ޢާންމު މަޢުލޫމާތު
ނަންބަރު: B-381/IUL/2021/48
ޕަބްލިޝްކުރި ތާރީޚް: 16 ނޮވެންބަރު 2021
ޕަބްލިޝްކުރި ގަޑި: 13:35
ސުންގަޑި:
22 ނޮވެންބަރު 2021 20:00
ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ރަށުތަރައްޤީގެ ޕްލޭން ރައްޔިތުންނާއި ޙިއްސާކުރުން
2022-2026ށް ތައްޔާރުކުރެވިފައިވާ ކުޑަހުވަދޫގެ ތަރައްޤީގެ ޕްލޭން ރައްޔިތުންނާއި ޙިއްސާކުރުމަށް ބާއްވާ ރައްޔިތުންގެ ބައްދަލުވުމަށް ވަޑައިގެން ދެއްވުންއެދި، ކުޑަހުވަދޫގެ އެންމެހާ ރައްޔިތުންނަށް ދައުވަތުއަރުވަމެވެ. ބައްދަލުވުން އޮންނާނީ، 2021 ނޮވެމްބަރ 22 ވަނަ ދުވަހުގެރޭ 20:00 ގައި ކުޑަހުވަދޫ މަލްޓިޕާޕޯސް ބިލްޑިންގ ލައިބްރަރީގައެވެ. ރައްޔިތުންގެ މި ބައްދަލުވުމުގައި އޮންނާނީ، ބައްދަލުވުމަށް ވަޑައިގަންނަވާ ރައްޔިތުންނަށް ޕްލޭން ހުށައަޅުމާއި ރައްޔިތުންގެ ޚިޔާލު ހޯދުމެވެ.
މިއީ، ރަށުގެ ތަރައްޤީއާއިގުޅޭ މުޙިއްމު ޕްލޭނަކަށްވާތީ، ވީހާ ގިނަ ރައްޔިތުން ބައްދަލުވުމަށް ވަޑައިގެންނެވުމަކީ މިކައުންސިލްގެ ވަރަށް ބޮޑު އެދުމެއްކަމުގައި ދަންނަވަމެވެ.
16 ނޮވެންބަރު 2021