ދިވެހިރާއްޖެ
`
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް
މާލެ، ދިވެހިރާއްޖެ
އިޢުލާން
މިސަރވިސްގެ ތިރީގައި ދެންނެވިފައިވާ މަޤާމަށް މުވައްޒަފުން ނެގުމަށް އިޢުލާން ކުރަމެވެ.
| 
 މަޤާމް:  | 
 އެސިސްޓެންޓް ސިވިލް އޮފިސަރ  | 
|
| 
 ރޭންކް:  | 
 ސީ 2  | 
|
| 
 ކްލެސިފިކޭޝަން:  | 
 ސިވިލް އޮފިސަރސް / ސަޕޯޓް ސަރވިސް  | 
|
| 
 އަސާސީ މުސާރަ:  | 
 މަހަކު -/5,400 ރުފިޔާ  | 
|
| 
 ސަރވިސް އެލަވަންސް:  | 
 މަހަކު -/3,500 ރުފޔާ  | 
|
| 
 ނޮން ޕްރެކްޓިސް އެލަވަންސް:  | 
 މަހަކު -/2,430 ރުފޔާ  | 
|
| 
 ބޭނުންވާ އަދަދު:  | 
 ހެޑް އޮފީސް (03) ، މާފުށި ޖަލު (01)  | 
|
| 
 މަސައްކަތް ކުރަންޖެހޭ ތަން:  | 
 ހެޑް އޮފީސް، މާފުށި ޖަލު  | 
|
| 
 މަޤާމުގެ ގިންތި:  | 
 ކޮންޓްރެކްޓް ( 06 މަސްދުވަސް)  | 
|
| 
 ފެންވަރު ނުވަތަ ޝަރުތު:  | 
 މަ މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، 1.ސަނާވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއި އެކު، ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގައި 'ދިވެހި' އަދި 'އިސްލާމް' މި މާއްދާތަކުން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން ނުވަތަ 2.ސާނަވީ ތައުލީމް ފުރިހަމަ ކުރުމަށްފަހު މަސައްކަތުގެ ދާއިރާގައި 02 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ 3.މަޤާމު މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު، ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގައި 'ދިވެހި' އަދި 'އިސްލާމް' މި މާއްދާތަކުން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. 4. މީލާދީ ގޮތުން 18 (އަށާރަ) އަހަރު ފުރި، 40 (ސާޅީސް) އަހަރު ނުވާ މީހަކު ކަމުގައިވުން  | 
|
| 
 މަޤާމުގެ މަސްއޫލިއްޔަތު:  | 
 ބަޖެޓް އެންޑް ފައިނޭންސް (ހެޑް އޮފީސް) 1. ދައުލަތުގެ އޮންލައިން ފައިސާއާއި ގުޅޭ ނިޒާމް ( ބަނޑޭރި ޕޭ ) މެދުވެރިކޮށް މިސަރވިސްއަށް ހުށަހެޅޭ އެންމެހައި ފައިސާގެ ރިކުއެސްޓްތައް ޗެކްކޮށް ހަމަޖެހިފައިވާ އުޞޫލުގެ ތެރެއިން އެކްސެޕްޓްކުރުން. 2. ދައުލަތުގެ އޮންލައިން ފައިސާއާއި ގުޅޭ ނިޒާމް ( ބަނޑޭރި ޕޭ ) މެދުވެރިކޮށް މިސަރވިސްއަށް ހުށަހެޅޭ އެންމެހައި ފައިސާގެ ރިކުއެސްޓްތަކުގައި މައްސަލައެއް އުޅޭނަމަ އެކަން އެފަރާތްތަކަށް އަންގައި ސަބަބާއިއެކު ރިޖެކްޓްކޮށް އެފަރާތްތަކަށް އަލުން ރިކުއެސްޓް ހުށަހެޅުމަށް މަގުފަހި ކޮށްދިނުން. 