ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)266-A/266/2021/129
ޕަބްލިޝްކުރި ތާރީޚް: 18 ނޮވެންބަރު 2021
ޕަބްލިޝްކުރި ގަޑި: 13:45
ސުންގަޑި: 25 ނޮވެންބަރު 2021 14:00
ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސީނިއަރ ކައުންސިލް އޮފިސަރ

އިޢުލާނު

 

މަޤާމު:

ސީނިއަރ ކައުންސިލް އޮފިސަރ

މަޤާމުގެ ނަންބަރު:

J-343530

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

އެމް އެސް 2

މަޤާމުގެ ކްލެސިފިކޭޝަން:

ސީނިއަރ އޮފިސަރ ގްރޭޑް 2

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ކުޅުދުއްފުށީ ސިޓީ ކައުންސިލް އިދާރާ  (ކޯޕަރޭޓް އެފެއަރޒް)

މުސާރަ:

6295 ރުފިޔާ

ސަރވިސް އެލަވަންސް:

2000 ރުފިޔާ

އެހެނިހެން އެލަވަންސް:

ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައި މަހަކު 900 ރުފިޔާ
ސިވިލް ސާރވިސް މުއައްޒަފުނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

-          ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން ސެކްރެޓަރީ ޖެނެރަލްގެ ލަފަޔާ އިރުޝާދުގެ މަތިން ރާވައި، ހިންގައި ބެލެހެއްޓުން.

-          ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ޖަވާބުދާރީވުން

-            ކޯރޕަރޭޓް އެފެއަރޒް ޔުނިޓްގެ އެންމެހާ މަސައްކަތްތައް ރާވައި ހިންގުމަށް އ. ކައުންސިލް އެގްޒެކެޓިވް އަދި ކައުންސިލް އެގްޒެކެޓިވް އަށް އެހީތެރިވެދިނުން     

 

-          ކައުންސިލް އިދާރާގެ ޕްރޮކިއުމަންޓް މަސައްކަތްތަކަށް އެހީތެރިކަން ފޯރުކޮށް ދިނުން.

-            ކައުންސިލް އިދާރާ ހުޅުވުމާ ލެއްޕުމުގެ އިންތިޒާމް ހަމަޖައްސައި، ކައުންސިލް އިދާރާ ސާފުކުރުމާ މެއިންޓަނެންސް މަސައްކަތްތައް ރާވައި ތަންފީޒު ކުރުން

-           ކޯރޕަރޭޓް އެފެއަރޒް ޔުނިޓްގެ ވޯރކްޕްލޭން އެކުލަވާލުމާއި އިދާރީ އެންމެހާ ރިޕޯޓްތައް ތައްޔާރު ކުރުމާއި ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން

-           އިދާރާގެ ސަޕޯޓް ސްޓާފުން، މިސްކިތް އަދި ގަބުރުސްތާނު މުވައްޒަފުންގެ މަސައްކަތު ތާވަލް އެކުލަވާލައި މަސައްކަތްތައް މޮނިޓަރކޮށް ދިމާވާ މައްސަލަ ހައްލު ކުރުން

-           ކައުންސިލް އިދާރާ އަދި ކައުންސިލް ބެލުމުގެ ދަށުގައިވާ އެންމެހާ އިމާރާތްތަކާއި ތަންތަނުގެ މެއިންޓަނެންސް މަސައްކަތާއި ސާފު ކުރުމުގެ މަސައްކަތް ޕްލޭންކޮށް ތަންފީޒް ކުރުމާއި ސެކިއުރިޓީ ބެލެހެއްޓުން އިންތިޒާމްކޮށް ތަންފީޒުކުރުން

-          ކައުންސިލް އިދާރާގެ ޖެނެރަލް ސްޓޮކް އަދި އިންވެންޓްރީ ބެލެހެއްޓުމަށް އެހީތެރިވެ ދިނުމާއި ޚިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުމަށް ބޭނުންވާ އެންމެހާ ވަސީލަތާއި ތަކެތީގެ އިންތިޒާމްތައް ހަމަޖެއްސުން

