ބީލަން
ނަންބަރު: IUMH-AD/I/2021/38
ޕަބްލިޝްކުރި ތާރީޚް: 16 ނޮވެންބަރު 2021
ޕަބްލިޝްކުރި ގަޑި: 16:15
ސުންގަޑި: 18 ނޮވެންބަރު 2021 12:00
އައި.ޔޫ.އެމް. ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް، އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
އައި.ޔޫ.އެމް ސ. މީދޫ ލަރނިންގ ސެންޓަރުގައި ބުކްޝޮޕް ހަދާދޭނެ ފަރާތެއް ހޯދުން

އައި.ޔޫ.އެމް ސ. މީދޫ ލަރނިންގ ސެންޓަރުގައި ބުކްޝޮޕެއް  ހެދުމަށް ކުރެވުނު އިޢުލާން ނަންބަރު IUMH-AD/I/2021/33 އަށް އެކަށީގެންވާ މިންވަރަށް ޕްރޮޕޯޒަލްސް ލިބިފައިނުވާތީ އަލުން އިޢުލާނުކުރަމެވެ.

 

އިޢުލާން

 

އައި.ޔޫ.އެމް ސ. މީދޫ ލަރނިންގ ސެންޓަރުގައި ބުކްޝޮޕެއް  ހެދުމަށް ބޭނުންވެއެވެ.

ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން، 18 ނޮވެމްބަރ 2021 ވާ ބުރާސްފަތި ދުވަހުގެ 12:00 އަށް އައި.ޔޫ.އެމް މީދޫ ލަރނިންގ ސެންޓަރަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 25 ނޮވެމްބަރ 2021 ވާ ބުރާސްފަތި ދުވަހުގެ 12:00 ގައި އައިޔޫއެމް މީދޫ ލަރނިންގް ސެންޓަރުގައެވެ. އޮންލައިންކޮށް އަންދާޒީ ހިސާބު ހުށަހަޅަން ބޭނުންވާ ފަރާތްތަކުން 25 ނޮވެމްބަރ 2021 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން https://forms.gle/5isJBD3ZVkigHBNt6 އަށް އަންދާސީ ހިސާބު ހުށަހެޅޭނެއެވެ. ވަގުތު ހަމަވާފަހުން ހުށަހަޅާ އަންދާސީ ހިސާބު ބަލައިނުގަނެވޭނެވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

މިކަމާބެހޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު 14:00–09:00 ދެމެދު 9990490 އަށް ގުޅުއްވުން އެދެމެވެ.

16 ނޮވެމްބަރ 2021

16 ނޮވެންބަރު 2021