަންޖެހޭ މަސައްކަތްތައް އިސްކޮށް ބެލެހެއްޓުން.
- ކުއްލި ނުރައްކާތަކާއި އެކި ކަހަލަ ކާރިސާތަކުގައި ހިމެނޭ ފަރާތްތަކަށް ބޭނުންވާ އިޖްތިމާއީ ހިދުމަތާއި ނަފްސާނީ އެހީތެރިކަން ފޯރުކޮށް ދިނުމަށް ކުރަންޖެހޭ ކަންކަން ރާވައި އިސްކޮށް ބެލެހެއްޓުން.
- ހުށައެޅޭ އެކި ބާވަތްތަކުގެ މައްސަލަތަކާއި ގުޅިގެން ކޭސްވޯކް ކުރުމަށް ފްރީޒަރ މެނުއަލްގައި ކަނޑައަޅާފައިވާ ގޮތަށް ކޭސް މެނޭޖްކުރުމުގެ ހުރިހާ މަސައްކަތްތަކެއް ކުރިއަށް ގެންދެވޭކަން ކަށަވަރުކުރުން.
- ހުށައެޅޭ އެކި މައްސަލަތަކާއި ގުޅިގެން އެހެން އިދާރާތަކަށް (ފުލުހުންގެ ޚިދުމަތް، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް، ފެމިލީ ކޯޓް، ފަދަ..) ބޭނުންވާ އިޖްތިމާޢީ ޙާލަތު ވަޒަންކުރާ އެސެސްމަންޓް ރިޕޯރޓް ތައްޔާރުކޮށް ފޮނުވޭކަން ކަށަވަރުކުރުން.
- 1421 (ޑީވީ / ޖީބީވީ / އަދި 18 އަހަރުން މަތީފަރާތްތަކާއި ގުޅިގެން މައްސަލަ ރިޕޯރތް ކުރާ) ހެލްޕްލައިންގެ މަސައްކަތްތައް އިސްކޮށް ބެލެހެއްޓުން.
- ސޯޝަލް ސަރވިސް ޑިޕަރޓްމަންޓަށް ހުށައެޅޭ އެކި މައްސަލަތަކުގެ ތަފާސް ހިސާބުތައް ކަމާގުޅޭ ސެކްޝަންތަކަށް ޙިއްސާކުރުމަށް ކުރަންޖެހޭ މަސައްކަތްތައް އިސްކޮށް ބެލެހެއްޓުން.
- އަތޮޅު ތަކުގައި ގާއިމު ކުރެވިފައިވާ ފެމިލީ އެންޑް ޗިލްޑަރަން ސަރވިސް ސެންޓަރުތަކަށް ހުށައެޅޭ 18 އަހަރުން މަތީގެ ކޭސްތަކުގެ ކޭސް ސުޕަރވިޝަންގެ މަސައްކަތްތައް ރާވާ ހިންގުން.
- ސޯޝަލް ވޯރކްގެ އިޙްތިސާސްގައި ހިމެނޭ މައިގަނޑު މަސައްކަތްތަކާ ގުޅިގެން އެހެނިހެން އިދާރާތަކަށް ފޮނުވަންޖެހޭ ލިޔެކިއުންތައް ވަގުތަށް ފޮނުވާކަން ކަށަވަރުކުރުން.
- ސޯޝަލް ސަރވިސް ޑިޕާޓްމަންޓްގެ އިދާރީ މަސައްކަތްތައް ބެލެހެއްޓުން.
- ކޭސްވޯކަރުން ތަމްރީންކުރުމައި ބިނާކުރުމުގެ އެންމެހާ މަސައްކަތްތައް އެޗް.އާރްއާއި ގުޅިގެން ކުރުން. އަދި ސޯޝަލް ސަރވިސް ޑިވިޝަންގެ ވެރިންގެ މަސައްކަތްތައް ސުޕަވައިޒްކުރުމާއި ސިވިލް ސަރވިސް ގަވައިދުގައިވާ ގޮތުގެމަތީން ބެލެހެއްޓުން.
|
މަޤާމުގެ ޝަރުޠުތައް:
|
މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 8 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން
ނުވަތަ
މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިންފެށިގެން މަތީގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 6 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން
|
މަޤާމުގެ ތަޢުލީމީ ރޮނގުތައް:
ކައުންސެލިންގ, ސައިކޮލޮޖީ،ސޯޝަލް ވޯރކް،ސޯޝިއޮލޮޖީ
މަޤާމުގެ ޕްރިފަރޑް ޑިސިޕްލިން:
ނެތް
މަޤާމުގެ ކޯ ޑިސިޕްލިން:
ކައުންސެލިންގ, ސައިކޮލޮޖީ،ސޯޝަލް ވޯރކް،ސޯޝިއޮލޮޖީ
|
މަޤާމުގެ މަސައްކަތުގެ ދާއިރާތައް:
ސޯޝަލް ސާވިސަސް
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) http://www.csc.gov.mv/download/2486
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ
(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
- މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:
(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)
(ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ފުރަތަމަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
|
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 25 ނޮވެމްބަރ 2021 ގެ 13:00 ގެ ކުރިން،
([email protected]) މި އީ-މެއިލް އެޑްރެސް އަށް ފޮނުވުންއެދެމެވެ.
އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
|
ޝޯޓްލިސްޓުކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.
|
އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:
|
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 28 ނޮވެމްބަރ 2021 އާއި 23 ޑިސެމްބަރ 2021 އާ ދެމެދު، މިނިސްޓްރީ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސަސް، މ.ސީޓްރެކް ބިލްޑިން، 7 ވަނަ ފަންގިފިލާ ގައެވެ.
|
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން
|
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3027551 އަށެވެ. އީ-މެއިލް ކުރާނީ ([email protected]) އަށެވެ.
ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.
|