ބީލަން
ނަންބަރު: (IUL)235-ADS/235/2021/12
ޕަބްލިޝްކުރި ތާރީޚް: 16 ނޮވެންބަރު 2021
ޕަބްލިޝްކުރި ގަޑި: 14:45
ސުންގަޑި: 05 ޑިސެންބަރު 2021 10:00
ފެލިދެއަތޮޅު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވ.ތިނަދޫ ރަށްގިރުން ހައްލުކުރުމަށް އަދި ގޮނޑުދޮށް ހިމާޔަތްކޮށް ވެލިން މުއްސަނދިކުރުމަށް، ކޮންސެޕްޓެއް، ތަފްޞީލު ކުރެހުންތައް، އަދި އީ.އައި.އޭ ރިޕޯރޓް ތައްޔާރުކުރުން

ވ.ތިނަދޫ ރަށްގިރުން ހައްލުކުރުމަށް އަދި ގޮނޑުދޮށް ހިމާޔަތްކޮށް ވެލިން މުއްސަނދިކުރުމަށް، ކޮންސެޕްޓެއް، ތަފްޞީލު ކުރެހުންތައް، އަދި އީ.އައި.އޭ ރިޕޯރޓްތައްޔާރުކުރުން

                 ވ.ތިނަދޫ ރަށްގިރުން ހައްލުކުރުމަށް އަދި ގޮނޑުދޮށް ހިމާޔަތްކޮށް ވެލިން މުއްސަނދިކުރުމަށް، ކޮންސެޕްޓެއް އަދި ތަފްޞީލު ކުރެހުންތައް ތައްޔާރުކޮށް، އެ ކޮންސެޕްޓައި އެއްގޮތަށް މަސައްކަތްކުރިޔަށް ގެންދިޔުމަށް ތައްޔާރުކުރަންޖެހޭ އީ.އައި.އޭ ރިޕޯރޓްތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާތީ މިމަސައްކަތް ކުރުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

 

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަގުހުށަހެޅުއްވުމަށް ތިރީގައި މިދަންނަވާ ދުވަސްތަކުގައި ފެލިދެއަތޮޅު އަތޮޅު ކައުންސިލްގެ އިދާރާގެ ޕްރޮޖެކްޓްސް ސެކްޝަން މެދުވެރިކޮށް މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ބިޑްހުށަހެޅުމަށް ދަންނަވަމެވެ.

 

ތާރީޚް

ގަޑި

ތަން

ބީލަން ރަޖިސްޓަރީ ކުރުމާއި މައުލޫމާތު ސާފުކުރުން

23 ނޮވެމްބަރ 2021

11:00

ޒޫމް މެދުވެރިކޮށް

އަގު ހުށަހެޅުން

5ޑިސެމްބަރ 2021

10:00

ފެލިދެއަތޮޅު އަތޮޅު ކައުންސިލް އިދާރާ، ވ.ފެލިދޫ ދިވެހިރާއްޖެ

 

  • ބީލަމާއި ގުޅޭގޮތުން ބޭއްވޭ މަޢްލޫމާތު ބައްދަލުވުމުގައި ބައިވެރިވެލެއްވުމަށް ރެޖިސްޓްރީވުމަށް މި އިދާރާގެ ނަންބަރު 6700502 ނުވަތަ ވައިބަރ ނަންބަރު7949275 އަށް މެސެޖްކުރައްވާ ނަން ނޯޓް ކުރެއްވުމުން އެފަރާތަށް މަޢްލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވުމުގެ ލިންކް ފޮނުވައިދެވޭނެވެ.
  • ބީލަމާއި ގުޅޭގޮތުން ބޭއްވޭ މަޢްލޫމާތު ބައްދަލުވުމުގައި ބައިވެރިވެލެއްވުމަށް ރެޖިސްޓްރީވުމުގެ އެންމެ ފަހު ވަގުތަކީ 23 ނޮވެމްބަރ 2021 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 އެވެ. ބީލަމައި ގުޅޭގޮތުން ބޭއްވޭ މަޢްލޫމާތު ބައްދަލުވުމުގައި ބައިވެރިވެލެއްވުމަށް ރެޖިސްޓްރީވުމަށް ދެވިފައިވާ ގަޑީގެ ފަހުން އެދިވަޑައިގަންނަވާ އެއްވެސް ފަރާތަކަށް ބީލަމާއި ގުޅޭގޮތުން ބޭއްވޭ މަޢްލޫމާތު ބައްދަލުވުމުގައި ބައިވެރިވެލެއްވުމަށް ފުރުޞަތު ނުދެވޭނެ ވާހަކަ ބީލަންވެރިންގެ މަޢުލޫމާތަކަށްޓަކައި ދަންނަވަމެވެ.
  • ބީލަމަށް އަގުހުށަހެޅުމަށް އޮންނަ ބައްދަލުވުމުގައި ބައިވެރިވެވޭނީ ކަނޑައެޅިފައިވާ ވަގުތުގައި ބީލަމާއި ގުޅޭގޮތުން ބޭއްވޭ މަޢްލޫމާތު ބައްދަލުވުމުގައި ބައިވެރިވެލެއްވުމަށް ރެޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.

ނޯޓް: މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

އިތުރު މަޢުލޫމާތު: 

ފެލިދެއަތޮޅު އަތޮޅު ކައުންސިލްގެ އިދާރާ، ވ.ފެލިދޫ، ދިވެހިރާއްޖެ،

ފޯން: +960-6700502، ވައިބަރ: +960-7949275  ، އީމެއިލް: [email protected] 

 

16 ނޮވެންބަރު 2021