ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)23-HRD(FRS)/23/2021/292
ޕަބްލިޝްކުރި ތާރީޚް: 17 ނޮވެންބަރު 2021
ޕަބްލިޝްކުރި ގަޑި: 13:37
ސުންގަޑި: 28 ނޮވެންބަރު 2021 14:00
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

މިނިސްޓްރީ އޮފް ހެލްތްގެ ދަށުން ހިންގަމުންގެންދާ ހޮސްޕިޓަލްތަކުގައި ވަގުތީ ގޮތުން މަސައްކަތްކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލަމެވެ.

މަޤާމު

ކޮންސަލްޓަންޓް އިން މެޑިސިން

މުސާރަ

-/77100

މަޤާމުގެ ގިންތި

ވަގުތީ (ވަޒީފާ ހަމަޖެއްސޭ ތާރީހުން ފެށިގެން 04 މަސްދުވަސް)

ބޭނުންވާ އަދަދު

06

މަޤާމް އޮތް އޮފީސް

މިނިސްޓްރީ އޮފް ހެލްތް

މަސައްކަތް ކުރަންޖެހޭ ތަން

މިނިސްޓްރީ އޮފް ހެލްތްގެ ދަށުން އަތޮޅުތެރޭގައި ހިންގަމުން ގެންދާ ހޮސްޕިޓަލްތަކުގައި

 

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

  • އެތެރެހަށީގެ ބަލިތަކުގެ ފަރުވާހޯދުމަށް އަންނަ ބަލިމީހާއާއި އޭނާގެ އާއިލާއާއި ވާހަކަ ދައްކާ ޖިސްމާނީ އަދި ނަފްސާނީ ބެލުންތައް ބަލައިގެން ބަލިހާލަތު ދެނެގަތުން
  • އޯ.ޕީ.ޑީ ގައި އެތެރހަށީގެ ޙާއްސަ ބަލިމީހުންނަށް ފަރުވާ ދިނުމާއި، އެނދުމަތި ކުރެވިފައިވާބަލިމީހުންނަށް ފަރުވާދިނުން
  • ބަލިމީހާ ރިފަރކުރާ އެހެން ޑޮކްޓަރުންނާ ސިއްހީ ޚިދުމަތްތެރިން އެކުލަވާލާފައިވާ މެޑިކަލް މައުލޫމާތު މުރާޖައާކުރުން
  • ބަލިހާލަތު ދެނެގަތުމަށް ބޭނުންވާ ޚާއްސަ ތަހުލީލިތައް ކުރުމަށް އެންގުމައި ކުރެވޭ ތަހްލީތަކުގެ ނަތީޖާ އެނެލައިޒްކޮށް ފަރުވާ ކުރިޔަށް ގެންދިއުމަށް އަދި ފަރުވާއަށް ގެންނަންޖެހޭ ބަދަލުތައް ގެނައުން
  • ބަލިމީހާއަށް ބޭސް ލިޔެދިނުމާއި ފަރުވަކުރުމާއި ބަލިތަކުން ރައްކާތެރިުމަށް އަޅާ ފިޔަވަޅުތަކަށް ބަލިމީހާގެ ހާލަތުބަދަލުވާގޮތް މޮނިޓަރކުރުން
