ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)202-A/1/2021/127
ޕަބްލިޝްކުރި ތާރީޚް: 16 ނޮވެންބަރު 2021
ޕަބްލިޝްކުރި ގަޑި: 08:18
ސުންގަޑި: 31 ޑިސެންބަރު 2021 00:00
މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ
ދިވެހިރާއްޖެ
އެއްގަމު އުޅަނދު ރަޖިސްޓްރީ ކުރުމާއި ގުޅޭ

އިޢުލާން

އެއްގަމު އުޅަނދު ރަޖިސްޓްރީ ކުރުމާއި ގުޅޭ

            މިއޮތޯރިޓީއަށް ރަޖިސްޓްރީ ކުރުމަށް ހުށަހަޅާ ތިރީގައި ބަޔާންކޮށްފައިވާ ކެޓެގަރީތަކުގެ އެއްގަމު އުޅަނދުތައް ރަޖިސްޓްރީކުރުމަށްޓަކައި ބޭނުންވާ ލިޔެކިޔުންތައް ފުރިހަމަ ނުވުމުގެ ސަބަބުން އުޅަނދުތައް ރަޖިސްޓްރީ ކުރުމުގައި ގިނަ ގޮންޖެހުންތަކެއް ކުރިމަތިވަމުންދާކަން މިއޮތޯރިޓީއަށް ފާހަގަ ކުރެވިފައިވެއެވެ. ވީމާ، މިކެޓެގަރީތަކުގެ ވެހިކަލްތައް އެއްވެސް ފަރާތަކުން ބައްލަވައިންނަވާއިރު، ބައްލަވައިގަންނަވާ ފަރާތަށް ލިބެންޖެހޭ ހުރިހާ ލިޔެކިޔުމެއް ހޯއްދެވުމަށް ސަމާލުކަން ދެއްވުމަށް ދަންނަވަމެވެ. އަދި މިފަދައިން ޢަމަލުކުރެވި، މި އުޅަނދުތަށް ރަޖިސްޓްރީ ކުރުމަށް ހުށަހަޅާއިރު ހުށަހަޅަންޖެހޭ ހުރިހާ ލިޔެކިޔުމެއް ފުރިހަމައަށް ހުށަހެޅޭނަމަ މިފަދަ އުޅަނދުތައް ރަޖިސްޓްރީކުރުމުގައި މިހާރު ކުރިމަތިވަމުންދާ ގޮންޖެހުންތައް ކުރިއަށް އޮތް ތަނުގައި ނައްތާލެވޭނެ ކަމަށް ޤަބޫލުކުރެވޭތީ މިކަން އާންމުކޮށް އަންގާ އިޢުލާނުކުރަމެވެ.

 

  •  :A1އިންޖީނު ކެޕޭސިޓީ 50 ސީސީ އަށްވުރެ ދަށް އުޅަނދުތައް.
  •  :B3ޕަސެންޖަރުންގެ އަދަދު 03 ނުވަތަ އެއަށްވުރެ ދަށް ޓްރައި ސައިކްލްތައް.
  •  :B4ޕަސެންޖަރުންގެ އަދަދު 04 އަކަށްވުރެ ގިނަ ޓްރައި ސައިކްލްތައް.
  •  :C3ޓްރައި ސައިކަލް، 1 ޓަންއާ ހަމައަށް.

     

16 ނޮވެންބަރު 2021