ދިވެހިރާއްޖެ
އިޢުލާން ނަންބަރ: GS147-C/2021/12
2022 ވަނަ އަހަރު ސްކޫލްގެ ސެކިއުރިޓީ ބެލެހެއްޓުމާއި ގުޅޭ
ބީލަން ހުށަހެޅުމުގެ ދަޢުވަތު
1. 2022 ވަނަ އަހަރު މި ސްކޫލުގެ ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތައް ބީލަން ހުށަހެޅުމުގެ ފުރުސަތު މިކަމަށް ޝައުޤުވެރިވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މި މަސައްކަތައް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިގައިވާނެއެވެ.
2. މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2021 ނޮވެމްބަރ 18 އިން 2021 ނޮވެމްބަރ 24 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:000 އިން 14:00 އަށް މިސްކޫލަށް ވަޑައިގެން ނަންނޯޓް ކުރެއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މި މުއްދަތުގައި ނަންނޯޓް ކުރައްވާ ފަރާތްތަކަށެވެ.
3. މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2021 ނޮވެމްބަރ 25 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
4. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2021 ނޮވެމްބަރ 30 ވާ އަންގާރަ ދުވަހުގެ 11:00 ގައި މިސްކޫލްގައެވެ.
5. މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
6. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ގާފަރު ސްކޫލް
ކ.ގާފަރު
ފޯން: 6640577
އީ-މެއިލް: [email protected]
13 ރަބީޢުލްއާހިރު 1443