  • ބަލިމީހާގެ މެޑީކަލް މައުލޫމަތު ލިޔެ ރެކޯޑްކޮށް ފުރިހަމަ ފަރުވާދިނުމަށް ބޭނުންވާ އެހެން ޑޮކްޓަރުންނާއި އެހެން ސިއްހީ ޕްރޮފެޝަނަލުންނާއި ހިއްސާކުރުން
  • ވޯޑް ރައުންޑްސްގައި ބައިވެރިވެ، އެޑްމިޓްކޮށްފައިތިބޭ ބަލިމީހުންގެ ފަރުވާ ކުރިޔަށް ގެންދާނޭގޮތް ނިންމުން. އަދި އެހެނިހެން ޑޮކްޓަރުންނާއި މަޝްވަރާކޮށް ބަލީމީޙާއަސް އެންމެ އެކަށީގެންވާ ފަރުވާ ކަނޑައެޅުން
  • އަތޮޅުތެރޭގެ ސިއްހީ ޚިދުމަތުގައި އެތެރެހަށީގެ ޚާއްސަ ޑޮކްޓަރެއގެ ޚިދުމަތަށް ބޭނުންވާ ހާލަތްތަކުގައި ބަލިމީހުންގެ ފަރުވާއާގުޅޭގޮތުން ލަފާާދިނުމާއި އަދި ޚިދުމަތް ބޭނުންވެއްޖެ ހާލަތްތަކުގައި ކަނޑައެޅިފައިއވާ މުއްދަތަށް އެޚިދުމަތް ފޯރުކޮށްދިނުން
  • ބަލިމީހުންނަށް ކުރިމަތިވާ ޚާއްސަ ސިއްހީ ހާލަތްތަކާއި ބަލިތަކުގެ އަސލު ދެނެގަތުމާއިބެހޭ ދިރާސާތައްކޮށް އެބަލިތަކުގެ ފަރުވާއައި ރައްކާތެރިވުމާއިބެހޭ ދިރާސާތައްކޮށް ސައިންޓިފިކް ރިޕޯޓްތަކުގައި ޝާއިއުކުރުން
  • އެނދުމަތި ކުރެވިފައިވާ ބަލިމީހުންނަށް ދޭންޖެހޭ ފަރުވާދިނުމާއެކު އިތުރަށް ކުރަންވީ ކަންތައްތަކުގެ އިރުޝާދު ވޯޑުގައި މަސައްކަތްކުރާ މެޑިކަލް އެފިސަރުންނާއި ނަރުހުންނަށް ދިނުމާއި ބަލިމީހާގެ ހާލަތު އެވަގުތު ހުރިގޮތް ބަލިމީހާގެ އާއިލާގެ މެމްބަރުންނަށް ތަފްސީލްކޮށް ކިޔައިދިނުން
  •  އާއްމު ސިއްހަތު ރައްކާތެރިކުރުމަށް ކުރެވޭ މަސައްކަތްކުގައާއި އާއްމު ހޭލުންތެރިކުރުމަށް ތައްޔާރުކުރުމަށް ތައްޔާރުކުރާ ޕްރޮގަރާމްތައް ރޭވުމުގައި ހިންގުމުގައި ބައިވެރިވުމާއި ސިއްހީ ޚިދުމަތުގެ ނިޒާމް ބައްޓަންކުރުމާއި އިތުރަށް ތަރައްގީކުރުމުގައި ބައިވެރިވެ ފަންނީ ލަފާދިނުން