-          ކައުންސިލް އިދާރާ ފާރފޮމެންސް އިންޑެކްސްއަށް ބޭނުންވާ އެންމެހާ ލިޔެކިޔުންތައް ހަމަކޮށް މިކަމުގެ ފޯކަލް ޕޮއިންޓެއް ގޮތުގައި ހަރަކާތްތެރިވުން

-          ކައުންސިލް އިދާރާގެ އިންފޮރމޭޝަން އޮފިސަރުގެ އެންމެހާ ޒިންމާތައް އަދާ ކުރުމާއި، އިދާރާގެ ވެބްސައިޓް އަދި ސޯޝަލް މީޑިއާ އެކައުންޓްތައް އަދާހަމަކޮށް ބެލެހެއްޓުން

-          ކައުންސިލް އަދި ކައުންސިލް ބެލުމުގެ ދަށުގައިވާ ތަންތަނުގެ އިންވެންޓްރީ އަދާހަމަކޮށް ބެލެހެއްޓުމާއި ބާވެ ހަލާކުވެފައިވާ ތަކެތި ޤަވައިދާއި އުސޫލުތަކާ އެއްގޮތަށް ނައްތާލުމާއި ނީލަން ކިއުމުގެ މަސައްކަތްތައް ކުރުން

-          ކައުންސިލް ބިއުރޯގެ އެންމެހާ މަސައްކަތްތަކުގައި އެހީތެރިވެދިނުމާއި ކައުންސިލް އާންމު ބައްދަލުވުން އަދި ބްރީފިންތަކުގެ އެޖެންޑާ، ޔައުމިއްޔާ އަދި ރިކޯޑްތައް ބެލެހެއްޓުމަށް އެހީތެވެދިނުން

-          ކައުންސިލް އިދާރާގެ ދުވަހު ޔައުމިއްޔާ ތައްޔާރު ކުރުމާއި، ކުރެވޭ މަސައްކަތްތަކުގެ ރިޕޯޓް އެކުލަވާލުމާއި، ކުއަރޓަލީ އަދި އަހަރީ ރިޕޯޓް އެކުލަވާލައި ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން

-          ގަރާޖް ހުއްދަ ދޫކުރުމާއި، އޮޑިދޯނި ފަހަރު އިންސްޕެކްޓް ކުރުމާއި ކައުންސިލްއިން އިންސްޕެކްޓް ކުރަންޖެހޭ ތަންތަން ބަލާ އިންސްޕްކްޓް ކުރުމުގެ މަސައްކަތްތަކުގައި އެހީތެރިކަން ފޯރުކޯށްދިނުން

-          ކައުންސިލް އިދާރާގެ ޚިދުމަތްތަކާ ގުޅޭ ގޮތުން ހުށައެޅޭ ޝަކުވާތައް ބަލައި ގުޅުންހުރި ސެކްޝަންތަކާއެކު ހައްލުކޮށް މަސައްކަތްތަކާއި ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް މަސައްކަތް ކުރުން

-          ކައުންސިލް އިދާރާ ހާއްސަކޮށް ކޯޕަރޭޓް އެފެއަރޒް ޔުނިޓްގެ ޚިދުމަތްތަކާއި ހިންގުން ހަރުދަނާ ކުރުމަށް މަސައްކަތްތައް އޮޑިޓް ކުރުމާއި އެކުލަވާލަންޖެހޭ ޕްލޭންތައް އެކުލަވާލައި ތަންފީޒު ކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުން

-          ކައުންސިލް އިދާރާގެ ވޯކްޕްލޭން ތަންފީޒު ކުރުމަށާއި އެހެނިހެން ސެކްޝަންތަކުގެ މަސައްކަތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުން

-          ރަށަށް ޒިޔާރަތްކުރާ އެކި ވަފްދުތަކާ ޓީމްތަކަށް ބޭނުންވާ އިންތިޒާމްތަކާއި މެހެމާންދާރި އަދާކުރުމުގެ މަސައްކަތްތައް ކުރުން

-           ކައުންސިލް އިދާރާގެ އެންޓްރީ ސިސްޓަމް ބެލެހެއްޓުމާއި ސެކްޝަނަށް ރޫޓް ކުރެވޭ ސިޓީ މެސަޖަށް ޖަވާބު ތައްޔާރު ކުރުމާއި، ލިޔެކިޔުންތައް އިލެކްޓްރޯނިކްކޮށް އަދި ހާޑް ކޮޕީގެ ގޮތުގައި ފައިލްކޮށް ރައްކާކޮށް ބެލެހެއްޓުން އަދި ޖެމްސް ސިސްޓަމް އަދާހަމަކޮށް ބެލެހެއްޓުން

