ޢާންމު މަޢުލޫމާތު
ނަންބަރު: (IUL) 218-CS/1/2021/5
ޕަބްލިޝްކުރި ތާރީޚް: 18 ނޮވެންބަރު 2021
ޕަބްލިޝްކުރި ގަޑި: 08:49
މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ
ދިވެހިރާއްޖެ
އެޕްލިކޭޝަން ފޯމް ފޯ އިންސްޓިޓިއުޓް އެންޑް ޕްރްގްރާމް ރިކްގްނިޝަން ފޯމް ބަދަލުވުމާ ގުޅޭ

"އެޕްލިކޭޝަން ފޯރމް ފޮރ އިންސްޓިޓިއުޓް އެންޑް ޕްރޮގްރާމް ރިކޮގްނިޝަން" ގެ ނަން
" އެޕްލިކޭޝަން ފޯރމް ފޮރ ރިކޮގްނިޝަން އޮފް ދަ އިންޓެންޑެޑް ޕްރޮގްރާމް" އަށް ބަދަލު ކުރުން

މަތީ ތަޢުލީމުގެ ޕްރޮގްރާމްތަކަށް ކިޔެވުން ފެށުމުގެ ކުރިން އެ ޕްރޮގްރާމްތަކަކީ މި އޮތޯރިޓީން ޤަބޫލުކުރާ ޕްރޮގްރާމްތަކެއްތޯ
ބެލުމަށް ހުށަހަޅަމުން އަންނަ "އެޕްލިކޭޝަން ފޯރމް ފޮރ އިންސްޓިޓިއުޓް އެންޑް ޕްރޮގްރާމް ރިކޮގްނިޝަން" ގެ ނަން
"އެޕްލިކޭޝަން ފޯރމް ފޮރ ރިކޮގްނިޝަން އޮފް ދަ އިންޓެންޑެޑް ޕްރޮގްރާމް" މި ނަމަށް 17 ނޮވެމްބަރ 2021 އިން ފެށިގެން
ވަނީ ބަދަލުކުރެވިފައެވެ. މިހެންވެ މިކަން އާޢްމުކޮށް އިޢުލާން ކުރީމެވެ.
ވުމާއެކު، 18 ނޮވެމްބަރ 2021( ބުރާސްފަތި( ދުވަހުން ފެށިގެން ކުރިން ހުށަހަޅަމުން އަންނަ "އެޕްލިކޭޝަން ފޯރމް ފޮރ
އިންސްޓިޓިއުޓް އެންޑް ޕްރޮގްރާމް ރިކޮގްނިޝަން" މި އޮތޯރިޓީން ބަލައި ނުގަންނާނޭ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
"އެޕްލިކޭޝަން ފޯރމް ފޮރ ރިކޮގްނިޝަން އޮފް ދަ އިންޓެންޑެޑް ޕްރޮގްރާމް" މި އެޕްލިކޭޝަން ފޯމު މި އޮތޯރިޓީ ގެ
ވެބްސައިޓް ގެ ޑައުންލޯޑްސް ބައިގެ ގެ ތެރެއިން ޑައުންލޯޑް ކުރެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

18 ނޮވެންބަރު 2021