މަސައްކަތް
ނަންބަރު: (IUL)362/362/2021/36
ޕަބްލިޝްކުރި ތާރީޚް: 18 ނޮވެންބަރު 2021
ޕަބްލިޝްކުރި ގަޑި: 11:32
ސުންގަޑި: 02 ޑިސެންބަރު 2021 10:00
މުލަކަތޮޅު ރަތްމަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މ.ރަތްމަންދޫ "މަސްޖިދުއްނަހްޟާ" މިސްކިތުގެ ވުޟޫކުރާ އިސްކުރުބަރިއާއި، ފާޚާނާ މަރާމާތު ކުރުން

މުލަކަތޮޅުރަތްމަންދޫ ކައުންސިލްގެއިދާރާ

     ރަތްމަންދޫ، ދިވެހިރާއްޖެ.     

       (IUL)362/362/2021/36 :ނަންބަރު 

 

އިޢުލާން

 

މ.ރަތްމަންދޫ " މަސްޖިދުއްނަހްޟާ " މިސްކިތުގެ ވުޟޫކުރާ އިސްކުރުބަރިއާއި، ފާޚާނާ މަރާމާތު ކުރުން

މިރަށު " މަސްޖިދުއްނަހްޟާ " މިސްކިތުގެ ވުޟޫކުރާ އިސްކުރުބަރިޔާ، ފާޚާނާ، އަމިއްލަ ތަކެތީގައި މަރާމާތުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މިމަސައްކަތް ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 28 ނޮވެމްބަރ 2021 ވަނަ ދުވަހުގެ 10:00 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 02 ޑިސެމްބަރ 2021 ވަނަ ދުވަހުގެ 10:00 ގައި މިއިދާރާގައި ބާއްވާ ބިޑްހުށަހެޅުމުގެ ބައްދަލުވުމަށް ޙާޟިރުވެ ބިޑް ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތުދިނުމުގެ ބައްދަލުވުމަށް ޙާޟިރުވާއިރު މަޢުލޫމާތު ސާފުކުރާފަރާތާއި ބަދަލުގައި މީހަކު ފޮނުވާނަމަ ބަދަލުގައި އަންނަ ފާރާތުގެ އައި.ޑީ.ކާޑުގެ ކޮޕީ ގެންނަންވާނެއެވެ.

ބިޑް ހުށަހަޅުއްވާނީ ބަންދުކޮށްފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި މި އިޢުލާންގެ ނަންބަރު ލިޔެފައި އޮންނަންވާނެއެވެ. މަޢުލޫމާތު ސާފުކުރަން ހާޒިރުނުވާ ފަރާތްތަކާއި، ގަޑިޖެހިގެން ބިޑް ހުށަހަޅަން ހާޒިރުވާ ފަރާތްތަކުގެ ބިޑް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި ބިޑް ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ، އެކަން ބަޔާންކޮށް ސިޓީއެއް ހުށަހެޅުއްވުމުން މަޢުލޫމާތު ދިނުމާއި، ބިޑްބަލައިގަތުމުގެ އިންތިޒާމް ހަމަޖެހޭނެ ކަމުގައި ދަންނަވަމެވެ.

މިކަމަށް އެދި ކުރިމަތިލެވޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ. މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ގަޑީގައި 6720602 ނަންބަރު ފޯނާއި ގުޅުއްވުން އެދެމެވެ.

13 ރަބީޢުލްއާޚިރު 1443

18 ނޮވެމްބަރ 2021

18 ނޮވެންބަރު 2021