ދިވެހިރާއްޖެ
ޑްރަގް ކޯޓް
މާލެ، ދިވެހިރާއްޖެ
16 ނޮވެމްބަރު 2021 ގައި މި ކޯޓުން އެޑްމިނިސްޓްރޭޓިވް އޮފިސަރެއް ހޯދުމަށް ކޮށްފައިވާ ނަންބަރު: (IUL) 435-A1/1/2021/11 ޢިއުލާން ބާޠިލުކޮށް އަލުން ޢިއުލާންކުރަމެވެ. އަދި ދެންނެވިދިޔަ އިޢުލާނާއި ގުޅިގެން އެޕްލިކޭޝަން ހުށައަޅުއްވާފައިވާ ފަރާތްތަކުން އަލުން އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ.
ވަޒީފާގެ ފުރުޞަތު |
ނަންބަރު: IUL) 435-A1/2021/14 |
||
ތާރީޚް: 17 ނޮވެމްބަރު 2021 |
|||
މަޤާމު |
އެޑްމިނިސްޓްރޭޓިވް އޮފިސަރ |
||
ޢަދަދު |
1 |
ރޭންކް: ޖީ.އެސް.3 |
|
މަސައްކަތްކުރަންޖެހޭ ތަން: |
ޑްރަގް ކޯޓު / ކ.މާލެ |
ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1 |
|
ސެކްޝަން: |
ސެކްޝަން / ޔުނިޓް: ބަޖެޓް ޔުނިޓް |
||
އަސާސީ މުސާރަ: |
4,465/- ރުފިޔާ |
||
އެލަވަންސް: |
- ސަރވިސް އެލަވަންސް: -/1,500 ރުފިޔާ - ލިވިންގ އެލަވަންސް: -/2,700 ރުފިޔާ - ޖުޑީޝަލް އެލަވަންސް: މުސާރައިގެ %40 - ކަނޑައެޅިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާ. |
||
އަސާސީ ޝަރުޠު: |
1- ސާނަވީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓިފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން، ނުވަތަ، 2- މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 3 ގެ ސަނަދެއް ޙާސިލްކޮށްފައިވުން. |
||
އެހެނިހެން ޝަރުޠު |
- ވަޒީފާއަށް އެދި ހުށަހަޅާއިރު، މީލާދީގޮތުން އުމުރުން 18 އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން އަދި، ވަޒީފާއިން މުސްކުޅިކުރުމުގެ އިޚްތިޔާރު ލިބޭ އުމުރު ކަމަށްވާ 55 އަހަރަށްވުރެ ދޮށީ މީހަކު ކަމުގައި ނުވުން. - ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ޤަވާޢިދު 2011ގެ 70 ވަނަ މާއްދާގެ (ހ)ގެ 6 އަދި 7 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދަ ޢާއިލީ ގާތްކަމެއް ޑްރަގް ކޯޓުގެ މުވައްޒަފަކާ ހުރި ފަރާތެއްކަމުގައި ނުވުން. |
||
މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތުތައް: |
|
||
ތަޢުލީމީ ރޮނގު |
ފައިނޭންސް / އެކައުންޓިންގ / އެޑްމިނިސްޓްރޭޝަން / ޤާނޫނީ ދާއިރާ / އޮފީސް މެނޭޖްމަންޓް / އިންފޮމޭޝަން ޓެކްނޮލަޖީ |
||
ގުޅޭ ވަޒީފާގެ ދާއިރާތައް |
ބިޒްނަސް އެޑްމިނިސްޓްރޭޝަން / ޕަބްލިކް އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް ދާއިރާ / ޝަރީޢާ، ޤާނޫނު ދާއިރާ / އިންފޮމޭޝަން ޓެކްނޮލޮޖީ ދާއިރާ / ފައިނޭންސް އަދި އެކައުންޓިންގ ގެ ދާއިރާ |
||
ހުށަހަޅަންޖެހޭ ތަކެތި:
|
1- ޝަރުޢީ ދާއިރާގެ ވަޒީފާއަށްއެދޭ ފޯމު. 2- ކުރިމަތިލާ ފަރާތުގެ ވަނަވަރު. 3- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ. 4- ޖީސީއީ އޯލެވެލް އަދި އޭލެވެލް ސެޓްފިކެޓް ތަކުގެ ކޮޕީ. 5- ލިބިފައިވާ މަތީ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕ އަދި ޓްރާނސްކްރިޕްޓްގެ ކޮޕީ. 6- ކުރު މުއްދަތުގެ ޓްރެއިނިންގ ޕްރޮގްރާމްތަކާއި، ކޯސްތަށް ފުރިހަމަކުރިކަމުގެ ލިޔުންތަކުގެ ކޮޕީ. 7- މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައަޅާފައިވާ ފެންވަރުގެ ކޯހެއް ރާއްޖެއިން ބޭރުގެ ތަޢުލީމުދޭ މަރުކަޒަކުން ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއް ނަމަ، ކޯސް ފުރިހަމަ ކުރެއްވި ކަމުގެ ރަސްމީ ލިޔުމާއެކު، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ކޯހުގެ ލެވެލް ބަޔާންކޮށް ދޫކޮށްފައިވާ ކޮލިފިކޭޝަން އެސެސްމަންޓް ރިޕޯޓް ހުށަހެޅުމާއި، އަދި ސެޓްފިކެޓް ލިބިފައިވާ ފަރާތްތަކުން ސެޓްފިކެޓް އެކްރެޑިޓްކޮށް ހުށަހެޅުން. 8- މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައަޅާފައިވާ ފެންވަރުގެ ކޯހެއް ރާއްޖޭގައި ތަޢުލީމުދޭ މަރުކަޒަކުން ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއް ނަމަ، ކޯސް ފުރިހަމަ ކުރެއްވި ކަމުގެ ރަސްމީ ލިޔުން ހުށަހެޅުމަށާއި، އަދި ފުރިހަމަކޮށްފައިވާ ކޯހަކީ ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީއަކާ ގުޅިގެން ރާއްޖޭގައި ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށް ގެންގޮސްފައިވާ ކޯހެއް ނަމަ އެކަން އެނގޭނޭ ރަސްމީ ލިޔުމާއެކު ސެޓްފިކެޓް ހުށަހެޅުން. 9- އަދާކޮށްފައިވާ އަދި އަދާކުރަމުންދާ ވަޒީފާތަކާއި، އެ މަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކް، މަޤާމުގައިވީ މުއްދަތު އަދި މަސްޢޫލިއްޔަތު އެނގޭނެ ލިޔުންތަކުގެ ކޮޕީ. |
||
ސުންގަޑި: |
28 ނޮވެމްބަރ 2021 ވާ އާދީއްތަ ދުވަހުގެ 12:00ގެ ކުރިން. |
||
އިތުރު މަޢުލޫމާތު:
|
- މި މަޤާމަށް އެދިލައްވާ ފަރާތްތަކުން ފުރަންޖެހޭ ވަޒީފާއަށް އެދޭ ފޯމު މި ކޯޓުގެ ކައުންޓަރުންނާއި ވެބްސައިޓް www.drugcourt.gov.mv އިން ލިބެން ހުންނާނެއެވެ. - މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅޭނެ ނަންބަރު: 3018556 - އެޕްލިކޭޝަން ހުށައަޅަންވީ އެޑްރެސް: ޑްރަގް ކޯޓު، ޢިއްޒުއްދީން މަގު. - އެޕްލިކޭޝަން އީމެއިލް ކުރަންވީ އެޑްރެސް: [email protected] - ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް ކަމަށް މި އިޢުލާނުގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމުތައް ބާޠިލް ލުރެވޭނެ ވާހަކަ ދެންނެވީމެވެ. - އީމެއިލް މެދުވެރިކޮށް ފޮނުވާ ފޯމްތައް ބަލއިގަނެވޭނީ އެއް ޑޮކިއުމަންޓެއްގެ ގޮތުގައި ފީ.ޑީ-އެފް (PDF) ފޯމެޓްގައި ފޮނުވާ ފޯމްތައް އެކަނި ކަމުގައި ދެންނެވީމެވެ. އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް އަންނައިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެނައުން އެދެމެވެ. |
||
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައް |
އެޑްމިނިސްޓްރޭޓިވް އޮފިސަރ މަޤާމަށް އެންމެ ޤާބިލް ފަރާތެއް ހޮވާނީ ލިބިފައިވާ ތަޢުލީމާއި، ތަޖުރިބާއާއި، މަސައްކަތަށް ބޭނުންވާ ހުނަރާއި، މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށާއި ޤާބިލްކަން ކަށަވަރު ކުރުމަށްޓަކައި ކުރެވޭ އިންޓަރވިއުއަށް ބަލައެވެ. މިގޮތުން މިބައިތަކަށް މާރކްސް ކަނޑައެޅިފައިވަނީ:
|
||
މަޤާމަށް މީހުން ހޮވުމުގައި އިސްކަން ދެވޭނެ ކަންތައްތައް |
- ދިވެހިބަހާއި އިނގިރޭސިބަހުން ފަރިތަކޮށް ވާހަކަދައްކަން އެނގުން. - ޤާނޫނުތަކާއި، ޤަވާއިދުތަކަށް އަހުލުވެރި ފަރާތަކަށްވުން. - ގިނަވަގުތު އޮފީހުގެ މަސައްކަތުގައި އެޅެވޭނެ މީހެއް ކަމުގައިވުން. - މައިކްރޯސޮފްޓް ޕެކޭޖަށް އަހުލުވެރި ފަރާތެއްކަމުގައިވުން. |