3. ދައުލަތުގެ އޮންލައިން ފައިސާއާއި ގުޅޭ ނިޒާމް ( ބަނޑޭރި ޕޭ ) މެދުވެރިކޮށް މިސަރވިސްއަށް ހުށަހެޅޭ ގައިދީންނާއި ބަންދުމީހުންނާއި ގުޅުންހުރި އެންމެހައި ފައިސާގެ މުޢާމަލާތްތަކުގެ އެޑްމިނިސްޓްރޭޓިވް މަސައްކަތްތައް ބެލެހެއްޓުން. އޮފެންޑަރ މެނޭޖްމަންޓް (ހެޑް އޮފީސް) 1. ޤައިދީންނާއި ބަންދުމީހުން ހުށަހަޅާ ޝަކުވާ ފޯމް ތަކާއި އެމީހުންގެ ޢާއިލާތަކުން ހުށަހަޅާ ސިޓީތަކުގެ ޖަވާބު ދިނުން. 2. އެކިއެކި އިދާރާތަކުން ޤައިދީންނާއި ބަންދުމީހުންނާބެހޭގޮތުން ފޮނުވާ ސިޓީތަކުގެ ޖަވާބު ދިނުމާއި އެކިފަރާތްތަކަށް ފޮނުވާ ސިޓީ، މެސެޖް ފޮނުވުން. 3. ޤައިދީންނާއި ބަންދު މީހުންނާ ބެހޭގޮތުން ތަޙުޤީޤީ އިދާރާތަކުން ހޯދަން އެދޭ މަޢުލޫމާތު ކަމާ ގުޅުންހުރި ސެކްޝަންތަކުންނާއި ޖަލުތަކުން ހޯދާ އެ މަޢުލޫމާތްތައް އެ އިދާރާތަކަށް ފޮނުވުން. 4. ޤައިދީންނާއި ބަންދުމީހުންގެ ޢާއިލަތަކުންނާއި ޢާއްމު ފަރާތްތަކުން ފޯނުންނާއި އީމެއިލް މެދުވެރިކޮށް ހުށަހަޅާ ޝަކުވާތަކަށް ޖަވަބު ދިނުން. 5. ސަރުކާރުގެ އެކިއެކި އިދާރާތަކުންނާއި ޤައިދީންނާ ބަންދުމީހުންގެ ޢާއިލާތަކުން ޤައިދީންނާއި ބަންދުމީހުންނަށް ފޮނުވާ ސިޓީތަކާއި ލިއުންތައް އެފަރާތްތަކާ ޙަވާލުކުރުން. 6. ޤައިދީންނާ ބަންދުމީހުންލައްވާ ސޮއިކުރުވުމަށް އެކިފަރާތްތަކުން ފޮނުވާ ލިޔެކިއުންތަކުގައި ސޮއިކުރުވުމަށްފަހު އެފަދަ ލިޔެކިއުންތައް އެފަރާތްތަކަށް ރައްދުކޮށްދިނުން. 7. ސެކްޝަނުގެ އެންޓްރީ ބެލެހެއްޓުން (އީމެއިލް، ޖެމްސް ބެލެހެއްޓުން) 8. ޤައިދީންނާއި ބަންދު މީހުންގެތެރެއިން އެކިއެކި ބޭނުންތަކަށް ރާއްޖެއިންބޭރަށް ދާންޖެހޭ މީހުން ފުރުވާލުމަށްޓަކައި އިދާރީގޮތުން ހަމަޖައްސަންޖެހޭ އެންމެހައި ކަންކަން ހަމަޖެއްސުން. މެޑިކަލް ސެކްޝަން (މާފުށި ޖަލު) 1. ސިއްޙީ ފަރުވާ ދިނުމަށް މާލެ ގެންދިއުމަށް ޑޮކްޓަރު ރިފަރ ކުރާ ޤައިދީންނާއި ބަންދުމީހުންގެ އެޕޮއިންޓްމަންޓްގެ ކަންތައް މާލެ މެޑިކަލްއާ ގުޅިގެން ހަމަޖެއްސުން؛ 2. ޤައިދީންނާއި ބަންދުމީހުންގެ މެޑިކަލް ފައިލްތައް ހަދާ އެފައިލްތައް އަޕްޑޭޓްކޮށް ބެލެހެއްޓުން؛ 3. ޤައިދީންނާއި ބަންދުމީހުން ޑޮކްޓަރަށް ދެއްކުމާ ގުޅޭ ގޮތުން އިދާރީ ގޮތުން ފުރިހަމަ ކުރަންޖެހޭ ލިޔެކިޔުންތައް ފުރިހަމަ ކުރުން؛ 4. ކޮންމެ ދުވަހަކުވެސް ސިއްޙީ ފަރުވާ ދިނުމަށް މާލެ ގެންދާ ޤައިދީންނާއި ބަންދުމީހުންގެ މެޑިކަލް ފައިލްތަކާއި އެހެނިހެން މެޑިކަލް ލިޔުންތައް މާލެ ފޮނުވުމާއި އަދި އެމީހުންނަށް އަންގަންޖެހޭ އެންގުންތައް އެންގުން؛ 5. ޤައިދީންނާއި ބަންދުމީހުންނާއި އަދި އެހެނިހެން ފަރާތްތަކުން