ދިވެހިރާއްޖެ
ޕްރޮޕޯސަލް ހުށަހެޅުމުގެ ދަޢުވަތު
މި ކައުންސިލްގެ އިޙްތިޞޯސްގެ ތެރޭގައި ހިމެނޭ 4.7 ހެކްޓަރުގެ ފަޅުރަށް (ގއ.ކޮނޑޭ ވިލިނގިލި) ތިރީގައި ބަޔާންކޮށްފައިވާ މަސައްކަތްތައް ކުރުމަށް މީލާދީ 1 އަހަރު ދުވަހުގެ މުއްދަތައް ބީލަން އުޞޫލުން ކުއްޔަށް ދޫކުމަށް ވަނީ ހަމަޖެހިފައެވެ.
- ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ތަރައްޤީކޮށް ބޭނުން ކުރުން،
- ލާނިންގ ސެންޓަރ އެއްގެ ގޮތުގައި ތަރައްޤީކޮށް ބޭނުން ކުރުން،
- ރިސަރޗް ސެންޓަރެއްގެ ގޮތުގައި ތަރައްޤިކޮށް ބޭނުން ކުރުން،
ވީމާ، ކޮނޑޭ ވިލިނގިލި ކުއްޔަށް ނެންގެވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2021 ނޮވެމްބަރ 18 އާއި 2021 ނޮވެމްބަރ 23 އާއި ދެމެދު އެޓޭޗް ކުރެވިފައިވާ ގޫގުލް ފޯމް މެދުވެރިކޮށް ރަޖިސްޓްރީ ކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ. ރަޖިސްޓްރީ ކުރުމަށް ކަނޑައަޅާފައިވާ މުއްދަތުގައި ރަޖިސްޓްރީ ނުކުރައްވާ އެއްވެސް ފަރާތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެއެވެ.
ޕްރޮޕޯސަލް ހުށަހެޅުމަށް ރަޖިސްޓްރީ ކުރާނެ ލިންކަކީ: https://docs.google.com/forms/d/e/1FAIpQLSdfa6HCNbpi5YhAAcKNbEzBKCcG-4uVAxxIGYefDDW8O1t90w/viewform?vc=0&c=0&w=1&flr=0 އެވެ.
ކޮނޑޭ ވިލިނގިލި ކުއްޔަށް ދޫކުރުމާއި ބެހޭ ގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2021 ނޮވެމްބަރ 24 ވަނަ ދުވަހުގެ 13:00 ގައި ކޮނޑޭ ކައުންސިލް އިދާރާގައެވެ. އަދި ރަށް ކުއްޔަށް ނެގުމަށް ޕްރޮޕޯސަލް ހުށަހެޅަންޖެހޭ ތާރީޚަކީ 2021 ނޮވެމްބަރ 29 ވަނަ ދުވަހުގެ 13:00 އަށެވެ. ޕްރޮޕޯސަލްތައް ހުޅުވުމަށް ހަމަޖެހިފައިވަނީވެސް 2021 ނޮވެމްބަރ 29 ވަނަ ދުވަހުގެ 13:00 ގައި ޕްރޮޕޯސަލް ހުށަހަޅި ފަރާތްތަކުގެ ހާޟިރުގައެވެ.
ކޮނޑޭ ވިލިގިލި ކުއްޔަށް ނަގާ ފަރާރްރަކަށް ދޭ މަޢޫލޫމާތު މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
އިތުރު މަޢުލޫމާތު ސާފް ކުރައްވަން ބޭނުންވެލައްވާނަމަ ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ހުވަދުއަތޮޅު އުތުރުބުރީ ކޮނޑޭ ކައުންސިލް އިދާރާ
މުޙައްމަދު އަމީނުމަގު، ގއ.ކޮނޑޭ، ދިވެހިރާއްޖެ،
ފޯން އަދި ފެކްސް: 6820019 / 9662499
އީމެއިލް : [email protected]
ކޮޕީ : [email protected]