ދެންނެވުން
ނަންބަރު: 2021/41
ޕަބްލިޝްކުރި ތާރީޚް: 17 ނޮވެންބަރު 2021
ޕަބްލިޝްކުރި ގަޑި: 17:42
ސިވިލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
ސިވިލް ސަރވިސްގެ އިދާރާތަކުން ހުސްވާ މަގާމުތަކަށް މުވައްޒަފުން އައްޔަންކުރަން ހުށަހެޅުމުގައި މިނިސްޓްރީ އޮފް ފިނޭންސްގެ ހުއްދަ ހުށަހަޅަން ނުޖެހޭގޮތަށް ހަމަޖެއްސުން

މިނިސްޓްރީ އޮފް ފިނޭންސްގެ ނަންބަރު B-13/CIR/2021/36 (10 ނޮވެންބަރު 2021) މާލިއްޔަތާބެހޭ ސަރކިއުލަރ އިން، ސިވިލް ސަރވިސްގެ އިދާރާތަކުން ހުސްވާ މަގާމުތަކަށް މުވައްޒަފުން ނެގުމުގައި މިހާރު އަމަލުކުރަމުންދާ އުޞޫލު ބަދަލުކޮށް، ބަނޑޭރި ޕޯޓަލް މެދުވެރިކޮށް މިނިސްޓްރީ އޮފް ފިނޭންސްގެ ހުއްދަ ހޯދުމުގެ ބަދަލުގައި، ބަނޑޭރި ޕޯޓަލްގެ ތެރެއިން އެ އިދާރާއެއްގެ ނުވަތަ ދާއިރާގެ ފައިނޭންސް އެގްޒެކެޓިވްގެ ހުއްދައާއެކު މުވައްޒަފުން ނެގުމުގެ މަސައްކަތް ކުރިޔަށްގެންދިއުމަށް އަންގަވާފައިވާތީ ދަންނަވަމެވެ.

1 ޖަނަވަރީ 2020 ގެ ފަހުން، ސިވިލް ސަރވިސްގެ އިދާރާތަކުން ހުސްވެފައިވާ ނުވަތަ ހުސްވާ މަގާމުތަކަށް މުވައްޒަފުން ނެގުމުގައި، ޙަވާލާދެވުނު މިނިސްޓްރީ އޮފް ފިނޭންސްގެ މާލިއްޔަތާބެހޭ ސަރކިއުލަރގައިވާ މިންގަނޑަށް ފެތޭ މަގާމުތަކަށް، އެ ސަރކިއުލަރގައިވާ ގޮތަށް އަމަލުކޮށް، ވަޒީފާ ހަމަޖެއްސުމަށް ސީއެސްވިއުގަ މެދުވެރިކޮށް ސިވިލް ސަރވިސް ކޮމިޝަނަށް ހުށަހެޅުމުގައި، ބަނޑޭރި ޕޯޓަލް މެދުވެރިކޮށް ފައިނޭންސް އެގްޒެކެޓިވް ދެއްވާފައިވާ ހުއްދައިގެ ސްކްރީން ޝޮޓެއް ހިމެނުއްވުމަށް ދެންނެވީމެވެ.

އަދި، މިއަދުން ފެށިގެން ހަވާލާދީފައިވާ މާލިއްޔަތާބެހޭ ސަރކިއުލަރގައިވާ މިންގަނޑަށް ފެތޭ މަގާމުތަކަށް މީހުން ހަމަޖެއްސުމަށް ކޮމިޝަނަށް ހުށަހެޅުމުގައި މިނިސްޓްރީ އޮފް ފިނޭންސްގެ ހުއްދަ ހުށަހަޅަންނުޖެހޭނެކަން ވެސް ދެންނެވީމެވެ.

17 ނޮވެންބަރު 2021