ޤައިދީންނާއި ބަންދުމީހުންގެ ސިއްޙީ ފަރުވާއާ ގުޅޭ ގޮތުން ހުށަހަޅާ ސިޓީތަކަށް ޖަވާބު ދިނުން؛ 6. ޤައިދީންނާއި ބަންދުމީހުންގެ ޝަކުވާ ފޯމްތަކަށް ޖަވާބުދިނުމާއި، ބައްދަލުކުރަންޖެހޭ ފަރާތްތަކާ ބައްދަލުކުރުން، އެޑްމިނިސްޓްރޭޝަން ( ހެޑް އޮފީސް) 1. އެޑްމިނިސްޓްރޭޝަން ސެކްޝަނަށް އަންނަ އެންޓްރީތައް ބަލާ ވެރިޔާގެ ލަފާގެމަތިން ކުރިޔަށް ގެންދިއުން. 2. އޮފީސް ހުޅުވާ ބަންދުކުރާ ތާވަލު ހެދުމާއި، އޮފީސް ހުޅުވާ ބަންދުކުރާ ފޮތް ބެލެހެއްޓުން. 3. އެޑްމިން ސެކްޝަންގެ ޔައުމިއްޔާ އަދި މި ސަރވިސްގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުން. 4. މި ސަރވިސް އާއި ޖަލުތަކުގައި ބޭނުންކުރާ އެންމެހައި ވެހިކަލްތަކާއި، އުޅަނދުފަހަރާގުޅޭ އެންމެހައި އިދާރީ މަސައްކަތްތައް ކުރުން. 5. ރިސެޕްޝަންގެ މުވައްޒަފުންގެ މަސައްކަތްތަކުގައި އެހީތެރިކަމެއް ބޭނުން ޖެހިއްޖެ ނަމަ ސެކްޝަންވެރިޔާގެ އިރުޝާދާއި އެކު މަސައްކަތްކުރުން. 6. ހެޑް އޮފީހުގެ ކުނީގެގޮތުގައި އުކާލަންޖެހޭ ތަކެތި ރައްކާތެރިކަމާއިއެކު އުކާލުމުގެ މަސައްކަތް ކުރުން. 7. ހެޑްއޮފީހުގެ މީޓިންގ ރޫމް ބެލެހެއްޓުމާބެހޭގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން. 8. އެޑްމިން ސެކްޝަނުން ލިޔަންޖެހޭ ސިޓީ ، މެމޯ ފަދަ ތަކެތި ލިޔެ ފައިލްކޮށް ބެލެހެއްޓުން. 9. ސެކްޝަންގައި ބޭނުންކުރާ ފޮތްތަކާއި ފައިލްތައް ތައްޔާރުކޮށް ބެލެހެއްޓުން. 10.އޮފީހުން ޙަވާލުކުރާ އޮފީހާއިގުޅޭ އެހެނިހެން އޮފީސް މަސައްކަތްތައް ކުރުން.  | 
|
| 
 މީހުން ހޮވުމުގައި އިސްކަން ދެވޭ ކަންތައްތައް:  | 
  | 
|
| 
 ހުށަހަޅަންޖެހޭ ލިޔުންތައް:  | 
  | 
|
| 
 ސުންގަޑި: 
  | 
  | 
|
| 
 އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:  | 
  | 
|
| 
 ޝޯޓް ލިސްޓްކުރުން:  | 
  | 
|
| 
 މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކުރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ:  | 
 50% ( ފަންސާސް އިންސައްތަ)  | 
|
| 
 އިތުރު މަޢުލޫމާތު ސާފުކުރުމަށް: 
  | 
 މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3026115 ނަންބަރު ފޯނަށް، ނުވަތަ 3026114 ނަންބަރު ފޯނަށެވެ އަދި އީމެއިލް ލިބުނުކަން ކަށަވަރު ކުރުމަށް ގުޅާނީ 3026143 ނަންބަރު ފޯނަށް ނުވަތަ 3312694 ނަންބަރު ފޯނަށެވެ.  | 
|
| 
 (ފޯމާއެކު ހުށަހަޅުއްވާ ހުރިހާ ލިޔެކިއުންތައް ހުންނަންވާނީ ފޯމާއެކު ހީރަސްޖަހާ ސަފުހާ ނަންބަރު ޖަހާފައެވެ.)  | 
||
| 17 ނޮވެމްބަރު 2021 | ||