ދިވެހިރާއްޖެ
ކޮޅުމަޑުލު ތިމަރަފުށީ ކައުންސިލްގެ އިދާރާ
ތ.ތިމަރަފުށި، ދިވެހިރާއްޖެ.
ނަންބަރު:
އިޢުލާން
ސިއްޙީމަރުކަޒުގެ އެކްސްޓެންޝަން ޢިމާރާތާއި ވަށާފާރު ރާނައި ދޭނެ ފަރާތެއް ހޯދުމަށް
ސަރުކާރުގެ ޕީއެސްއައިޕީ ގެ ދަށުން މިނިސްޓްރީ އޮފް ހެލްތާއި މި ކައުންސިލާއި ދެމެދު ވެވިފައިވާ އެއްބަސްވުމުގެ ދަށުން ކޮޅުމަޑުލު ތިމަރަފުށީ ޞިއްޙީ މަރުކަޒުގެ އެކްސްޓެންޝަން ޢިމާރާތާއި ވަށާފާރު ރާނާ ދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މިއިދާރާގެ ނަމްބަރު(IUL)391-EM/391/2021/06 އިއުލާނާއި ގުޅިގެން ދެ ފަރާތެއް ބިޑް ހުށަހެޅި ނަމަވެސް، އެއްފަރާތެއްގެ ޝަރުތު ހަމަނުވުމާއި އަނެއް ފަރާތުގެ އަގު ބޮޑުވުމާއި ގުޅިގެން އެ އިއުލާން ބާޠިލުކޮށް، ބިޑް ހުށައެޅުމުގެ ފުރުސަތު ތިންވަނަ ފަހަރަށް ހުޅުވާލާ އަލުން އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ.
ވީމާ މިއިދާރާއިން ދޭ މައުލޫމާތާއި އެއްގޮތަށް އަމިއްލަ ތަކެތީގައި މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 17 ނޮވެމްބަރު 2021 ވާ ބުދަ ދުވަހުން ފެށިގެން 30 ނޮވެމްބަރު 2021 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 13:30 ގެ ކުރިން [email protected] އަށް ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 07 ޑިސެމްބަރ 2021 ވާ އާދިއްތަ ދުވަހު 11:00 ގައި މި އިދާރާގައެވެ.
މި އިޢުލާނާއި ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅު ވެވަޑައިގަންނަވާނަމަ 30 ނޮވެމްބަރު 2021 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 13:30 ގެ ކުރިން [email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.
12 ރަބީޢުލްއާޙިރު 1443
17 ނޮވެމްބަރު 2021