ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)343-AS/343/2021/119
ޕަބްލިޝްކުރި ތާރީޚް: 16 ނޮވެންބަރު 2021
ޕަބްލިޝްކުރި ގަޑި: 12:34
ސުންގަޑި: 22 ނޮވެންބަރު 2021 14:00
އަރިއަތޮޅު އުތުރުބުރީ ބޮޑުފޮޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

                  އިޢުލާނު  

ވަޒީފާގެ ފުރުޞަތު

މި ޢިދާރާގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ ޔޫތު ސެންޓަރަށް ކޮންޓްރެކްޓް އުސޫލުން 6 މަސްދުވަހަށް ސަރވިސް އޮފިސަރެއް ބޭނުންވާތީ ، އެމަޤާމަށް މުވައްޒަފެއް ހޯދުމަށް ޢިއުލާން ކުރަމެވެ.

މަޤާމް:

ސަރވިސް އޮފިސަރ

ބޭނުންވާ ޢަދަދު:

1 (އެކެއް)

މަޤާމުގެ ގިންތި:

ވަގުތީ ( ކޮންޓްރެކްޓް )

މަޤާމުގެ ރޭންކް:

ޖީ.އެސް. 3

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

އަރިއަތޮޅު އުތުރުބުރީ ބޮޑުފޮޅުދޫ ކައުންސިލްގެ އިދާރާ

މުސާރަ:

3500.00 ރުފިޔާ

އެހެނިހެން އެލަވަންސް:

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ކަނޑައެޅިފައިވާ އުސޫލުގެ ތެރެއިން ، ހަވީރު 4:00 ން 4:30 އަށް ، 5:45 ން 6:00 އަށް ، ރޭގަނޑު 8:00 ން 11:00 އަށް ޑިއުޓީކުރުން.
  2. ޔޫތު ސެންޓަރާއި ސެންޓަރުގެ ވަށައިގެންވާ ، ސެންޓަރަށް ކަނޑައެޅިފައިވާ ސަރަހައްދު ކޮންމެދުވަހަކުވެސް ، އއ.ބޮޑުފޮޅުދޫ ކައުންސިލުން އަންގާ ގޮތެއްގެ މަތިން ސާފުކޮށް ބެލެހެއްޓުން.
  3. ޔޫތު ސެންޓަރުގެ ތަކެތީގެ ސްޓޮކު ބެލެހެއްޓުމާއި ، ހުއްދަދެވިގެން ގެންދެވޭތަކެތީގެ މަޢުލޫމާތު އަދާހަމަކޮށް ބެލެހެއްޓުން.
  4. ޔޫތު ސެންޓަރާ ގުޅުންހުރި ، ކައުންސިލުން ޙަވާލުކުރެވޭ އެންމެހާ ކަންކަން ކުރުން.

ވަޒީފާއާ ގުޅޭ ދާއިރާ :

  1. އެޑްމިނިސްޓްރޭޝަން.

މަޤާމުގެ ޝަރުޠުތައް:

  1. ސާނަވީ ނުވަތަ އެ އާ އެއްފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން ' ޑީ ' ގްރޭޑް ލިބިފައިވުމާއެކު ، އޭގެ އިތުރުން ' ސެކަންޑަރީ ސްކޫލް ' ނުވަތަ ' ހަޔަ ސެކަންޑަރީ ސްކޫލް ' ސެޓްފިކެޓް އިމްތިހާނުގައި ' ދިވެހި ' މި މާއްދާއިން ދަށްވެގެން ' ސީ ' ގްރޭޑް ލިބިފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ކައުންސިލްގެ ވަޒީފާއަށް އެދޭ ފޯމު (މިފޯމް މިކައުންސިލްގެ އިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)

 

  1. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

 

  1. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

 

  1. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

)ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވެލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ) ތަޢުލީމުދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

 

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓުތަކުގެ ކޮޕީ.

 

  1. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ؛

)ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ދާއިރާ

ބެލެވޭނެ ބައިތައް

މާކްސް

އިންސައްތަ

ކެޓެގަރީގެ ޖުމްލަ އިންސައްތަ

ތަޢުލީމާއި ތަމްރީން

ލިބިފައިވާ ތަޢުލީމް

35

35

40

 

މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ތަމްރީން

30

5

 

އިމްތިހާން

ސިވިލް ސާވިސް ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިހާން

12

5

5

މަސައްކަތުގެ ތަޖުރިބާ

މަޤާމުގެ މަސައްކަތުގެ ދާއިރާއާޢި ގުޅޭ ތަޖުރިބާ

33

10

10

ލިބިފައިވާ ހުނަރު

އިންޓަރވިޔު / ޕްރެކްޓިކަލް

100

45

45

ޖުމްލަ

 

210

100

100

 

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ:

45% (ސާޅީސްފަހެއް އިންސައްތަ) އަށްވުރެ މަތިވާންޖެހޭނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2021 ނޮވެންބަރ 22 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން، އަރިއަތޮޅު އުތުރުބުރީ ބޮޑުފޮޅުދޫ ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް: [email protected] އަދި ފެކްސް: 6660657 މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރު ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2021 ނޮވެންބަރ 23 އާއި 2021  ނޮވެންބަރ 25 އާ ދެމެދު އަރިއަތޮޅު އުތުރުބުރީ ބޮޑުފޮޅުދޫ ކައުންސިލްގެ އިދާރާގައެވެ. ނުވަތަ މި އިދާރާއިން ކަނޑައަޅާ ތަނެއްގައެވެ. އަދި މި މުއްދަތުގެ ތެރޭގައި އިންޓަވިއު ނުބޭއްވޭނަމަ ކުރިމަތިލާ މީހުންގެ ތެރެއިން އިންޓަވިއުކުރަންޖެހޭ މީހުންނަށް މުއްދަތު ހަމަވުމުގެ ކުރިން އެކަން އެންގޭނެއެވެ.

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (( A2 ޢާންމު ކުރުން.

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި " ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނުގޮތުގެ ޝީޓް ( A2 ) އާންމުކޮށް ފެންނާނެހެން މިޢިދާރާގައި އަދި ޢިދާރާގެ ވެބްސައިޓްގައި ޢާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ   A2ފޯމް ޢާންމު ކުރާދުވަހުން ފެށިގެން ރަސްމީ ބަންދުނޫން 05 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި ޢިދާރާއަށް ހުށައަޅަންވާނެއެވެ.

 


މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6660657 އަށެވެ. ފެކްސް ކުރާނެ ނަންބަރަކީ، 6660657 އެވެ. އީ-މެއިލް ކުރާނީ  [email protected]އަށެވެ.

 

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

16 ނޮވެންބަރ 2021

16 ނޮވެންބަރު 2021