 

މަޤާމު

ކޮންސަލްޓަންޓް އިން އެނެސްތީސިއޮލޮޖީ

މުސާރަ

-/77100

މަޤާމުގެ ގިންތި

ވަގުތީ (ވަޒީފާ ހަމަޖެއްސޭ ތާރީހުން ފެށިގެން 04 މަސްދުވަސް)

ބޭނުންވާ އަދަދު

06

މަޤާމް އޮތް އޮފީސް

މިނިސްޓްރީ އޮފް ހެލްތް

މަސައްކަތް ކުރަންޖެހޭ ތަން

މިނިސްޓްރީ އޮފް ހެލްތްގެ ދަށުން އަތޮޅުތެރޭގައި ހިންގަމުން ގެންދާ ހޮސްޕިޓަލްތަކުގައި

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

  • ބަލިމީހާއާއި އޭނާގެ އާއިލާއާއި ވާހަކަދައްކާ ޖިސްމާނީ އަދި ނަފްސާނީ ބެލުންތައް ބަލައިގެން ބަލިހާލަތު ދެނެގަތުން.
  • ބަލި މީހާ ރިފަރކުރާ އެހެން ޑްކްޓަރުންނާ ޞިއްޙީ ޚިދުމަތްތެރިން އެކުލަވާލައިފައިވާ މެޑިކަލް މައުލޫމާތު މުރާޖައާ ކުރުން.
  • ބަލިހާލަތި ދެނެގަތުމަށް ބޭނުންވާ ޚާއްސަ ތަހުލީލުތައް ކުރުމަށް އެންގުމާއި ކުރެވޭ ތަހުލީލުތަކުގެ ނަތީޖާ އެނެލައިޒްކޮށް ފަރުވާ ކުރުއަށް ގެންދިއުން އަދި ފަރުވާއަށް ގެނަންޖެހޭ ބަދަލުތައް ގެނައުން.
  • ބަލިމީހާއަށް ބޭސް ލިޔެދިނުމާއި ފަރުވާ ކުރުމާއި ބޭހަށް އަދި އެނެސްތީސިއާއަށާއި ނަފްސާނީ ފަރުވާއާއި ރިހެބިލިޓޭޝަން އަދި ބަލިތަކުން ރައްކާތެރިވުމަށް އަޅާ ފިޔަވަޅުތަކަށް ބަލިމީހާގެ ހާލަތު ބަދަލުވާގޮތް މޮނިޓަރކުރުން.
  • ފަރުވާއަށް ބޭނުންވާ ދްކްޓަރީ އާންމު އަދި ޚާއްސަ އޮޕަރޭޝަންތައްކުރުން.
  • މާބަނޑު ދުވަސްވަރާ ވުހެއުމުގެ ތެރޭގައާއި ވިހެއުމުގެ ފަހުން ވިމާވާ ނުރައްކާތެރި ހާލަތްތަކަށް ފަރުވާދިނުން.
  • ބަލިމީހާގެ މެޑިކަލް މައުލޫމާތު ލިޔެ ރެކޯޑްކޮށް ފުރިހަމަ ފަރުވާދިނުމަށް ބޭނުންވާ އެހެން ޑޮކްތަރުންނާއި އެހެން ޞިއްޙީ ޕްރޮފެޝަނަލުންނާ ހިއްސާކުރުން.
  • ޤާނޫނީ އަދި ފަންނީ ވާޖިބު އަދާކުކރުމުގެ ގޮތުން ފޯރުކޮށްދޭންޖެހޭ މައުލޫމާތާއި، ވިހާ މަރުވާ މީހުންގެ މައުލޫމާތާއި އަދި ނޯޓިފައި ކުރަންޖެހޭ ބަލިތަކުގެ މައުލޫމާތު ކަމާބެހޭ ދައުލަތުގެ އިދާރާތަކާ ހިއްސާކޮށް ދިރާސާތަކާއި ތަހުގީގުތަކުގައި އެހީތެރިވުން.

މަޤާމުގެ ޝަރުތު

މަޤާމުގެ ޝަރުތު  މެޑިކަލް އޮފިސަރގެ ޝަރުތު ހަމަވުމާއެކު، މޯލްޑިވިސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް ގަބޫލުކުރާ 3 އަހަރަށްވުރެ ކުރުނޫން އެމް.ޑީ / އެމް.އެސް ނުވަތަ އެއާ އެއްފެންވަރުގެ ޑިގްރީއެއް މެޑިކަލް ސްޕެޝަލިޓީއަކުން ހާސިލްކޮށްފައިވުމާއެކު،މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގައި ރަޖިސްޓްރީކޮށް ސްޕެޝަލިސްޓެއްގެ ގޮތުގައި ޕްރެކްޓިސް  ކުރުމުގެ ހުއްދަ ލިބިފައިވުން.

ހުށަހަޅަން ޖެހޭ ޑޮކިއުމަންޓް

  • މަޤާމަށް އެދި ހުށަހަޅާ ސިޓީ
  • ވަނަވަރު (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ  ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. (އެޓެސްޓްކޮށްފައިވާ)
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްގެ ކޮޕީ (އެޓެސްޓް ކޮށްފައިވާ)
  • މުއްދަތު ހަމަނުވާ ރެޖިސްޓްރޭޝަން އަދި ލައިސަންސްގެ ކޮޕީ (އެޓެސްޓްކޮށްފައިވާ)

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ލިޔެކިއުންތަކާއެކު ފޯމު 28 ނޮވެންބަރު 2021 ވަނަ ދުވަހުގެ 14:00 ގެ ކުރިން [email protected]  އަށެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ނޯޓް: އެޕްލިކޭޝަން ފޯމާއިއެކު ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލްއަކަށް ޕީ.ޑީ.އެފް ކުރުމަށް ފަހު، ފައިލުގައި އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ނަން ޖެހުމަށް ދަންނަވަމެވެ.

17 ނޮވެންބަރު 2021