ދިވެހިރާއްޖެ
ނަންބަރު : (IUL)MMPRC-PRO/1/2021/55
އިޢުލާން
މި ކޯޕަރޭޝަންގެ ފަރާތުން ރާއްޖެއާއި ރާއްޖެއިން ބޭރުގައި ބައިވެރިވާ ފެއަރ އަދި އެހެނިހެން ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ބައިވެރިވާ ހަރަކާތްތަކުގައި ބޭނުންކުރާނެ " މޯލްޑިވްސް ޑެސްޓިނޭޝަން ގައިޑް 2021 ގެ 9 ލޭންގްއޭޖް" ޕްރިންޓް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
މި މަސައްކަތް ކޮށްދެއްވުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 2021 ނޮވެމްބަރ 25 ވާ ބުރާސްފަތި ދުވަހުގެ މެންދުރު ފަހު 03:00 ގެ ކުރިން އީމެއިލް މެދުވެރިކޮށް ބިޑް ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން 2021 ނޮވެމްބަރ 30 ވާ އަންގާރަ ދުވަހުގެ މެންދުރު ފަހު 15:00ގެ ކުރިން ތިރީގައި ބަޔާންކުރެވިފައިވާ މި ކޯޕަރޭޝަންގެ އީމެއިލް އެޑްރެސްއަށް އީމެއިލްކުރެއްވުން އެދެމެވެ.
ވީމާ މިމަސައްކަތް ކޮށްދެއްވުމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން 2021 ޑިސެމްބަރ 05 ވާ އާދިއްތަ ދުވަހުގެ ހެނދުނު 11:00އަށް، ހ. ޒޮނާރިއާގެ ދެވަނަ ފަންގިފިލާގައި ހުންނަ މި ކޯޕަރޭޝަންގެ އޮ ފީހަށް ވަޑައިގެން އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.
ބިޑް ރަޖިސްޓްރީ ކުރެއްވުމަށް ތިރީގައިވާ ބަޔާންކުރެވިފައިވާ މަޢުލޫމާތު ފުރިހަމަ ކުރެއްވުމަށްފަހު ތިރީގައިވާ އީމެއިލް އެޑްރެސް އަށް ފޮނުއްވުން އެދެމެވެ.
- ބިޑު ހުށަހަޅާ ފަރާތުގެ ނަން:
- ކުންފުނީގެ ނަން:
- ގުޅޭނެ ފޯނު ނަންބަރ:
- އީމެއިލް އެޑްރެސް:
- އީމެއިލްގެ ސަބްޖެކްޓް: To hire a party to print Maldives Destination Guide 2022 in 9 languages
ބިޑް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ އެންމެހާ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. މި އިޢުލާން އާއި އެކު މަޢުލޫމާތު ކަރުދާސް އެޓޭޗް ކުރެވިފައި ވާނެއެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް އީމެއިލް ކުރެވުން އެދެމެވެ.
އީމެއިން އެޑްރެސް: [email protected] copy to [email protected]
ނަން: ހަސަން ޝަހީލް
މަޤާމް: އެގްޒެކެޓިވް ޑިރެކްޓަރ، ޕްރޮކިއުމެންޓް
12 ރަބީއުލް ޢާހިރް 1442
17 ނޮވެމްބަރ 2021