މަސައްކަތް
ނަންބަރު: (IUL)30-C/30/2021/250
ޕަބްލިޝްކުރި ތާރީޚް: 18 ނޮވެންބަރު 2021
ޕަބްލިޝްކުރި ގަޑި: 13:42
މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
އަންދާސީ ހިސާބު

1 ވަނަ އިޢުލާން

މި މިނިސްޓްރީއިން ރާއްޖޭގެ ރަށްތަކުގެ އަލަ ދަނޑިތަކަށް ދިމާވެފައިވާ "ޓާރޯ ލީފް ބްލައިޓް" ބައްޔަށް ހައްލެއް ހޯދުމަށް ބޭނުންވާ "ޓާރޯ ލީފް ބްލައިޓް ރެސިސްޓަންޓް" މުޑުވަށް ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. މި މަސައްކަތަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވި ފައިވަނީ ހަމައެކަނި ކުދި އަދި މެދު ފަންތީގެ ވިޔަފާރި (އެސް.އެމް.އީ) ތަކަށެވެ.

ވީމާ، މިކަމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން 28 ނޮވެމްބަރ 2021 ވާ އާދިއްތަ ދުވަހުގެ 10:00 އަށް އަންދާސީ ހިސާބު ހިއްޕަވައިގެން މިމިނިސްޓްރީއަށް (ވެލާނާގެ 7 ވަނަ ފަންގިފިލާއަށް) ވަޑައިގެންދެއްވުން އެދެމެވެ

ބީލަން ހުށަހެޅުމަށް ކަނޑައަޅާފައިވާ މުއްދަތަކީ ރަސްމީ ބަންދު ނޫން 7 (ހަތް) ދުވަހުގެ މުއްދަތެއް ކަމުގައި ވުމުން، މި މުއްދަތުގެ ތެރޭގައި ސަރުކާރު ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، ދެން ބިޑް ބަލައިގަނެވޭނީ ސަރުކާރު ހުޅުވިގެން ބަންދުވި ދުވަސްތަކަށް ރަސްމީ ދުވަސް ހަމަކޮށް، ޖެހިގެން އަންނަ ރަސްމީ ދުވަހުގެ 10:00 އަށެވެ.

             މި ކަމާއި ގުޅޭ މަޢުލޫމާތު ކަރުދާސް އިއުލާނާއިއެކު އެޓޭޗްކުރެވިފައިވާނެއެވެ. މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3339229 ، 3339283 އަދި 3339282 ނަންބަރު ފޯނަށެވެ.

18 ނޮވެންބަރު 2021