ދިވެހިރާއްޖެ
މިކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތަށް މިހާރު ތައްޔާރުކުރެވިފައިވާ ށ.ބިލެތްފަހީ ލޭންޑް ޔޫސް ޕްލޭން ރިވިއުކޮށްދިނުމުގެ
މަސައްކަތްކުރުމަށް ސައުޤުވެރިވެލަށްވާ ފަރާތްތަކަށް ބީލަން ހުށައެޅުމުގެ ދަޢުވަތު ހުޅުވާލަމެވެ.
ބީލަމުގައި ރަޖިސްޓްރީވުން:
ބީލަން ހުށަހެޅުވުމަށް ސައުޤުވެރިވެލައްވާ ފަރާތްތަކުން 21 ނޮވެމްބަރ 2021 ވާ އާދިއްތަ ދުވަހުގެ 10:00 އިން
ފެށިގެން 30 ނޮވެމްބަރ 2021 ވާ އަންގާރަ ދުވަހުގެ 14:00 އާއި ދެމެދު މިއިރާއަށް ވަޑައިގެން، ނުވަތަ އޮންލައިންކޮށް ތިރީގައިވާ
ލިންކް މެދުވެރިކޮށް ބީލަމުގައި ރަޖިސްޓްރީވުމަށް ދަންނަވަމެވެ. ބީލަމުގައި ރަޖިސްޓްރީވާ ފަރާތްތަކަށް މިއިދާރާގެ ކައުންޓަރުންނާއި،
މެއިލްގެ ޒަރިއްޔާއިން ތާމްސް އޮފް ރިފަރެސް ދޫކުރެވޭނެއެވެ. މި ބީލަމާއި ގުޅިގެން ވަކިން މަޢުލޫމާތު ދިނުމުގެ
ބައްދަލުވުމެއް ނޯންނާނެއެވެ.
ލިންކް: https://docs.google.com/forms/d/e/1FAIpQLSfykj6
ބީލަން ހުށަހެޅުން:
ބީލަން ހުޅުވުން އޮންނާނީ 12 ޑިސެމްބަރ 2021 ވާ އާދިއްތަ ދުވަހުގެ 13:00 ގައި މިއިދާރާގެ ކޮންފަރެންސް
ހޯލުގައެވެ. ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކާއި ގަޑިޖެހުމަށްފަހު ހުށަހަލުއްވާ ބީލަންތަކާއި، އީމެއިލްގެ ޒަރިއްޔާއިން
ފޮނުވާ ބީލަންތައް ބަލައިނުގަނެވޭނެކަމާއި، އަދި މައުލޫމާތު ފުރިހަމަނުވާ ބީލަންތައް ބާތިލުވާނެވާހަކަ މައުލޫމާތައްޓަކައި ދެންނެވީމެވެ.
ބީލަމާއި ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފްކުރުމަށް ބޭނުންވެލައްވާނަމަ އީމެއިލް ކުރައްވާނީ 30 ނޮވެމްބަރ 2021 ވާ އަންގާރަ
ދުވަހުގެ 14:00 މިކައުންސިލްގެ [email protected] އީމެއިލް އެޑްރެހަށެވެ.
މިބީލަމުގައި ބައިވެރިވަޑައިގެންނެވޭނީ މިނިސްޓްރީ އޮފް އިކޮނެމިކް ޑިވަލޮޕްމަންޓްގެ މި ޤާނޫނު ނަންބަރ 18/2014
( ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ) ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި ޤާނޫނު ނަންބަރ 19/2014
( އަމިއްލަފަރުދުންގެ ވިޔަފާރި ޤާނޫނު ) ގެ ދަށުން ރަޖިސްޓްރޫވެފައިވާ ފަރާތްތަކަށެވެ.
12 ރަބީޢުލްއާޙިރު 1443
17 ނޮވެމްބަރ 2021