މަޤާމުގެ ޝަރުޠުތައް:

މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލް ކޮށްފައިވުން

 

މަޤާމުގެ ތަޢުލީމީ ރޮނގުތައް (ޕްރިފާރޑް)

އެކައުންޓިންގ

އެޑްމިނިސްޓްރޭޝަން

ބިޒްނަސް

ބިޒްނަސް އެޑްމިނިސްޓްރޭޝަން

ބިޒްނަސް މެނޭޖްމަންޓް

ކޮމާސް

ކޮމިޔުނިޓީ ޑިވެލޮޕްމަންޓް

ކޮމްޕިއުޓަރ ސައިންސް

ކައުންސިލް އެޑްމިނިސްޓްރޭޝަން

ޑިވެލޮޕްމަންޓް ސްޓަޑީޒް

އިކޮނޮމިކްސް

ފައިނޭންސް

ގަވަރނަންސް

ހިއުމަން ރިސޯސް

ހިޔުމަން ރިސޯސް މެނޭޖްމަންޓް

އިންފޮމޭޝަން ޓެކްނޮލޮޖީ

އިންޓަނޭޝަނަލް ރިލޭޝަންސް

ލޯ

ލޯކަލް ގަވަރނަންސް

މެނޭޖްމަންޓް

މާކެޓިންގ

މާކެޓިންގ މެނޭޖްމަންޓް

އޮފީސް އެޑްމިނިސްޓްރޭޝަން

ޕޮލިސީ ސްޓަޑިޒް

ޕޮލިޓިކަލް ސައިންސް

ޕްރޮޖެކްޓު މެނޭޖުމަންޓު

ޕަބްލިކް އެޑްމިނިސްޓްރޭޝަން

ޕަބްލިކް މޭނޭޖްމަންޓް

ޕަބްލިކް ޕޮލިސީ

ޕަބްލިކް ރިލޭޝަންސް

ޝަރީޢާ އެންޑް ލޯ

ސޯޝަލް ސައިންސް

އާބަން ސްޓަޑީޒް

މަޤާމުގެ މަސައްކަތުގެ ދާއިރާތައް

އެޑްމިނިސްޓްރޭޝަން

މެނޭޖުމަންޓު

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) http://www.csc.gov.mv/dv/downloads/15151
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. އަސާސީ ޝަރުތު ހަމަވުން (ކަނޑައެޅިފައިވާ އިންސައްތަ: 30% )
  2. އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު (ކަނޑައެޅިފައިވާ އިންސައްތަ: 5%)
  3. ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓް (ކަނޑައެޅިފައިވާ އިންސައްތަ: 5%)
  4. އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ (ކަނޑައެޅިފައިވާ އިންސައްތަ: 5%)
  5. އެސެސްމަންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް) (ކަނޑައެޅިފައިވާ އިންސައްތަ: 20%)
  6. އިންޓަރވިއު (ކަނޑައެޅިފައިވާ އިންސައްތަ: 35%)

ނޯޓް: ލިބުނު ޕޮއިންޓްގެ ޖުމްލަ 60% (ފަސްދޮޅަސް) އިންސައްތައަށް ވުރެ މަތިވާންޖެހޭނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ (25 ނޮވެމްބަރ 2021) ގެ (14:00) ގެ ކުރިން، (ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ) އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް ([email protected]) މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

 

އިންޓަރވިއު އަދި އެސެސްމަންޓް އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އެސެސްމަންޓް އޮންނާނީ، 26 ނޮވެމްބަރ 2021 އާއި 26 ޑިސެމްބަރ 2021 އާ ދެމެދު، ކުޅުދުއްފުށި ކައުންސިލް އިދާރާ ގައެވެ.

 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

 

 

                                          

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6527181 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/dv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

 

13 ރަބީޢުލް އާޚިރު 1443

18 ނޮވެމްބަރ 2021

18 ނޮވެންބަރު 2021